1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ގެ ހާދިސާ އިން ރާއްޖެ ސަލާމަތް ކުރީ އިންޑިއާ ސިފައިން ނޫން ކަމަށާއި ރާއްޖެ އެހާދިސާ އިން ސަލާމަތް ކުރީ ދިވެހި ސިފައިން ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

މިހާރު ޕީޕީއެމްގެ "ރުމާލު-2" ޖަގަހައިގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓޮމް ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ހަމަލާ އިން ރާއްޖެ ސަލާމަތްވީ ދިވެހި ސިފައިން އަދާކުރި މުހިންމު ދައުރުގެ ސަބަބުން ކަމަށެވެ.

"އެހަމަލާގެ ފުރަތަމަ ބައި ހެނދުނު ނިމިއްޖެ. އިންޑިއާ ސިފައިންގެ ފުރަތަމަ ފްލައިޓް ވެސް ހުޅުލޭ އެއާޕޯޓްގައި ޖެއްސީ ހަވީރު 17:30. އޭރު ދިވެހި ސިފައިން ރާއްޖެ ސަލާމަތްކޮށްފި. އިންޑިއާ ސިފައިން ވަނީ ރަހީނުން ސަލާމަތް ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައި. އެކަމަށްޓަކައި އެބޭފުޅުންނަށް ޝުކުރު އަދާކުރަން" ޓޮމް ވިދާޅުވިއެވެ.

ވަރަށް ގިނަ ތާރީޚީ މައުލޫމާތުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ޓޮމް ވިދާޅުވީ ނޮވެމްބަރ 03 ގެ ހާދިސާ އިން ސާފުނުވާ ކަމެއް އަދިވެސް އެބައޮތް ކަމަށާއި އެހާދިސާގެ ހަޤީޤަތް އެނގޭ މިހާރު ދުނިޔޭގައި ތިބީ ދެބޭފުޅުން ކަމަށެވެ. އެއީ ކުރީގެ ރައީސް މައުމޫނާއި ކުރީގެ މިނިސްޓަރު އިބްރާހިމް ހުސެއިން ޒަކީ ކަމަށް އޭނާ ވިދާޅުވިއެވެ. އެދެބޭފުޅުން ނޮވެމްބަރ 03 ގެ ހަޤީޤަތް ހާމަކޮށްދެއްވަން ޓޮމް ގޮވާލެއްވިއެވެ.

އިންޑިއާ އަށް ނުސީދާކޮށް ފާޑުވިދާޅުވަމުން ޓޮމް ވިދާޅުވީ "އިންޑިއާގެ ޖެތުރީ އާއި ޖޭޖޭ ލައިގެން އަޅުގަނޑުމެއް ބައްޔެއް ނުކުރެވޭނެ" ކަމަށެވެ.

"ދިވެހި ޓީމް އަތުރާލާފައި މިވަނީ ޗައިނާގެ އިސްކޮޅުން ދިގު ދެޑިފެންޑަރުން ލައިގެން. އަދި އަޅުގަނޑުމެންގެ ބެންޗްގައި ސައުދީ އަރަބިއްޔާގެ ކުޅުންތެރިޔަކު ވެސް އެބައިން. ދިވެހިން މިމެޗް ކާމިޔާބު ކުރާނަން." ޓޮމް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ ދިހަ އަހަރު ދުވަހު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެގެން އޭނާ އަށް ދަސްވި ފިލާވަޅަކީ ކޯޗުންނަށް އިތުބާރު ކުރަން ޖެހޭނެ ކަން ކަމަށެވެ. "އެ ފިލާވަޅު މިއަދު ބޭނުން ކުރަންޏާ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ރައީސް ޔާމީނަށް އިތުބާރު ކުރަމޭ. އެމަނިކުފާނަކީ މޮޅު ލީޑަރެއް އަދި މޮޅު ކޯޗެއް" ޓޮމް ވިދާޅުވިއެވެ.

ރާއްޖޭގެ އެތެރެވަރީގައި ދަތުރު ކުރުމަކީ އެއްވެސް އިރެއްގައި ބޭރު މީހުންނަށް ކުރަން އެނގުނު ކަމެއް ނޫން ކަމަށާއި އަބަދުވެސް ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލުވާލާފައި ވަނީ ދިވެހިންގެ ބަޔަކު ބޭރު މީހުންނަށް އެހީތެރިވެގެން ކަމަށް ޓޮމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހައްޤުބަސް

    ތިޔަ ބުނީ ހައްޤަށް އިންޑިއާއިން ދުނިޔޭގެ މީޑިއާއަށް ވެސް އޮޅުވާލާފަ އޮންނަ ކަމެއްތީ އެ ޤައުމުގެ ތާރީހީ ފޮތްފޮތުގަޔާ ނޫސްތަލުގަ ވެސް ލިޔަނީ އިންޑިއާ ސިފައިންރާއްޖެއައިސް ދުޝްމަނުން ބަލިކޮށް ރާއްޖެ ސަލާމަތްކުރިކަމަށް.. ހަޤީޤަތަކީ އިންޑިޔާ ސިފައިން އައިއިރު އެމީހުންގެ 3 ލީޑަރުންކަމަށްވާ ވަސަންތީއާ ޖޫލީ އަދި ޝަންކަރު މަރުވުމުން ދުޝްމަނުން ބަލިވެގެން ފިލައިފި. ވަސަންތީއަކީ އިންޑިއާއިންވެސް މަރަން އުޅެ ނުމެރި ހުރި ޓެރަރިސްޓެއް އިންދިރާގާނދީ އަވަހާރަކޮށްލުމުގަ އޭނާގެ އަތެއްވާކަމަށް ބުނެވޭ. ރަހީނުން ސަލާމަތްކުރަން އެހީވި އެކަމު ބައެއްދިވެހިން މަރުވީ އިންޑިއާއިން އަމަލުކުރިގޮތުން. މައްސަލައެއް ނެތް އެއީ ރައީސުލްޖުމްހޫރިއްޔާ އެމީހުންނަށް އެންގެވިގޮތް ކޮންމެ ގޮތަކުންވެސް ބާޢީން އަތުލައިގަތުން.

    • އިބްރާހީމް

      ޓޮމް ތިވިދާލުވީ ހަމަ ތެދުފުޅެއް، ދިވެހި ސިފަިންނަށް ސެލިއުޓް

  2. ތިމަންނަ

    މިސޮރުވެސް މޮޅުވާހަކައެއް ބުނެލީ...

  3. ލޮލް

    މި ތޮމް އަދި އޭރު ނުވެސް ވިހައެއްނުން ދެން ކޯޗެކެ ކިޔަނީ

  4. މިލިޓަރީ

    ނަޝީދަކީ ގައްދާރެ

  5. ޟަނާ

    އިންޑިއާއިން މަލިކުވެސް ކަންވާލި ބައެން؛މަލިކަކީ ދިވެހިންގެ ރަށެން،މަލިކުގެ ހަގީގަން އެގިދާނެތީ މަލިކުވަނީ މުޅިދުނިޔޭގެ ގައުމުތަކުގެ މީހުނަން ނުދެވޭ ގޮތަން ފޮރުވާފަ.

  6. ހަމީދު

    ސެލެބްރިޓީ އަކަށް ބަދަލުވެއްޖެ... ދެން އެންމެން އަތްޖަހާ

  7. ކުޑަ ދޮންބެ

    ނޮވެމްބަރ 03 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ހަމަލާ އިން ރާއްޖެ ސަލާމަތްވިގޮތް ޓޮމްއަށް އެނގޭނީ ފަތްފުއްތަކުގައި ލިޔެފަ ހުރި އެއްޗަކުން އެނގުނު އެއްޗެއް.
    އޭރު ޓޮމްގެ ޢުމުރުން 7 އަހަރު ކިރިޔާ ހަމަވީ
    މާ އަނގަބޮޑު ނުކުރޭ.....