މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ގައިދީއަކު މިނިވަން ކުރި ކަމަށް ބުނެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާކަން އޭސީސީން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދީފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައި ވަނީ އެމައްސަލަ ހުށަހެޅިފައިވާ ކަމަށާއި މިހާރު ކުރެވެމުން ދަނީ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ކަމަށެވެ.

އޭސީސީ އަށް ހުށަހަޅާ މައްސަލަތައް އެކޮމިޝަނުން ބަލަން ފަށަނީ ދިރާސާކުރުމަށް ފަހު އެވެ.

މިކަމާއި ގުޅޭ ސިޓީއެއްވެސް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ސިޓީގައިވާ ގޮތުން މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސް އަށް ލިބިގެންވާ އިހްތިޔާރުގެ ދަށުން ގައިދީން މިނިވަން ކުރުމަށް ހިންގާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ރ. މަޑުއްވަރީ މީހަކު އަދަބު ލުއިކުރުމަށް ކަރެކްޝަނާއި އެހެނިހެން ކަމާއި ބެހޭ އިދާރާތަކަށް ނިމިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ރައީސް ފޮނުވާފައިވާ ސިޓީ ނަންބަރާއި ހަވާލާދީ ރައީސް އަދަބު ލުއިކޮށްދިނުމަށް ނިންމާފައި ނުވާ ލ. ގަމުގެ މީހެއް އަދަބު ލުއިކުރުމަށް ހަމަ އެމަހުގެ 24 ވަނަ ދުވަހު ވަނީ އަންގާފައި ކަމަށެވެ.

އަދި އެކަން ކޮށްފައި ވަނީ މުނާޒުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށްވެސް އެސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން މުނާޒް އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރޯ

    ތިޔަ މައްސަލައަށް ވުރެ ބޮޑަށް ބަލަންޖެހެނީ ކުޑަކުއްޖާގެ ބަދުއަހްލާގީ މައްސަލާގަ ބަންދުގާހުރި މީހަކު ގާނޫނާ ނުބައިކޮށް މާނަކޮށްގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސާލިހަކު މީހަކު މުއްދަތު ކުރުކޮށް 2 ދުހަށްހަދާ މީހާ ދޫކުރި މައްސަލަ ބަލަންޖެހޭނެ ކަމަށް ދެކެން.

    24
    1
  2. ކ

    ތަކުރާރުކޮށްް މިދަންނަވާނީ ހެޔޮ ނުވާނެ މުނާޒު ތިޔަތާ ބަހައްޓަން ދެން ހުރީ އާސިފް އޭނާ އަކި އެކިފަހަރު މަތިން ވާނީ ސަސްޕެންްޑް ކޮށްފައި

    15
  3. ކޮރު 19

    ޖަޒީރާވަންތަ ޒީރޯޓޮލަރެންސް ތަފާތުވާނެ.