މިއަދު އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމް އިން އެމަނިކުފާނަށް އެވޯޑެއް އެރުވުމަކީ ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ބަލައިގަތް ކަމުގެ ހެއްކެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއީ ޓެރަރިޒަމާ ދޮޅަށް އެމަނިކުފާނު ކުރައްވާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ.
"މީގެ ކުރިން އެ އެވޯޑް ހާސިލްކުރައްވާފައިވާ ދެ ބޭފުޅުންގެ ފަހަތުން އެ އެވޯޑް ލިބިވަޑައިގަންނަވާ ތިންވަނަ ފަރާތަކަށް އަޅުގަނޑު ވެވަޑައިގަތުމަކީ ލިބޭ ފަޚުރެއް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދީނީ ހަރުކަށިފިކުރުތަކާއި ހައްދުފަހަނައަޅާދިޔުމާ ދެކޮޅަށް ރާއްޖެއިން ކާމިޔާބު މަސައްކަތްތަކެއްކޮށްފައިވާ ކަމަށާއި އެ ގޮތުން އުފެއްދި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރަކީ އެކަމުގެ ހެއްކެއް ކަމަށެވެ.
އިސްލާމީ އުންމަތް މިއަދު އޮތީ ވަރަށް ނާޒުކް ހާލަތެއްގައި ކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލުމަށް މުޅި އިސްލާމީ އުންމަތް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
" ހަރުކަށި ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރާ މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދޭން ޖެހޭ " ރައީސް ޔާމީން ވިދާޅުވިއެވެ.
" ފަލަސްތީން، ސީރިއާ، ޔަމަން، ރޮހިންޖާ އަދި އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިތިބި މުސްލިމު އަޚުންނާއި އުޚުތުންގެ ކަންބޮޑުވުންތަކަކީ އަހަރަމެންގެވެސް ކަންބޮޑުވުން. އެމީހުންނަށް އެހީތެރިވުމަކީ އަހަރަމެންގެ ޒިންމާއެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ އެންމެ ޝަރަފްވެރި އެވޯޑް ރައީސް އަބްދުﷲ ޔާމީނަށް މިއަދު އަރުވާފައިވާއިރު މި އެވޯޑް މީގެ ކުރިން އަރުވާފައިވަނީ ދެ ބޭފުޅަކަށެވެ.
އެއީ މޮރަޓޭނިއާގެ މިހާރުގެ ރައީސް މުހައްމަދު ބިން އަބްދުލް އަޒީޒް އަދި ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒު އާލް ސައުދެވެ.
ދީން ކުރިއެރުވުމުގެ އެވޯޑެއް ރައީސް ޔާމީނަށް ލިބިއްޖެނަމަ މިކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ޔަގީނުން ވެސް ރަންރީނދޫ ބޮޑޭ އަށް ނުލިބޭނެ ދީން ކުރިއެރުވުމުގެ އެވޯރޑް އެއް ދޯ. އޭނާ ޖެހޭނީ އެކޮޅު ކޮޅުން ހިނގަން ދޯ އެ ފެންވަރުގެ އެވޯރޑް އެއް ހޯދަން ވެއްޖެނަމަ. މީއޭ މަމެން ޕިންކީން ނަކީ އެއީ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމެއް ކުރާ ބަޔެކޭ މުޅި ދުނިޔެ ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ.
ގައުމެއް ހިންގަން ލިބި، ވީ ވައުދުތަކަށް ހަރާމްކޯރުވެ އެކަންކަމުން ހަނދާން ނައްތާލައި ބަޔަކުޖަހާ އުންޑައަކަށް ދިފާޢު ނުދީ އަމިއްލަ އަށް ތިމާ ވެރިކަމުގައި ހުރެއްޖެ ނަމަ ވެދާނެ ގެއްލުން އިސްތިހާރުކޮށް އަމިއްލައަށް ވެރިކަން ދޫކުރުމަށްވުރެ ބޮޑު ޖަރީމާއެއްގެ ނެތް - ޔާމީނުގެ ލީޑަރޝިޕް އުގެނިގެން ތާޒާ ޒުވާނުން ގައުމުގެ ނަވަށް އަރާ މާލިމީންނަށް އެހީތެރިވުމަށް އަމާޒު ހިފާ