ރަމަޟާން މަހަށް ރާއްޖެއިން ބޭރުން އިމާމުވެ ތަރާވީސް ނަމާދު ކުރަން ޙާފިޒުން ގެނައުމަށް އުސޫލުތަކެއް ހަދައިފިއެވެ.

އެ އުސޫލުތައް ހަދާފައި ވަނީ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމްއާއި ގައުމީ ސަލާމާތީ ބާރުތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މިގޮތުން ގެނެވޭ ހާފިޒުންނަކީ، ކަމަށް އެކަށީގެންވާ، ރާއްޖޭގަ އޮންނަ ދީނީ އެއްބައިވަންތަ ކަމުގެ އުސޫލުތަކަށް ތަބާވާ ރަނގަޅު ބައެއްތޯ ދެނެގަތުމާ ބެހޭގޮތުން އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

އަދި މިކަން ހަރުދަނާ ގޮތެއްގައި ކުރުމަށްޓަކައި ދައުލަތުގެ ކަމާބެގޭ މުއައްސަސާތަކުގެ މައްޗަށް އެކުލެވޭ ސަބް-ކޮމިޓީއެއް ކަނޑައަޅާފައިވާކަމަށް ކަރުންޓާ ޓެރަރިޒަމް ސެންޓަރުން މައުލޫމާތު ދެއެވެ. އެކޮމިޓީގައި ހިމެނޭ މުއައްސަސާ ތަކުގެ ތެރޭގައި؛ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، މިނިސްޓްރީ އޮފް ހޯމް އެފެއާރޒް، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސާރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ ހިމެނެއެވެ.

ކައުންޓަރ ޓެރެރިޒަމް ސެންޓަރުން ވިދާޅުވީ، މިފަހަރު އެކުލަވައިލެވޭ އުސޫލުގައި ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކުރުމާއި ސިޓީ ކައުންސިލް ތަކާ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، ބޭރުން ގެނެވޭ ހާފިޒުން ބެލެހެއްޓޭނެ އުސޫލަކާމެދުގައި މަޝްވަރާކުރެވުނު ކަމަށެވެ.

އަދި މީގެ އިތުރުން ރާއްޖޭގައި ތިއްބެވި ހާފިޒުންނަށް އިމާވުވެ ތަރާވީސް ނަމާދު ކުރެވޭނެ ފުރުސަތު އިތުރުކޮށް އެ ހާފިޒުންގެ ބޭނުންކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވުނުކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސޮނިފުހޭ

    ރާއްޖޭގައިވެސް ވަރަށް ގަާބިލް ބޭފުޅުން އެބަތިބި ކުރިއަށް ނިކުތުމަށް ބޭނުންވަނީ ފުރުސަތު

    28
    4
  2. ކީކޭދެން ބުނާނީ

    ޜާއްޖެއަށް ގެންނަ ޓީޗަރުން ކޮންމެވެސް ކުންފުންޏަކަށް.. ހާފިޒުންތަ ރާއްޖެ ހަލަކު ކުރަނީ

    57
    1
    • ޙަމަހަމަ

      ޙާފިޒުން ގެންނަންވެސް އިންޑިޔާ ހާމުދުރަކާ ހަވާލުކުރީމަ ބަރާބަރުވާނެ.

  3. އެދުރު

    ރާއްޖެ ގެންނަ ޙާފިޒުންނަކީ ތިޔަ ސިފަކުރާފަދަ ނުރައްކާތެރި ބައެއް ނޫން ، އެމީހުން ހުރިހާ ކަމެއްގަވެސް އަމަލުކުރަނީ ރަށު ކައުންސިލުން އަންގާ ގޮތައް ، ދުވާލު ޤުރުއާން ފަރިތަކޮށްފަ ރޭގަނޑު ތަރާވީސްކޮށްފަ ރޯދަ މަސް ނިމުނީމަ ފުރައިގެން ދާ ބައެއް އެއީ ، ތީ މިއުޅޭ ކެނެރީ ބުއްޅަބެ ރުއްސަންވެގެން ކުރާ ދެއުޅިއެއްނުވާ ކަންތައް

    56
  4. Anonymous

    ރާއްޖެ ގެންނަ ބޭރި މުސްލިމު ނޫން ޓީޗަރުންގެ ލާދީީނީ ޕޮރަޕަގޭންޑާއެއް އޮވޭތޯ ބަލާތަ؟ ބަލާނެތަ؟

    46
    1
  5. އިބުރޭ1122

    ފަހަރަކަށްވުރެ ފަހަރެއް އުނދަގޫކުރެވޭތޯ ބަލާތި. ހާދަހާބިރެކޭދޯ ތިގަންނަނީ. ރާއްޖެއަށްގެންނަ ހާފިޒުންގެ ދޯ އެންމެ ނުރައްކާބޮޑީ. މަށަށް ހީވަނީ ވަޅިހަރާ މީހުންގެ ކަންތައްބަލަން ތިޔަ ކޮމިޓީ މާ މުހިންމުހެން. ތަރާވީސްކުރަން އައި ހާފިޒެއްގެ ފަރާތުން ތިޔަކަހަލަ ކަމެއް އަދިއެއް ފެނިފައެއްނެތް. ތިޔައީ ހަމަ ކުރާ ޖެއްސުން. އެލެކްސް ބުންޏެއްނު ތިޔައީ ބޭކާރު ކަމެކޭ

    36
  6. އަބްދުﷲ

    ސަލާމަތީ ބާރު ތަކުގެ ހުއްދަ އާއެކު ޓީޗަރުން ގެންނަންވީނު، އެވެސް ޕޮލިސް ސާރވިސްއިން ދޭ ޓްރޭނިންގ އެއް ހަދައިގެން.

    31
    1
  7. އަލިބެ

    ލާދީނީ މީހުން ގެންނަން އެއްވެސްތާކުން ހުއްދަ ނަގަން ޖެހޭނެތޯ

    37
  8. މެކް

    އެއްމެ ނުރައްކާ މީހުންނަކީ ހާފިޒުން .......... އެއްމެރަގަޅީ ޅަދަރިންނަށް ކިޔާވާދޭން ގެންނަ ގެރި ގުއި އުޅޫގެން އުލޭ ފަރަންޖީން މިއީވާ ފައްކާ ލާދީނީ ބައިގަޑެއް. ޔާ ﷲ މިބައިގަޑުން މިގައުމު ސަލާމަތް ކުރައްވާށި އާމީން

    43
    1
  9. ހުސޭނުބޭ

    އެކަމަކު އިސްލާމްދީނަށް ހަޖޫޖަހާ މީހުން އެއްވެސް ހުއްދައަކާނުލާ ޓަސްލާފައި އެތެރެކުރެވޭނެ ދޮގެއްތޯ! އާދެ އާދެ އެޖެންޑާ 19 ތަފާތުވާނެ!

    31
  10. މުހައްމަދު

    ނުރައްކާ ބަޔަކީ ހާފިޒުންނާއި އިމާމުންނެއް ނޫން ނުރައްކާ ބަޔަކީ އިންޑިއާ ލަންކާއިން ގެންނަ ޓީޗަރުންނާއި އީރާނާއި ޕާކިސްތާނު ފަދަ ތަންތަނުން ގެންނަ ޝީޢީ ޑޮކުޓަރުން

  11. ކަޓުނައި

    ރާއްޖެގެންނަ ހާފިޒުންނަކީ ތިޔަބުނާފަދަ ނުރައްކާތެރި ބައެއްނޫން އެމީހުން އަބަދުއުޅެނީ އަޅުކަމުގަ ރޭގަނޑާއި ދުވާލު ހޭދަކުރަނީ މިސްކިތުގަ ހާފިޒުންނަށް ވުރެ ރާއްޖެގެންނަ ޓީޗަރުންނާއި ނަރުހުންނާއި ޑޮކުޓަރުން މާނުރައްކާތެރި މިމީހުންގެ އަމަލުތަށް ބަލާނެ މުއަށްސަސާއެއް އުފެއްދުން މާމުހިއްމު.:

  12. ޢަސްލުމީހާ

    ތިމާމެން ވަޅޯމަސް ވިއްކާ މީހެކޭ ކިޔައިގެން ސްނައިޕަރު ގެނައިމަ އަމިއްލަ ފަޔަށްހިނި އަރައިގަތީމަ އެބަ އިނގޭ ދޯ
    ހާފިޒުން ގެ ބޮލުގަ އަޅުވަން އުޅޭ ދޮގު ބަދުނާމު

  13. މީކޮންކަހަލަ އިންޞާފެއް؟

    ރާއްޖެއަށް ދެން ޢަސްކަރީ ތަމްރީނު ދޭނީ އިސްލާމިކް މިނިސްޓުރީން.
    އަދި
    ރާއްޖެއަށް ދެން ހާފިޒުން ގެންނާނީ ސަލާމަތީ ބާރުތަކުން.
    އެޖެންޑާ 19 ވ.ފުރިހަމަދޯ

  14. ޢަލީމް

    ގެންނަންވީނުން އިންޑިއާގެ ބުޑިސްޓުންނާއި ކްރިސްޓިއަނުން.

    5
    1
  15. ޙަސީނާ

    ޓީޗަރުންނާއި ވރުވަރުން ރާއްޖެ އަންނަ ބޭރުގެ ވަފުދުތައް ކީއްވެ ބަލާ ޗެކްނުކުރެވެނީ އެއީ ލާދީނީ ހަރުކަށި ފިކުރުގެ މިޝަނަރީތަކުގެ މީހުންތޯ؟

  16. ހަމަހަމަ

    މިފަހަކަށް އަ އިސް މާ ގޮތްކިޔާ މި ކަ އުންޓަރ ޓެރެރިޒަމް ސެންޓަރުގަ ތިބީ ކޮން ހަ އިސި އްޔަތެ އް އޮތް ކޮންބަ އެ އްތަ ؟ މަރު ކޮމިށަން ކަހަލަ ތަސަ އްރަފު ނުފުދޭ ބަ އެ އްތަ އަނެ އްކާ ؟

  17. ބޮޑޭ

    ހަފިޒުން ތި ގޮތަށް މޮނީޓަރ ކުރަންޏާ ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެވާ ހުރިހާ ފަރާތް ތައް އެއީ ޓީޗަރުން، ނަރުހުން، ޑޮކްޓަރުން، ކުންފުނި ތަކުގެ އިސް މީހުންގެ ބަލަން އެބަޖެހޭ. ހަމައެކަނި ހާފިޒުންނަށް ތިކަން އަމާޒު ކުރަންޏާ ތިޔަ އުޅެނީ އަހަރެމެން ގެ ދީނާއި ކުޅެން..