ސިނގިރޭޓުގެ ދުމުން އާންމުން ރައްކާތެރިވުމަށް މާލޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ބޫތުތަކެއް ނުވަތަ ކޮޓަރިތަކެއް އެޅުމަށް މަޝްވަރާކޮށްފައިވާނޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ބޫތުތަކެއް (ކޮޓަރި) ގާއިމް ކުރުމަށްޓަަކައި އެޗްޕީއޭއާއި އެކު މަޝްވަރާކުރެވިފައި ވަނީ މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ކުރެވެމުންދާ މަސައްކަތާއި ގުޅިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ޝަމާއު ވިދާޅުވިއެވެ. މާލޭގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ކުރަން ނިންމި ނިމުމަށް އަމަލުކުރުން ލަސްވަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޓޮބޭކޯ ބޯޑުން ނިންމަންޖެހޭ ނިންމުންތަކެއް ހުރުމުން ކަމަށެވެ.

މީގެ އިތުރުން ޝަމާޢު ވިދާޅުވެފައި ވަނީ ބޫތުތަކުގެ މަސައްކަތް ނިމުމާއެކު އެކަން ތަންފީޒު ކުރުމަށް އޭރު ރާވާފައިވާނެ ކަމަށެވެ.

މާލޭގެ މަގުތަކުގައި ދުންފަތު އިސްތިއުމާލް ކުރުން މަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. ސިޓީ ކައުންސިލްގެ މިނިންމުމަށް އަމަލުކުރުމަށް ހަމަސް ދުވަސް އޭރު ދީފައިވެ އެވެ. މުއްދަތު ހަމަވެގެން ދިޔައިރު މިއަދާ ހަމައަށް ވެސް މިނިންމުން ތަންފީޒުކޮށްފައެއް ނުވެއެވެ.

މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ މިހާރު ވެސް ޖޫރިމަނާ ކުރުމަށް ގާނޫނީ ހުރަހެއް ނެތެެވެ. ނަމަވެސް އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް ފާސްކޮށްފައިވާ ގާނޫނު އެންމެ ރަނގަޅަށް ތަންފީޒު ކުރާ ތަނެއް ނުފެނެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު 2010 ވަނަ އަހަރު ފާސްކޮށްފައި ވާއިރު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ހަރުކަށި ގަވައިދެއް މީގެ ކުރިން ވަނީ ގެޒެޓް ކުރރެވިފައެވެ. އެއެ ގަވައިދުގެ ދަށުން މިހާރު ވަކިން ސިނގިރޭޓް ވިއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނޭ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

ގާނޫނުތައް ހެދި ނަމަވެސް މިކަންކަން ތަންފީޒު ކުރެވޭ މަރްްހަލާގައި އެކަންކަން ތަންފީޒުކުރާތަނެއް ނުފެނެއެވެ. މިކަންކަން އަދާކުރުމަށް ނަގަންޖެހޭ ޒިންމާ އަދާ ނުކުރެވިގެން އުޅެނީ ކީއްވެގެން ކަމެއް އަދި މިހާތަނަށް މީޑިޔާތަކަށް ސާފުވާ ގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަބްދޯ

    ވެހިކަލްތައް ޕާކް ކުރާނެ ޖާގަ ނެތްއިރުވެސް ތިޔަ ކަހަލަ ކެމްޕޭން ވަޢުދު ވާންވޭ؟

    16
  2. ޙަސަން

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މީގެ ދުވަސްކޮޅެއް ކުރިން ހުކުރު ޚުތުބާގައި ސިގިރެޓް ބުއިމަކީ ޙަރާމްކަމެއް ކަމަށް ވިދާޅުވާ އަޑު އެހީމެވެ. އެއީ ޖިސްމަށް ޖެއްލުންދޭ އެއްޗަކަށް ވާތީއެވެ. އެކަމަކު މިއަދު އެކަން ކުރުމަށް މަގެއް ކޮށައިދޭތީ ޙައިރާން ވާނެނޫންހެއްޔެވ.

    23
    2
  3. ިޮފަލިިިޔަ

    މީހުން ކޮޓަރި ތަކުގަ ބޯނެ ތަ ތިޔަ ހަދަ މަޖަަކަމެކެ?

    6
    1
  4. ޚާތިމްބެ

    ސިޔާސީ މަންފާއެއްއޮތްނަމަ ތިޔަކަންވެސް ތަންފީޒު ކުރެވީގެންދާނެ! ޜައްޔިތުން ވާވައްދާ ރައްޔިތުންގެ މާލު ދަޥާލުން ނޫންކަމެއްނޭގެ! ދޮގާއި މަކަރާއި ހީލަތް އެވަނީ ކަށީގެ މަދުގައި ހިފާފައި!

    10
  5. ޢަހްމަދު

    ކީކުރަން ބޯން ކޮޓަރި އަޅަނީ. ޢަބަދު ދުން ހުންނަ ގޮތައް ހަދާފަ ގަޑިއަކަށް ޗާޖުކުރޭ ދުން ބޯން. ޢޭރުން މަގުމަތީ ސިގިރޭޓް ބަޓް ވެސް މަދުވާނެ. ބޯމީހުންގެ ކިބައިން ނުބޯމީހުންވެސް ސަލާމަތް ވާނެ.

  6. ކާފަބޭ2020

    އަސްލު ތިޔަހަދަންއުޅޭތަންފުރިހަމަ ވާނީ ބޮ ވެން ވާނެ ނުބޮއިއެކުދިންނަކަށް ނޫޅެ ވޭނެ މިގޮތަށްމިކަންކުރެ ވި އެތަނުން ލިބެންޖެހޭމިކަހަލަހުރިހާޚިދުމަތެއް ލިބޭނެގޮތަށްތިޔަތަން ފަރުމާކުރެ ވުނީމަ???

    1
    1
  7. ނޯވޯޓް

    މމިއުޅެނީ މަގުމަތީގަ ވެހިކަލެއްދުއްވާނެޖާގަވެސް ނެތިގެން އެކަމަކު މިއުޅެނީމަގުމަތީގަ ކޮޓަރިއަޅައިގެން ބަޔަކައް ސިނގިރޭޓައިއެއްޗެހިބޯންދޭންވެގެން ތިއުޅެނީ މިހާރު މަގުމަތީގަމިހިނގާކައްތައްމަދުވެގެންތަ މިމީހުންނައްވޯޓް ނުދިނުމައްގޮވާލަން ދީފިއްޔާ މިއައްވުރެބޮޑެތިކަންތައްވެސް ފެންނާނެ

    1
    1
  8. ދިވެހިން

    ސިނގިރެޓް އަގު ބޮޑު ކުރުމަކީ. ބޮޑު ނުރަ އްކަލެ އް. ތީ ވަ އްކަމާ މާރާމާރީ އިތުރު ވާނެ ކަމެ އް

  9. ކޮޓަރި

    ތިބުނާ ކޮޓަރި ތަކުގަ ބޯނީ އެހެން އެއްޗެއް. މާލޭގަ އުޅޭ ޒޮމްބީ ތިތަން ހިސޯރުކޮއްގެން ތިބޭނީ