ސިނަމާލެ ބްރިޖް ބެލެހެއްޓުމަށް ދިވެހިން ތަމްރީން ކުރަން ފަށައިފިއެވެ.

މި މަސައްކަތް ކުރަމުން ދަނީ މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗަރ އަދި މިހާރު ބްރިޖުގެ ހުރިހާ ކަމެއް ބަލަހައްޓަމުން އަންނަ ޗައިނާގެ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) ގުޅިގެންނެވެ.

"ވަގުތު" އަށް މައުލޫމާތުު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މަސައްކަތް ކުރުމަށް ދިވެހިން ތަމްރީން ކުރަން ފަށާފައި ވަނީ، މި އަހަރުގެ ސެޕްޓެމްބަރު މަހަށް ރާއްޖެއާއި ޗައިނާ އާއި ދެމެދުގައި ބްރިޖު ބެލެހެއްޓުމަށް ވެފައިވާ އެއްބަސްވުން ހަމަވާނެތީ ކަމަށެވެ. އަދި ޗައިނާގެ ސީސީސީސީ ކޮމްޕެނީ އާއި އެކު މިހާރު ދިވެހިން ތަމްރީން ކުރަމުން ދާކަމަށާއި، ތަމްރީން ކުރަ ދިވެހިންގެ ތެރޭގައި އިންޖިނިއަރިން އާއި މެއިންޓަނަސް މީހުން ހިމެނޭ ކަމަށެވެ.

ޗައިނާ އާއި ރާއްޖެ އާއި ދެމެދު ވެފައިވާ އެއްބަސްވުމަކީ ދެއަހަރު ދުވަހުގެ މުއްދަތައް ވެފައިވާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި ވާގޮތުން ދެއަހަރު ދުވަހާއި ހަމަޔަށް ބްރިޖުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ޗައިނާގެ ސީސީސީސީ ކުންފުންނިންނެވެ.

ބްރިޖް މިހާރު ބޭނުން ކުރަމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ބްރިޖްގެ އެކި ހިސާބުގައި ޖަހާފައިވަ ދަގަނޑުތަކުގައި މިހާރު ވަނީ ދަބަރު ޖަހާފައެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށް ވެފައިވަނީ ލޮނުގެ އަސަރު ކުރުމެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެޅި ސިނަމާލެ ބްރިޖް ހަދަން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ވަނީ ހަރަދުވެފައެވެ. އެ ބްރިޖުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަނީ ބޮޑު ލުޔެއް ލިބިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގިލަ

    ކިހަ ވަރެއް މުސަރަ ދެނި

  2. އަހުމަދު

    އެ ބްރިޖުގެ ސަބަބުން މާލެ** ރައްޔިތުންނަށް ވަނީ ބޮޑު ލުޔެއް ލިބިގެން ގޮސްފައެވެ.

  3. ސަމީލް

    ނޫނޭ އިންޑިޔާއިން ހަދާހެން ތިތަން ބަލަހައްޓަންވެސް 1000 ސިފައިން ބައިތިއްބާނަމަ ދިވެހިން މާއުފާވާނެ

  4. ޙަސީނާ

    ތިކަމަށް އެންމެ އެކަށީގެންވަނީ ލޫކަސް ޖަލީލު. އެސޮރުވީ ވަޢުދު ފުއްދަން ވަރަށް ރަނގަޅު ފުރުސަތެއް ތީ

  5. ކައުންސެލަރު

    ތަމްރީނު ކުރީމާ ބުރިޖް ބަލަހައްޓަން ދިވެހިންނަށް އެނގޭނެއެވެ. އެކަމަކު ތަމްރީނުކުރިޔަސް ހެލިކޮޕްޓަރު ބަލަހައްޓާކަށް ދިވެހިންނަކަށް ނޭނގޭނެޔޯލައެވެ. މިކަމަށް ކޮންމެހެންވެސް އިންޑިޔާގެ 250 ސިފައިން ކޮންމެހެންވެސް ތިބެންޖެހޭނެޔޯލައެވެ. އެހެންވީމާ ކުރާވައުދު ނުފުއްދާތީ ބުރިޖުގައި ސެލްފީ ނަގާނެ ކުދިންކޮޅެއްވެސް ހޯދަން އެބަޖެހެއެވެ. ތަޅާނެ ކުދިންކޮޅެއް މާލެތެރެއިން ކޮންމެހެންވެސް ހޯދަން ޖެހޭހެއްޔެވެ؟

  6. ޓްވީޓް

    ކަންތަކާ ޖެހުނީ މިހާރުވެސް ރަސްރަނި ބަގީޗާ ސަލްޓަންޕާކަށްބބަދަލު ކުރިހެން އަސްލަމ މެން އެތިބީ ކެން މަދުވެފަ. ޢެންމެ ފުރަތަމަ މަރާމާތަކަށް ވެސް ވާނޫ މިކަން. މިކަމަށް ޕްރެސަރު ކުރާނީވެސް އިނޑޔާ އިން ކަމާމެދު ޝަ އްކުރާނެ ތަނެ އްނެތް.

  7. ލައިސަންސް ހަމަވެފަ

    ފުލުލުން ކަލޭމެން ބަލާ ސްޓިކާ ޖަހައިގެން ލާރި ހެދޭތޯ... ކޮޕެއް ވެއްޖެއްޔާ އޯކޭ.. ނުހުއްޓުވާ.... އާމު މީހެއް ނަަމަ ޖޫރިމަނާ!!