ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ ޕާޓީ މޯލްޑިވްސް ރީފޯމް މޫވްމެންޓުގެ މެންބަރުގެ އަދަދު 2800 އަށް ވެއްޓިއްޖެއެވެ.

އެ ޕާޓީ، ދަފްތަރުގައި ރަޖިސްޓްރީ ކޮށްދީފައި ވަނީ 3000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އެ ޕާޓީ ރަޖިސްޓްެރީ ކުރަން ހުށަހަޅާފައި ވަނީ 3313 ފޯމާއެކު މިދިޔަ އޮގަސްޓް މަސް ތެރޭގައެވެ. އަދި އިލެކްޝަން ކޮމިނުން އެ ޕާޓިގެ ރަޖިސްޓްރީ ހަވާލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މިއަދު އިލެކްޝަން ކޮމިޝަނުން ވަނީ 2019 ވަނަ އަހަރު ނިމުނުއިރު، ޕާޓީތަކުގެ ދަފުތަރުގައި މެންބަރުން ތިބި އަދަދުތައް ހާމަކޮށްފައެވެ. އެއިން ދައްކާގޮތުގައި، މިހާރު އެމްއާރްއެމްގައި ތިބީ 2851 މެންބަރުންނެވެ.

މީގެ އިތުރުން، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގައި 54،101 މެންބަރުން ތިބިއިރު، އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ ޕީޕީއެމްގައި ތިބީ 36،073 މެންބަރުންނެެވެ. އަދި ޖޭޕީގައި ތިބީ 11،072 އެވެ.

މި ތިން ސިޔާސީ ޕާޓީއަކީ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަވާ ތިން ޕާޓީއެވެ. ޕާޓީތަކާއި ބެހޭ ގަވާއިދުގައި ވާގޮތުން، ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެެ.

އިތުރު ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލާއިރު،

އެމްޑީއޭ 8506

އޭޕީީ 6789

ޕީއެންސީ 4221

އެމްޓީޑީ 3279

ޑީއާރްޕީ 3033

އެމްއެސްއެލްޑީޕީ 2977

އިލެކްޝަނުން ވިދާޅުވީ، ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ޕާޓީތަކުން ހުށަހެޅި ޕްރޮސެސް ނުކުރެވި 1627 މެންބަރުންގެ ފޯމް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޖޭޕީގެ ފަރާތުން ހުށަހެޅި 1163 ފޯމާއި ޕީޕީއެމް އިން ހުށަހެޅި 232 ފޯމު އަދި އެމްއާރުއެމް އިން ހުށަހެޅި 232 ފޯމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    ކޮބައިތަ އަދާލަތު! އުވުނީތަ؟ ނޫނީ އެމްޑީޕީ އާ އިނީތަ؟

    47
    2
    • ޣަނީ

      އޭޕީ އެއީ އަދާލަތު ޕާޓީ

      10
    • އަލިބެ

      ގަޅިޔާ އޭޕީ އަދާލަތޭ

      9
      1
    • ބްރޯ

      އޭޕީ އަކީ އަދާލަތު ޕާޓީ އެއޮތީ ލިއެފަ 6789 މެންބަރުން އޭޕީ ގަ ތިބި ވާހަކަ. ހަބަރު ކިޔާލާފަ ކޮމެންޓް ކޮށްލިއްޔާ ސަޅިވާނެ

      7
      1
  2. މުޙައްމަދު އަލީ

    ލޮލް މައު....ކިހިނެއް ތިހަދަނީ......ިހިހިހިހިހިހިހިހިހި

    29
  3. އޭޕީ

    އޭޕީ އެކިޔަނީ ތިޔަބަޔަކައް

  4. ހުސޭނުބޭ

    ނަމަވެސް އޭޕީއަކީ އަދާލަތު ޕާޓީކަމުގައި ދަންނަވަމެވެ.

  5. ސީނާ

    ތިޔަ ރަގަޅީ ހަމަ އެއްކޮށް ހުލިވިއްޔާ! ނާދިރާއާ ޢައްބާސްއާ ނަދީމު ތިބޭނެނު؟

    15
  6. ވަހްޝީމޭވާ

    ތީ އެމްޑީޕޫގެ ބައެއްނު މިހާރު

    16
  7. Anonymous

    ގައުމުވިއްކާލި ގްރޫޕް. އިސްލާމްދީނަށް ފުރައްސާރަކުރުމަށް އެހީތެރިވާ އަޑިނުބައި ބައިގަނޑު. ކަލޭމެނާ އެކުވާނީވެސް ކަލޭމެންކަހަލަ އެތެރެ ކުނިވެފަތިބި މީހުން.