އިލާހީ ގާނޫނާއި ސުންނަތް ފިޔަވައި ދެން ތަބާވާން ޖެހޭނީ ދިވެހި ރައްޔިތެއް ނަމަ ރާއްޖޭގެ ގާނޫނު އަސާސީ އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމްއިން "ރުމާލު 2" ޖަގަހާގައި ބާއްވާ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ، ފެބުރުއަރީ އެއްވަނަ ދުވަހު ބަޔަކު ވަނީ ބާރުތަށް ނަހަމަ ގޮތުގައި ބޭނުން ކޮއްފައި ކަމަށެވެ.

"ބާރުތަށް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ވެރިކަމުގެ އެހުރީ ރައްޔިތުން އިންތިހާބު ކުރި ވެރިއެއް, ފެބުރުއަރީ އެއްވަނަ ދުވަހު ބަޔަކު އެވަނީ ބާރުތަށް ނަހަމަ ގޮތުގައި ބޭނުން ކޮއްފައި. ދަންނަން ޖެހޭ ހަގީގަތަކީ އިލާހީ ގާނޫނާއި ސުނަތް ފިޔަވައި ދެން ތަބާވާން ޖެހޭނީ ދިވެހި ރައްޔިތެއް ނަމަ ގާނޫން އަސާސީ އަށް ކަން" އާމިރު ވިދާޅުވިއެވެ.

ދައުލަތުގެ އެންމެ މަތީ ވެރިޔާ އަކީ އަދި ސިފައިންގެ އެންމެ މަތީ ވެރިއާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވިދާޅުވެ އާމިރު ވިދާޅުވީ، ރައީސް ޔާމީން ފިޔަވައި ކަންކަން ހާމަކަން ބޮޑުކޮށް ކުރައްވާ ވެރިއެއް އަދި ނާންނަ ކަމަށެވެ.

"ގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަންބޮޑުވުން ފިލުވުމަށް ރައީސް ޔާމީން އެކުރައްވާ މައްސަކަތަށް ސެލިއުޓް ކުރައްވަން ޖެހޭ, ރައީސް ޔާމީން ފިޔަވައި ކަންކަން ހާމަކަން ބޮޑުކޮށް ކުރައްވާ ވެރިއެއް އަދި ނާދެ" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ގާނޫން އަސާސީ އާއި ހިލާފަތް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށެވެ. އަދި އެއްވެސް ބާރެއް އަނެއް ބާރެއްގެ މައްޗަށް ނުފޫޒު ފޯރުވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޫސަ

    ސާބަހޭ އާމިރު

  2. ސަމާސާ

    ދީނީ ވާހަކަ ދައްކަވާ ބޭފުޅުން ނުރަގަޅު މާނަ ދޭހަވެދާނެފަދަ ގޮތަކަށް ވާހަކަ ނުދައްކަވާ. އާމިރުގެ ވާހަކައިގެ ކޮރުކަމެއް ނެތް. ޝުކުރިއްޔާ.

  3. ޙަސަން އަބޫބަކުރު

    ވަރަށް ވާހަކަ ދައްކަން މޮޅު، އެކަމަކުވެސް ދަންނަވަން. ތިވިދާޅުވި ޤުރްއާނާއިސުންނަތުން އަންގަވަނީ ވެރީންނަށް ކިޔަމަން ގަތުމަށާއި ތަބާވުމަށް. ޤާނޫނަކީ ބޭރުގެ އެކިއެކި ޤައުމުތައް ހިމެނޭ ޖަމްއިއްޔާ ތަކުން އަންގާކަންތަކާ އެއްބަސްވެ އެއަށް ބިނާކޮށް ހެދިފާއެއްޗެއް. ޤާނޫނުން ހުއްދައެއް ނުކުރެވޭނެ މިޤައުމަށް ރަލާއިއޫރުމަސް އެތެރެކޮށްގެން ވިއްކާކަށް

  4. މާސް

    ތިޔަވިދާޅުވީ ގޯސްކޮށް ރަނގަޅުގޮތަކީ ދިވެހި ގާގޫނު އަސާސީއަށް

  5. ހަމީދު

    އެކަމަކު ތި ތަބާ ވަނީ ޔާމީނުއަށް.. ކިހާ ދެރަކަމެއްތީ.... ދެން އަތްޖަހާ