ޗުއްޓީއާއި ޓުވަރިޒަމް ސީޒަން އާއި ދިމާކޮށް ގިނަ ބަޔަކު އެކި ދަތުރުތައް ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެޔާރޕޯޓްއަށް އެއްވަމުން ދާތީވެ ފުރުމުގެ 3 ގަޑީރު ކުރިން އެޔަރޕޯޓްއަށް ދިޔުމަށް އެދިއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް މިއަދު މިހެން ބުނެފައި ވަނީ މި ދުވަސްވަރަކީ އެއާޕޯޓު ޑިޕާޗާ އަށް ބާރުބޮޑު ދުވަސްވަރެއް ކަމުގައި ވާތީއެވެ.

ވީއައިއޭ އިން ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަ އަކަށް، ފަސިންޖަރުން ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އިލްތިމާސް ކުރާކަމަށް އެމްއޭސީއެލްއިން ބުންނެފައި ވަނީ މިއަދު އެއިދާރާއިން ކޮށްފައިވާ ޓްވީޓެއްގައެވެ.

އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ފަސެންޖާ ޓާމިނަލްގެ މަސައްކަތް ނިމުމާއެކު އެއާޕޯޓު ޓާމިނަލްތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ލިބިގެން ދާނެއެވެ.

އާ ޓާމިނަލް ތަރައްގީކުރަނީ އަހަރަކު ތިން މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.