ދެގައުމަށް ފައިދާ ހުރި މަޝްރޫޢުތަކެއް ޗައިނާ އާއި އެކު ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ލޮލުގެ ފަރުވާދޭ މަރުކަޒާއި ބެހޭ މައުލޫމާތު ރާއްޖެއަށް ޗައިނާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.
"ޝުކުރިއްޔާ ސަފީރު ޒަންގް ލިޒޮންގް. މިއީ އަނެއްކާވެސް ރާއްޖެ އާއި ޗައިނާގެ ގުޅުމަށް ލިބުނު ކުރިއެރުމެއް. އަޅުގަނޑު އުއްމީދު ކުރަނީ މިއަހަރު ޗައިނަ އާއި އެކު ދެގައުމަށް ފައިދާ ހުރި އިތުރު ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ ލޮލުގެ ޑޮކްޓަރެއްގެ ގޮތުގައި ހުޅުމާލޭގައި މަސައްކަތް ކުރައްވަން ފައްޓަވާނެ ޗައިނާގެ ޗެން ވިއޮރިންގް އަށް ވެސް މަރުޙަބާ ވިދާޅުވެފައެވެ.
ޗައިނާ އާއި އެކު ފައިދާ ހުރި އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއިރު ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ އާއި ޗައިނާގެ ގުޅުން ވަނީ ހީނަރުވެފައެވެ. ޗައިނާ އާއި އެކު ހާއްސަ ގާތް ކަމެއް ބޭއްވުމުގެ ބަދަލުގައި ރައީސް ޞާލިހްގެ ސަރުކާރުން ހާއްސަ ގާތް ގުޅުމެއް ބާއްވަމުން ގެންދަނީ އިންޑިއާ އާއި އެކުގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އަކީ ރާއްޖޭގެ އެންމެ ގާތް އެއް ގައުމެވެ. ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިންގި ބޮޑެތި މަޝްރޫޢުތަކަށް ޗައިނާގެ ބޮޑެތި އެހީތަކެއް ލިބިފައި ވެއެވެ.
ޗައިނާ ރާއްޖެއާ ދިމާކޮއްދެއްވީ ކާކުކަން އެނގޭ ނޫންތޯ؟ ޢޭރު ޗައިނާހައި ނުބައިބަޔެއް ނެތް؟
ތިޔަޖެގީ އުންބައް އޭރުވެސް އިންގޭ އިނޑިޔާއިން ކަމެއްނުކޮއްދޭނެކަން
ޔާމީނު ބުރިޖެއް އެޅީމާ ޗައިނާގެ ދަރަނި ބޮޑުވެގެން ދެފަޔަށް ހިނިއަރައިގެން އުޅުނު މީހުން މިއަދު ތި ދަނީ ހަމަ ޗައިމާ މީހުންގެ ފައިބުޑަށް! އަޅެ ކަލޭ ދާންވީނު ގެރިމޯދީ ދެފައިގައި ދޫލާން!
ދެން ކޮބާ ރާއްޖެ ދެކެން ބޭނުންވާ ތަރައްގީގައި އިންޑިއާގެ ދައުރަކީ؟
ބަވަނީ ބާގައި މީހުނަށް ފޮނި ދައްކަން. އަނެއް ދުވަހު ވަލުދޮރާށިން ވަދެ ކުރަނީ އާދޭސް. ކެކެކެ
ޝާޑޫ ހަމައިގަތޯ ނޫނީ ހިނދުކޮޅުގަތޯ، ނިއުޔާ ސެލެބްރޭޝަންގެ ކަންތައްގަނޑު ނުފިލަނީތޯ. ތިކަމާ ނަޝީދު ބުނާނެ އެއްޗަކާމެދު ވިސްނާލިންތޯ.
ޗައިނަ ނުލަ ނު ވަނެއެއްކަމެއް ވެސް
ލަދުޙަޔާތްކޮބައި ؟
ކީއްކުރާނީ ކަމެއްކޮއްދޭނެ އިތުރު ބައެއް އެތް. ފޮނިކަޱާފަވެސް އިންޱިއާއިން ކޮއްދިން ކަމެއް ނެތް.
ނަދުރުބުނަށް ކަދުރު ރުކަށްއެރިމީހާއަށް ވީވަރުތިވީ. އަިދވެސް ފޮނިކަނޑާތި. މީހަކާ އިނެދެވޭތޯބަލާ. ކާޕެޓްވަޒީރު
މިއޮއްހުރިހާދހުވަހު ޗައިނާއައް ބަވާފަ އެންމެފަހުން މިވެއްޓެންޖެހުނީ ޗައިނާފައިބުޑައް ބަލަންހުރެ އެންމެފަހުން ތިޔަ ސިލްކުރޫޓް މަޝްރޫއުއައްވެސް އެއްބަަސްވާނެ މިމީ ހުން ހީކުރީ ޗައިނާކަހަލަ ބޮޑުޤައުމަކާދިމާކޮއްގެން ކުރިއެރުންލިބޭނެކަމައް ނުވާނެއެކަމެއް ރައީސްޔާމީންއައް މާކުރިންސުރެ ވިސްނިވަޑައިގަންނަވާ ޗައިނާފަދަޤައުމަކާ ގުޅިގެން ރާއްޖޭގެތަރައްޤީއަށާ ދެގައުމުގެ ފައިދާއައްމަސައްކަތްކުރެވިއްޖެނަމަ މިޤައުމުލިޓްލްސިންގަޕޯއަކައް ހެއްދެވޭނެކަން އެހެންވެ އެޤައުމާގުޅުންބަދަހިކުރެއްވީ އަނެއްކާއެނގިލައްވާ އިންޑިޔާހެން ޗައިނާއިންޤައުމުތަކުގެ ދާޚިލީމައްސަލަތަކުގެތެރެއައް އުނދުޅިނުބާނާނެކަން
ކާޕެޓް ވަޒީރު
ޕަކާސް ޕަކާސް ހެހޭ އެމް ޑީ ޕީ... ދަރަނި ދަންތުރަ ޕަކާސް ޕަކާސް
ތި ޝާހިދު އަނގަ ހުޅުވައިފިއްޔާ ދޮގެއް ހަދާނެކަމަށް ބަލާ!
އެއުޅެނީ ޗައިނާއޭ ކިޔައިގެން ކޮންމެވެސް ކަމެއް ބޮލުގައި އަޅުވާފައި ޗައިނާ ބަދުނާމް ކުރަންވެގެން މިސަރުކާރުން ޗައިނާ ގެއެހީއެއް ބޭނުމެއް ނުކުރާނެ މިވަގުތު އެވަގުންގެ ބޭނުމަކަށް ވާނީ ރަށްޔަތުން ކައުންސިލް އިންތިހާ ބަށްގު ބޯހެއްދުން އެމީހުންގެ ނިޔަތް ދުވަހަކުވެސް ރަނގަ ޅެއްނުވާނެ އެއީހަމަޖައްބާރުންނެވެ