ފާރިސް މެންބަރު ކަމުގެ ހުވާ ކުރައްވަނީ - ފޮޓޯ: އެމްޕީ ނިހާން
ފާރިސް މެންބަރު ކަމުގެ ހުވާ ކުރައްވަނީ - ފޮޓޯ: އެމްޕީ ނިހާން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

ފާރިސް މައުމޫން މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރެއްވީ މިއަދު 4:00 ގައި މަޖިލީހުގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައިއެވެ.

މި ރަސްމިއްޔާތުގައި ފާރިސްއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ރަސްމީ ނަތީޖާ ދައްކާ ގޮތުން ފާރިސް މި އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު އަޙްމަދު ރާޟީ އާއި ވާދަކުރައްވައިގެންނެވެ.

ފާރިސްއަށް ލިބިވަޑައިގެންފައިވަނީ 1238 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 59.40 އިންސައްތައެވެ.

ފާރިސް އާއި އެންމެ ކައިރިން ވާދަކުރެއްވި ރާޟީއަށް ލިބިވަޑައިގެންފައިވަނީ 763 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 36.61 އިންސައްތައެވެ.

ރަސްމީ ނަތީޖާ ދައްކާ ގޮތުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ތެރެއިން ޝަހީމް އަލީއަށް ލިބިވަޑައިގެންފައިވަނީ 52 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 2.50 އިންސައްތައެވެ. އަދި މޫސާ ނަސީރު އަހުމަދަށް ލިބިވަޑައިގެންފައިވަނީ 31 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 1.49 އިންސައްތައެވެ.

ADS BY SHEESHA

 

ADS BY ASTERS

Comments are closed.