ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި ބިނާކުރަމުން އަންނަ ކިންގް ސަލްމާން މިސްކިތުގެ 91 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަށް އިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން މި ޕްރޮޖެކްޓްގެ އިންޖިނިއަރެއްގެ މަގާމު އަދާކުރައްވަމުން އަންނަ ހަސަން ސާމީ ވިދާޅުވެފައި ވަނީ އެމިސްކިތުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ފަންގިފިލާތަކުގެ އިންޓީރިއާ މަސައްކަތް ކަމަށެވެ.

މި މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ސާމީ ވަނީ ވިދާޅުވެފައެވެ. ސާމީ ވިދާޅުވި ގޮތުގައި މި މަސައްކަތް ދިގުލައިގެން ގޮސްފައި ވަނީ ކާނިވާ ސަރަހައްދާއި ދިމާލުން ބޮޑުތަކުރުފާނު މަގުގައި ތާރަ އެޅުމުގެ މަސައްކަތް ކުރުމުގެ ސަބަބުން މަސައްކަތުގެ ސައިޓަށް ތަކެތި ގެންދިއުމަށް ގޮންޖެހުންތަކެއް ދިމާވުމުގެ އިތުރުން، މިސްކިތުގެ ޑިޒައިނަށް ގެނެވުނު ބޮޑު ބަދަލާއި ގުޅިގެންނެވެ.

މިސްކިތަށް ގެނައި ބަދަލާއި އެކު ކުރިން ހަ ފަންގިފިލާ އަށް އިމާރާތް ކުރުމަށް ނިންމާފައި ހުރި މިސްކިތް މިހާރު ވަނީ ފަސް ފަންގި ފިލާ އަށް ބަދަލުކޮށްފައެވެ. އަދި މިސްކިތުގެ ވަށައިގެން ގާއިމްކުރުމަށް ހަމަޖެހިފައިވާ މުންނާރުތަކުގެ އުސްމިންވެސް ވަނީ ތިރިކުރުމަށް ނިންމާފައެވެ.

އާޓިފިޝަލް ބީޗް އުތުރުގައި އިމާރާތް ކުރާ ކިންގް ސަލްމާން މިސްކިތަކީ ޖާގަ ތަނަވަސް އެއްފަހަރާ 6000 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެކެވެ. އެތަނުގައި ބޭރާއި އެކު ނަމާދު ކުރެވޭ މީހުންގެ އަދަދު 10000ށް އަރާނެއެވެ. އެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ިޮފަލިނަރަ

    ރޔ ބިނަ ކޮ އްދެވި މިސްކިތް

    28
    1
  2. ހިނި

    ވެރިކަން ބަދަލުވިއިރު %80 ނިމިފަ.

    29
    1
  3. ދދދދދދ

    މި މަސައްކަތް ފެށިއިރު އޮތީ ކޮން ވެރިކަމެއްތޯ ގުންޑާމެން ސުވާލެއް ނުކުރާނަމުތަ؟ ކެކެކެ.

    18
    1
  4. ކެޔޮޅު

    މިހާރު ސޯލިހުއެޅި މިސްކިތެކޭބުނާހާވަރައް ދިގުދަންމާލެވިއްޖެ ދެން އަވަހައް ހުޅުވަންއުޅޭ!

    19