ހދ. ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތުގެ ތެރެެއިން އެ ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައަޅުން އަންނަ ހަފްތާ އެ ސިޓީގައި ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ވިދާޅުވީ، ކުުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުމާއި، އަންހެން މެންބަރުން އިންތިހާބުކުރާނެ، ދާއިރާތައް ކަނޑެއެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން މިއަންނަ ހަފްތާ ބަންދުގައި ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމާފައިވާ ކަަމަށެވެ.

ރަައީސް އިބްރާހިމް މުހައްމަދު ސާލިހު ކުޅުދުފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ޖެނުއަރީ އެއް ވަނަ ދުވަހުއެވެ.

މިކަމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަދި ތަރުޖަމާނު އަހުމަދު އަކްރަމް "ވަގުތު"އަށް މީގެ ކުރިން ވިދާޅުވީ، އެ ރަށަށް ސިޓީއެއް ދަރަޖަ ލިބުމާއި ގުޅިގެން،ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެ ރަށް ހަ ބަޔަކަށް ބަހާލައިގެން އެ ހަބައިން ކައުންސިލަރުން އިންތިހާބު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އަންހެނުން އިންތިހާބު ކުރަން ޖެހޭ ސްލޮޓްތަކަކީ ކޮބައިކަންވެސް ވަރަށް އަވަހަށް ނިންމާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ ދަރަޖަ ދިނުމަށް މަދުވެގެން 10000 މީހުން އާބާދީއެއް އޮންނަން ޖެހެއެވެ.

މި ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީގައި ވަނީ 10189 މީހުން ރަޖިސްޓްރީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަގު

    ކުޅުދުއްފުށީ ރަށްޔަތުން މިފަހަރު ލާވޯޓުން ވާނެ ކޮމިޝަންގައި ތިބިރިޔާސީއިންތިހާބު ގައި ވޯޓު އޮޅުވާލި ފަސްމާމުލުންގެ ފަސްވަގުންގެ އަރުގައި ފިސާރި ރަނގަޅަށް ހިތިރަހަ ލަށްވާލަން އެފަސްވަގުން އެތިބީ ބިރުންތުރުތުރުއަޅާހާލު ކަށިންހިތްވަރުނެރެގެން ވޯޓު އޮޅުވާލުމަ ޓަކައި އެމީހުނަށް ސަލާމަތް ވެވެންއޮތީ މިފަހަުގެ ވޯޓު އޮޅުވައި ލެވިގެން ކަންއެމީހުނަށް ވެސް އެނގޭތީ އެފަސްވަގުން މިފަހަރު ކައުންސިލް އިންތިހާބުގެ ވޯޓު އޮޅުވާލުމަށްޓަކައި އީސީސަރީފު އެއިނީ ހޭކުޑަވެ ދެލޯ ބޮޑުވެފަ ރަށްޔަތުންނަށް އެފަސްވަގުން ހިފުމަށް ޓަކައި މީލިބޭވަރަށް ބޮޑުފުރުސަތެކެވެ.

  2. ޑައެލޯގް

    ރީދޫ ސަރުކާރުން އަބަދުވެސް ސިޓީގެ ލަގަބުދޭން ވަރަށްމޮޅުވާނެ އެވަރިހަމަ އެރަށުގަ ސިޓީއެއްގެ ފެންވަރު ނެތަސް ދެން ރަށުގެ މީހުންވެސް ތިބޭނެ ގުބޯހެދިފަ އަދި މިސަރުކާރު އައިފަހުން ކުޅުދުއްފުށީގެ ތަރައްގީއަށް ކުރިކަމެއްނެތް އެއާޕޯޓަކީ ޔާމީންއިރުގައި އެކަމަށް ފައިސާ ހަމަޖެހިފައިވާ ކަންކަން