ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާ އިބްރާހިމްގެ ގެއިން ފުލުހުން ހޯދި "ކަޅު ފޮށިން" ރައްޔިތުން ބަނޑަށް ޖައްސަން ރާވާފައިވާކަން ހާމަވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕޯކްސްޕާރސަން ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެ ކަޅު ފޮށީގައި ރާއްޖޭގެ ރައްޔިތުންނަށް ލިބެމުންދާ ފަސޭހަތައް ނައްތާލުމަށް އެކި ކަހަލަ ރޭވުންތައް ރާވައި އެކަމުގެ ސާބިތު ހިފޭވަރަށް މައުލޫމާތު އެބަހުރި ކަމަށެވެ.

ޝިފާން ވިދާޅުވީ، މިކަން ހާމަވެފައިވަނީ އެ ފޮށިން ފެނުނު ސިޓީ އަކުން ކަމަށެވެ. އެ ސިޓީއަކީ ފާރިސް މައުމޫން ޔުމްނާ މައުމޫން މެދުވެރިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ފޮނުވާފައި ސިޓީއެެކެވެ. އެ ސީޓީގައި ތަފާތު އެކި ކަންކަމަށް ވަނީ އަލިއަޅުވާލާފައެވެ.

ރައްޔިތުން ހާލުގައި ޖެއްސުމަށް ރާވާފައިވަނީ އިންޑިޔާ އާއި ޔޫރަޕްގެ ބައެއް ގައުމުތައް ގުޅިގެން ދަތި ކުރުމުގެ ފިޔަވަޅު އަޅައިގެން ކަމަށް ޝިފާން ވިދާޅުވިއެވެ.

އެގޮތުން ފައިނޭންޝިއަލް ކަންކަން ބޭންކްތައް މެދުވެރިކޮށް ދަތިކޮށް، ދިވެހިންނަށް ވިސާ ލިބުމާއި، ބޭސްފަރުވާ ކަންތައްތަކަށް ދަތި ކުރުން ހިމެނެއެވެ.

އަދި މީގެ އިތުރުން" ދިވެހިން ބޭނުން ކުރަމުންދާ ކާޑުގެ ބާވަތްތައް ހާއްސަކޮށް ހަޑޫ ހަކުރު ފުށް، ބޭސިކް ނެސެސަރީތަކުގައި ހިމެނޭ ކަންކަން ލިބުމަށް ދަތިކުރުމަށް މަޝްވަރާދެއްވާފައިވާކަން ފާހަގަކުރަން". ޝިފާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖޭމުސްބޮންޑު

    ކަޅު ބުރާގާއެއް ފެނުނީ..

  2. ީއިިިއްބެ

    ކޮސް??

  3. ހައިރާންވެއްޖެ ބާޢީންގެ ހުތުރުއަމަލުތަށް ފެނި

    ހާދަހާ ހަޑިމުޑުދާރު ބަޔަކަށޭ އިދިކޮޅު މީހުންމިވަނީ! ވެރިކަމުގެ މަސްތުގަ ބަޢާވާތްކުރަން އުޅެ އެކަން ފަޅާއަރައިގެން ފުލުހުންގޮސް ފާސްކުރީމާ އަދި ރާވާފަހުރި ރޭވުންގަނޑު މި ފެންނަންފެށީ! ދުވަހަކުވެސް އެމްޑީޕީ،ޖޭޕީ،މައުމޫން އެންޑް އަދާލާތަކަށް ތާއީދެން މަ ނުކުރާނަން!

    • ޔތފޔު

      ކަލޭ އެވާހަކަ ގަބޫލް ކުރީ؟

      • ވިސްނާ

        ބަލަގަ ޤަބޫލު.ކުރިޔަސް ނުކުރިޔަސް ވީކަމެއް ނުވާ ކަމަކަށް ނުވާނެ...

  4. ފޭކު

    ފާރިޝް އަދި މައުމޫން ވެސް ހުރީ ރާއްޖޭގައި، ދެން ކީއްކުރަން ސިޓީ ފޮނުވަނީ. ބައްދަލުކޮށް ވާހަކަ ދެއްކޭނެ ނުން. ހުސް ފޭކު

    • ާކސޖދޖ

      ޖަލުގައި ހުރެގެން ލިޔާނީ ސިޓީ ދޯ ހިހިހިހިހި

  5. އައިޖޭ

    ފާރިސް މައުމޫން ޔުމްނާ މައުމޫން މެދުވެރިކޮށް ރައީސް މައުމޫ"ން އަށް ސިޓީ ފޮނުވުން .... މިއަށްވުރެ ފައްކާ އެއޗެކޭ ޝިފާން ކީނަމަ