އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ ދާއިރާތަކުގެ ނަންތަކަށް އިލެކްޝަންއިން އިސްލާހް ގެނެސްފިއެވެ.

އިލެކްޝަންއިން މި އިސްލާހު ގެނެސްފައި ވަނީ އައްޑޫ ސިޓީގެ ރައްޔިތުންގެ މަޝްވަރާގެ މަތިންނެވެ. އެއީ އެސިޓީގެ އިންތިހާބީ ދާއިރާތަކުގެ ނަންތަކަށް އީސީން ބަދަލު ގެނެސްފައިވަނީ ރައްޔިތުން ބޭނުންކުރާ ގޮތް ނޫން އެހެން ގޮތަކަށް ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރުމާއި ގުޅިގެން ކަމުގައި ވާތީއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ ދާއިރާތަކަށް ޒަމާނުއްސުރެން އައްޑޫގައި ބޭނުންކުރަމުން އައި ނަންތައް ކިޔުމަށް އެލްކްޝަންސް ކޮމިޝަނުން ކުރި މަސައްކަތަކަށް އައްޑޫ ރައްޔިތުންގެ ކިބައިން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

އައްޑޫ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން މި މަހުގެ ފުރަތަމަ ދުވަހު އާންމު ކުރެވިފައިވާ ސިޓީތަކުގެ އިންތިހާބީ ދާއިރާތަކުގެ ނަންތަކުގައި ބަދަލުތައް ހިމަނާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އައްޑޫ ސިޓީގެ ބައެއް ދާއިރާތަކަށް ކުރިން ދެވިފައިވާ ނަންތައް މިހާރު ބަދަލުކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ވަކިން ފާހަގަކުރައްވާފައެވެ.

އެގޮތުން ރައްޔިތުންގެ މަޝްވަރާގެ މަތިން ދެވަނަ ފަހަރަށް ގެނެވުނު އިސްލާހުގައި އައްޑޫސިޓީގެ ދާއިރާތަކަށް ދީފައިވާ ނަންތަކަކީ، ހިތަދޫ މޫލުކެޑެ އޮޑައްސައު ދާއިރާ، ހިތަދޫ ކޮރޮވައު ދާއިރާ، ހިތަދޫ ބޭރުމަތި ދާއިރާ، ހިތަދޫ މެދުވައު ދައިރާ، ހިތަދޫ ރަސްގެދަރު ދާއިރާ، ހިތަދޫ މާމެންދޫ ދާއިރާ، މަރަދޫ ދާއިރާ، މަރަދޫ ފޭދޫ ދާއިރާ، ފޭދޫ، މަގުއްދޫ ދާއިރާ، ފޭދޫ މާދެލަ ދާއިރާ، ހުޅުދޫ ދާއިރާ އަދި މީދޫ ދާއިރާއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބަކީ ދެ ފުށްފެންނަ އިންތިހާބަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އީސީން ވަނީ ރައްޔިތުންނަށް ދީފައެވެ. އީސީން މިހާރު ގެންދަނީ އިންތިޚާބުގެ ތައްޔާރީތައް ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަބޭ

    އިލެކްސަން ކޮމިސަން އެއްނޫންތީކީ ތީސިޔާސީ ޕާޓީއެއް

    13
  2. ކާފަބޭ2020

    ތިޔަ އިންތިޚާބުގައި ހަފަ ރާތްފެންނާނެ ކޮންމެދިމާލަކުންބެއްޔަސް ފެންނާނީ އީސީ

  3. ޙަސަން

    އަދިޔަސް ނިބެއި.. މެދުވައު އައްނުން މެދެވައު
    ރަސްގެދަރުއައްނުން ރަސްގެދަރަ

  4. ނުކިޔަވާ

    އިހު އެވޭލާ ރީތި ދިވެހި ގޮތަށް ދާއިރާ ތަކަށް ކިޔަން އައްޑޫ މީހުން ފޫގެޅިއިރު، 'އައްޑޫ ސިޓީ' މިއީވެސް އިހު އެވޭލާ ދިވެހި ނަމެއް ނޫން! ކޮން 'ސިޓީ' އެއްތޯ؟ އިހުގެ ނަން މި 'އައްޑޫ ސިޓީ' އަށްވެސް ކިޔަން ވީނު!؟

    5
    1
  5. Anonymous

    މަކީ މޫލެެކެޑެ މީހައް. މިކޯ ހިތަދޫ ބައިކޮއްފެއި އޮއްލެކުން މަ ވެނީ ކޮރޮވަލި ބައިއެ.

  6. ބަރުގޮނު

    ރާއްޖޭގެ ވަރަށްގިނަ ބޮޑަތި ރަށްރަށުގެ އަވަށްތަކާ ސަރަޙައްދުތަކަށް އެރަށެއްގެ ބަހުރަވައިން ނަންނަން ކިޔާފައި ހުރޭ. ތިޔަ ބަދަލުތައް ގެންނެވިއިރު އެހެން އަތޮޅުތަކާ ރަށްރަށުގެ އެމަޢުލޫމާތުތައް ސާފުކުރައްވާ އެގޮތައް ހެއްދެވިނަމަ ރަގަޅު.

  7. 5ވަގުން

    އެމީހުން ހީކުރާގޮތް ސިޓީއެއްގެ ދަރަޖަ ދިނީމަ އެއޮތީ ވަރަށް ގިނނަ ވައުދުތަކެއް ފުއްދާދެވިފަ ޔޯ