ރައްޔިތުން ހަވާލުކުރި ޒިންމާ އަކީ މަސްކެޑުން ކަމަށް ދައްކަން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން މަސައްކަތް ފަށައިފއެވެ.

މީސް މީޑިއާގައި މިހާރު ދަނީ އަލީ ޙުސައިން މާލޭގެ މަސްމާރުކޭޓުގައި މަސްކަނޑާ މަންޒަރު ފެންނަ ފޮޓޯތަކެއް ދައުރުވަމުންނެވެ.

މާރުކޭޓުގައި މަސްކަނޑަން ހުންނެވުމާއި ބެހޭގޮތުން އަލީ ޙުސައިންގެ ބަހެއް އަދި ލިބިފައި ނުވާއިރު ބައެއް ފަރާތްތަކުން ސިފަކުރަނީ މިއީ އާއްމުންގެ ސަމާލުކަން ހޯދުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ކުޅުއްވާ ޑްރާމާއެއްގެ ގޮތުގައެވެ. ނަމަވެސް އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ފޮޓޯ އިން ދަައްކުވައިދެނީ ވަޒީފާ ގެއްލުނަސް އަދި މަޤާމް ގެއްލުނަސް ގޮތް ހުސް ނުވާނެ ކަން އަންގައިދޭ މަންޒަރު ކަމަށެވެ.

މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާއިރު އެ ބޭފުޅުންނަށް ވެސް ގޮތް ހުސްނުވާނެކަން މި ފޮޓޯ އިން ހާމަވާ ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އެވެ.

ކިޔުންތެރިންގެ ހިޔާލު

64 ކޮމެންޓް

  1. ޙަދީ

    މަސްކަނޑަން ތިބޭ ނިކަމެތިންނަށް މަލާމަތް ތަ ތިކުރަނީ

    • ނަން

      މަސްކަޑަން ތިބޭނީ އެހެންމާ ހުސް ނިކަމެތިންނޭ ދޯ ތިބުނީ..... ދިވެހިންގެ ލޭނާރު ވަރަށް ދަށް ތިކޮށްލަނީ...

      • ?
  2. ލި ޔަނޯ

    ސާބަހޭ މަގޭ ދަރިޔާ...
    ތީވާ ފިސާރި ދިވެހި ދަރިޔެ،،،،

  3. މަރީ

    ރަނގަޅު. މަސްކަނޑަން ހުރޭ.

  4. ަައަބްޅޯ

    އަލީހުސެން އެކުރި ޢަމަލަކީ ރާއްޖޭގެ ފަޚުރުވެރި މަސްވެރިންގެ އަގުވެއްތޭފަދަ ޢަމަލެއް އެކަމުން ދޭހަވާ އެއްޗަކީ މަސްވެރިންނަކީ ވަރަށް އަގުދަށް އެއްވެސް އިހްތިރާމެއް ލިބިގެންނުވާބައެއްކަން ރާއްޖޭގެ މަސްވެރިންނަށް އިހްތިރާމް ކުޑަވާގޮތަށް ކަންކަންކުރުމުގެ ޙައްޤު އެއްވެސް މީހަކަށްލިބިގެންނުވޭ!
    ވީމާ، ަލި ހުސޭންގެ އެޢަމަލު ވަރަށްހަރުކަށި ޢިބާރާތުން ކުއްވެރިކުރަން.

    • އައްޑަނަ

      ބަލަ މި ފޮޓޯން މި ދައްކުވައި ދެނީ އޭނައަށް ކަންކަން ކުރެވޭނެކަން. މި ފޮޓޯން ބައެއްގެ އަގު ވެއްޓޭނަމަ އެބަޔަކު ނުވާނެ ދިވެހިންނަކަށް

      • އަލީ

        އެފޮޓޯއިން އެކުރި ކަމަކީ މަސްވެރިންނަށް މަލާމަތްކުރުން. އެހެންއެއްވެސް ކަމެއްނޫން. އޭނައަކީ، ދުވަހަކު މަސްކެނޑި މީހެއްނޫން. ލޯޔަރަކަށް ވެވުނީމަ ހިތް އާސްމާނަށް އަރާފަހުރި އިންސާނެއް އެއީ. އޭނަ ބުނަން ބޭނުންވީ، އޭނަގެ މޮޅުކަން ދެއްކުން ސަރުކާރުން ހުއްޓުވައިފިއޭ. ދެން އޭނަ ކުރާނީ މިގައުމުގެ އެންމެ ދަށް މަސައްކަތޭ.

        • ނަން

          އަލީ އަށް އިނގޭތަ އޭނަގެ ހިތުގަ އޮތް އެއްޗެއް... ހިސާބަށް ވުރެ ނުބައި ކޮށް މާނަ ނަގަން މޮޅީއެއްްނު..

          • އަހޫ

            މިހާރު އަހަރެމެން ދިވެހިން އެބަޖެހޭ ދިވެހިން ގޮތުގަ ތިބެން ނުވަތަ ވިސްނަން. މަސް ކެނދުމަކީ އަގުވެއްޓޭ ކަމެއް ގޮތުގަބަލާ ދަށް ކަމަކައް ބެލުމަކީ ގިނަ ދިވެހިން ގެ ވިސްނުން ހުންނަގޮތް. އެގޮތައް ވިސްނެނީ ބޮޑުކޮއްދީފަ ހުރިގޮތަކުން. މީތި ބަދަލު ކުރަން އެބަޖެހޭ. މީ އަހަރެމެންގެ ލޭނާރު.

    • ނަން

      ޢުހުން. ދިވެއްސަަކަށް ވީތީ ކުރަން އިނގެން ޖެހޭނެ ކަމެއް އެއީ... މެމްބަރަކު މަސް ކެނޑީމަ ދޭހަވަނީ މަސްވެރިކަމުގެ އަގު މަތިކަން... އަގެއް ހުރި މަސައްކަތެއް ކަން..

  5. ާލިޔަނ

    ފިސާރި ދިވެހި ދަރިޔެ...
    ތި ކަހަލަ ނިޔަނެތި މެންބަރުން ގިނަވާންވީ

    • ޖަޖަހަ

      ނިޔަނެތި މެންބަރުން ދިވެހި މަސްވެރިންނަށް އެކުރީ މަލާމާތް.

    • ނާހަމަ

      ދިވެހި ފިސާރި ދަރި، ދޮގުހަދާ ހަދާ ވަރުބަލިވެގެން، އަންނިގެ އަނގައިން ނެއްޓި މައިތިރިވެ އިރުކޮޅަކު ހުރެލުމަށް ނެގި ރެސްޓެއް އެއީ. އެވެސް ބަޔަކަށް ކުރާ މަލާމަތެއްގެ ގޮތުގަ.

  6. މަސްކަނޑާދޯ

    ރައްޔިތުން ހަވާލުކުރި ޒިންމާ އަކީ މަސްކެޑުން ކަމަށް ދައްކަން އަލީ ހުސެއިން މަސައްކަތް ފަށައިފި ނަމަ އެކަމުން އެ ދޭަހަކޮށްދެނީ އެމެން މަޖްލީހުގެ މެމްބަރު ކަން ނުކޮށް މަހަށް ދާންވީއޭ ތަމެން މަހަށް ދޭބަލަ ރަންރީނދޫ ޓްވިޓަރޭ މަހަށް މަހަށް މަހަށް ދޭބަލަ. މަސްކަނޑާ މަސްކަނޑާ މަސްކަނޑާ ދޯ.

    • މީ

      ކިލިނެއްތަވީ މަސްކާން ރަނގަޅު ދޯ މީހުން ބޭނީމަ. މަސްވެރިންނަކީ މާޝާﷲ ހާދަ ހިއްވަރުގަދަ ކޫލް ބައެކޭ އެއީ މީހުން ފާޑު ކިޔަސް އެމީހުން އަޅައިވެސްނުލާ. ތިބާއަށް މަހައްދާން ނުކެރޭތަ ނުކެރޭތަ ނުކެރޭތަ އެހެންނަމަ ވައި ވައި ޓެލް އަސް ވައި

  7. ފަތްމިނި

    "ތިމާމެން މޮޅު ނަސަބަކުން އަޔަތީ ތިމާމެން ކިބުރުވެރި މިވަނީ، ރިމާދަށް ފުރޮޅިގެން އެދަނީ ދިމާޔަށް އަނގުރު އަލިފާނޭ"

  8. ްައިބުރާ

    މިބީތާ ހީކުރަނީތަ އެތާމަސްކަނޑަން އެތިބެނީ ގޮއިހުސްވެފަ ތިބޭމީހުން ކަމައްދޯ.

  9. ޖޮއްބެ

    އަނެއްކާ ކިޔޫ ތަރުތީބުން ކަނޑާދެއްޗޭ މެންބަރުކަމުގެ ގޮނޑި ވިއްކާލާގޮތަށް މާދުރުގައި ހުރި މީހަކަށް ލޮލުން އިޝާރާތްކޮށްލާފަ އެންމެ ފަހަތުގައި އޮތް މަސް ކަނޑާނީކީނޫން.

  10. މޫސާ އާދަމް

    ތިމަސްކަޑާމީހާ މިހާރުކޮބާ؟

  11. Anonymous

    ހުރިހާކަމަކަށްވެސް ހަމަ ފިޓުމީހުން ތިބޭ ސާބަސް

    • ސަލްމާ

      އައްޔައަކީ، ރާއްޖެތެރޭގެ އާދައިގެ އާއިލާއެއްގެ ދެރަ ނިކަމެތި ސޮރެއް. އޭނަ ނުލަފާ މީހަކަށްވީ އެމް.ޑީ.ީޕީއާ ގުޅުން ހިސާބުން. ދެން ހަލާލުނޫން އެއްޗެހި ކެއުމަކީވެސް، އެމީހެއްގެ މައްޗަށް ޝައިޠާނާ ވެރިވެ ގަންނަކަމެއް. އައްޔަ މިހާ ގޮތްކުޑަ ދޮގުހަދާ ފަސާދަ އުފައްދާ އިބިލީހަކަށް ވީ މިހުރިހާ ކަމެއް އެއްވެގެން.

  12. ޑރ

    ތީގެން ދައްކުވައިދެނީ އެބޭބެ ހަތަރު އުދަރެސް ފެނުޖެހިއްޖެކަން.

  13. ބާރިޢު

    80 ހާސް ރުފިޔާއިން ނުފުދިގެން އުޅޭމީހަކަށް މަސްކަނޑާލައިގެން ލިބޭ ވަކި ދެތިންރުފިޔާއިން ފުދޭނެތަ؟

  14. ދޮންފަނު ދޮންއާސަ

    ތިމީހާގެދާއިރާގެރައްޔިތުންއުޅޭހާލުދެކެބަލަލަދުންބޯހަލާކުވާނެފެނުނަސްދާއިރާގެ ބ ދޮންފަނު ބ ކިހާދޫދެކެބަޅަ ފަޅުގެތޮށިގަނޑުވެއްތިފަ އަރާނުފޭބޭނެ އެކަމަކު ދާއިރާގެ ހައްގޭގޮވާނެހުރެގެން ލަދުހަޔާތުގެކަންފުޅެއްނެތިގެން އެރައްރަށުމީހުން އެތިބީ ތިމީހާހޮވުނުމޮޔަހީވެފަ އެތަނައް ދިޔަމީހަކައް ަިނގޭނީ ަުޅޭހާލު އެކަމަކު ހައްގޭ ހައްގޭގޮވާނެ ލދުހަޔާތޮ އެއްގޮތަކައްވެސްނެތީ އެހެެންވީމަ ފާހާނާ ސާފުކުރަވެސް އޮވެދާނެތަ

  15. ރަނދަ

    މަސްކަނޑާ މީހުންނަށް މަލާމާތް ކުރަނީ. ވަރަށް ދެރަކަމެއމީ.

  16. ސ ނުން ސޮނިބެ (އަންނި)

    ހަނިމާދޫ ޝަހުދީގެ ގޮނޑި ގެއްލުންތީ އަހަރެމެން އުފާކުރުން ހައްޤު ކަމެއް... އެބޭފުޅާ އެއޮށް އުޅުއްވި އަބުއި ގޮތް ކޮޅެއް

  17. ޅަސޮރު

    ތީފޮތޯ ދައްކަން ކުރާކަމެއް.
    ހަމަ ހިނިއަންނަނީ ހިނި ހިނި ހިނި ...................

  18. ހައްމާއްޓޭ

    މަޖިލީހުގެ ޖަލްސާތަކައް ނުދިޔަކަސް ހާޒިރީގަ ބަރާބަރައް ސޮއެ ކުރޭ މިމީހުން ..... މަސްހޫރު ފިލިނަސީދު ބިރުދައްކާ ސޮރެއް ތީ އެހެންވެ އެހެން އެއުޅެނީ... ފިލިބެ އައް ދެއްކެން އެތެޅި ބާލަނީ...

    • އަހްމަދު

      ހަލާލެއް ހަރާމެއް ނުބަލާ ފައިސާ ހޯދައި އޭގެން ތިމާއާއި ތިމާގެ އަނބިދަރިންނަށް ކާންދެނީ. ﷲ އަށް ބިރުވެތިވުން ނެތްބައެއް ތިއީ. ލިބިދާނެ ނިކަމެތިކަމެއް ހިތަކަށް ނާރާ. ނުލަފަކާކަން ދައްކާ. ﷲ ތައާލާ ނަހީކުރެއްވި ދޮގުތައް ރޯމާ ދުވާލު ހަދާ މިކުޑަކުޑަ ގައުމު ހަލާކުކޮށް ފިތުނަ ފަސާދަ އާއްމު ކުރުން މިމީހުންގެ މަސައްކަތަކީ، ހަމަ އެއްގޮތަކަށްވެސް ހެއްދެވި ފަރާތަށް ބިރުގަތުމެއް މިމީޙުންގެ މިހާރު ނުވޭ.

  19. މުހައްމަދު

    ހަމަ މަސްކަނޑަން ތިބޭ ދެރަ ނިކަމެތިންނަށް މަލާމަތްކުރަނީ

  20. މަލަކުރި

    ތިމާގެ އަމިއްލަ ބުރަ މަސައްކަތުން ހޯދާ ތަކެއްޗަކީ ކެއުން އެންމެ ހަލާލުތަކެތި މަލާމަތަކާ ނުލައި ތިކަމުގައި ހުއްޓަސް ރަނގަޅު- ދާވޫދުގެ ފާނާއި އަދި ރަސޫލު ބޭކަލުންގެ ސިޔަރަތުން އިބްރަތް ހާސިލުކުރުން މޮޅު އިތުރު

  21. ހަނާ

    މިއީ މިކަލޭގެއާ ވަރަށްގުޅޭ މަސައްކަތެއް. އިސްލާމީ މުޖުތަމައެއް ފަސާދަކޮށް ނަރަކައަށް ވެއްޓުމަށްވުރެ ކޮޔާ ތިޔަކަން މާރަނގަޅު ކުރަން.

  22. ހފގފ

    އަލީ ސޮރަކީ މިކަމަށް ގާބިލް މީހެއް. އިދިކޮޅުގަ ހުރެގެން ކޮންމެ ދުވަހަކު ތިޔަ ހަދަންޖެހޭ ދޮގުތައް ހަދާ ތިމާގެ ނުބައިކަންތަކުގެ ފޮތް ބަރުކުރުމަށްވުރެ މާރަނގަޅު މަސައްކަތެއް ތިފެށީ. ތިޔަގޮތުގަ ހުރޭ.

  23. އައިމިނަ

    ގޯހެއްނޫން. އަންނިގެ އަޅުވެތިކަމުން ސަލާމަތްވެވޭނެމަގު ﷲ ތައާލާ ތިދެއްކެވީ. ޝުކުރުކޮށް ތިޔަމަސައްކަތައިގެން ކުރިއަށް ދިއުމަށް ދަންނަވާލަން.

  24. އަލީ

    ކަލޭމެން މުސްލިމުންނޭ ކިޔައިގެން ތިބެ ކޮންމެދުވަހަކު ނޫސްތަކަށް ތިޔަދޭ ދޮގު އިންޓަރވިއުތަކާ، މިގައުމު ހަލާކު ކުރުމަށް ތިޔަ ކުރާ މަސައްކަތަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު މަސައްކަތެއް ތިކުރަންފެށީ. މަސްކެނޑުމައިގެން ކުރިއަށް ވަޑައިގަންނަވާ.

  25. އަނަސް

    ލުއްޗާޔަށް އަދިވެސް ލިބޭވަރު މަދުވީމަ މަސްކަނޑަން ފެށީ. ދަހިވިގަނި. ލުއްޗާ

  26. Anonymous

    ރައީސް ޔާމިން އަކަށް ނޭނގޭނެ މަސް ކަނޑަން. މަގާމް ގެއްލުނު ދުވަހަކުން މަސްކަނޑަން މާރުކޭޓަށް ވަންނާކަށް ނުކެރޭނެ. ރައީސް ޔާމިނަކީ ޑިރެކްޓަރ ލެވެލް އަށް ވުރެ ދަށް ވަޒީފާއެއް ދުވަހަކުވެސް އަދާ ކުރެއްވި ބޭފުޅެއް ނޫން. އެހެންވީމައި މަސްކެނޑުން ، ދަނޑުވެެރިކަން ކުރުން ، ބަކަރި ހުއި ހިއްޕުން ، ރާނާ ސުމެންތި ޖެހުން ، ފަދަ ކަންކަމަކީ ރައީސް ޔާމިން ފަދަ ބޭފުޅުން ދަންނަ ކަންކަމެއް ނޫން.

  27. ހުސޭނުބޭ

    އަދި ކިރިޔާ މި އެގުނީ މި މީހުން މަޖިލީހު ޖަލްސާތަކުގައި ބައިވެރިނުވަނީ އެތަނުގައި މަސްކެނޑުން ނޯންނާތީވެކަން.

  28. ތުންބިބީ

    ޙަޤީޤަތުގައިވެސް މަޖިލީހު މެމްބަރުކަމެއް މީނައަކާ ނުގުޅޭ. މިހާރު އެ އަދާކުރަނީ އެންމެ އެކަށީގެންވާ ވަޒީފާ.

  29. އަންމަޑޭ

    އިބުރާގެނަމްގައި ކޮމެންޓް ކުރިފަރާތައް ޝުކުރުދަންނަވަން. އޭނަ ހީކުރަނީތަ މަސްވެރިންނަކީ އަގެއް ނެތްބައެކަމަށް. ބަލަ މަސްވެރިންނަށްވުރެ މުރާލި ޒިންމާބޮޑުބައެއް މި ދިވެހިގައުމުގައެބައުލޭތަ. ބީތާވެގެން މިއުޅެނީ ގޮތްހުސްވެގެން.

  30. ބުރާންތި

    ބުރާންތިންތަކާ. އެއީ ޓީވީ ޕްރޮގްރާމެއްގެ މަންޒަރެއް. ހަހަހަ ލޮލް

  31. ޙިލްމީ

    ވާނުވާ... ތީ ރާއްޖެޓީވީން ރޯދަ މަހު ދެއްކުމަށް ހަދާ “ނުރަސްމީ ގަޑި” ޕްރޮގްރާމުގެ ޝޫޓިންގެ ފޮޓޯއެއް. ޢަލީ ހުސައިނަކަށް ނޫން ގުޅަންވީ... ސަމްޕަތު ވިސާމަށް ގުޅާފަ ތިކަމުގެ މައުލޫމާތު ހޯދާ... ލޮލް

  32. ބޮލި މުލައް

    މީ ޤާނޫނީވަކީލަކަށް ހެދިގެން އުޅޭ ވަރަށް ގޮތެއްފޮތެއް ނެތް މީހެއް.

  33. ދަންނަ

    Anonymous އަށް ހާދަ ކަންކަމެއް އެނގެޔޭ. ރައީސް ޔާމީނު އަދާކުރެއްވި ވަޒީފާތައްވެސް ހިތުދަސް. އެއްޗެއް ނޭނގެންޏާ ހަރު ހުރުން މާރަނގަޅުވާނެ. ތެދެތެއް ހެދެން އޮތަސް ދޮގެއް ނޫނިއްޔާ ނުހަދާތި!

  34. ޒީ

    އަސްލު މިގޮލާއާ އެންމެ ގުޅޭ ވަޒީފާ މީ. ހަމަ ސަތޭކަ!!!!

  35. އަފީ

    ތިކަން ކުރޭތޯ ބަލަން މިތިބީ!

  36. ފިޒާމް

    މިކަމަކީ މަސްކަނޑާ މީހުނަށް މަލާމާތްކުރުމަށް ކުރިކަމެއް. މިކަލޭގެ ރަނގަޅަށް އެހެރީ މޮޔަވެފަ. ލަސްނުކޮށް ގުރާދޫއަށް ގެންދަންޖެހެނީ.

  37. ލޯލާ

    މީ ރަނގަޅު ކެނޑިޑޭޓެއް ޔާމީނާދެކޮޅަށް ނެރެން. ޔަގީން 90% ވޯޓު ލިބޭނެ. ހިތްތިރި، ކެރޭ ރައްޔިތުންގެ ލޯބިލިބޭނެ މީހެއް.

  38. ގުރަސް

    ނުކުރާ ވައްކަމެއްބޮލު އެޅުވީމާ ތިރީހަކަށް އަހަރުގެ ހިދުމަތް ދޫކޮށްލާފަ އިސްތިއުފާދީފަ ނިކުތް މީހަކުވެސް އަދި މަސްނުކެނޑިޔަސް ބާޒާރު މައްޗަށް ނިކުމެ މަސައްކަތް ލިބޭތޯ އުޅުނުތަން މަދުށިން. ދަމާކަނޑައިގެން ދިރިއުޅޭތަން މަދުށިން. މީ ދިވެހި ރާއްޖެ. ރީތި ރާއްޖެ. 100% ރާއްޖެ!

  39. ޢިބްރާހިމް

    ޢެއްމެ 2 މަސް ކަނޑާފަ އެ ސޮރު ފިލާފި އެއީ
    ވާ ވަރަކީ.

  40. އަލީ

    ގޮތްދައްކަންއުޅޭނެކަމެއްނެތް. މަސްކަނަޑަން ރަނގަޅަށް ނޭނގޭކަން މީން އެނގެނީ. ތިދެން ދިވެއްސަކަށްވެހުރެ މާ މޮޅުކަމެއްނޫން. ތިއަށްވުރެ ރަނގަޅަށް ގޭގަތިބޭ އަންހެންވެރިންވެސް މަސްކަނޑާނެ.

  41. މަބޫ

    ކަލޭ ވަރަށް މޮޅު..... ވާންޗޯ

  42. ޒާ

    ކަލޯ ކަލެއަށް މަސްވެސް ނުކެނޑޭނެ. ތިކަމުންވެސް ދޭހަވީ ކަލޭގެ ނާގާބިލްކަން.

  43. ކެރީ

    އަސްލުވެސް ނިކަމެތިންނަށް މަލާމަތްކުރަނީ މި ކަލޭގެ

  44. Anonymous

    މޮޔަ ސޮރެއް

  45. ބޮކަރ

    މިރާއްޖޭގައި ޔޫރަޕު ސުޓައިލަށް ބޮޑެތިވާ ބައެއް މީހުންގެ ނަޒަރުގައި، މަސްކެނޑުން ކަޑަ، ރާބޮއި ޒިނޭކުރީމަ ސަޅި؟ ނުވިސްނުނު..

  46. ގޮނޑި

    އަނެއްކާ މަސްކޮޅު ވިއްކާނުލާތި.

  47. އަބްދުއްލާ

    އަލީގެ ފެންވަރަކީ މަސްކެނޑުން ކަމަށްވާނަމަ މަޖިލީހަށް ވަނީ ކީއްކުރަން. އިސްތިއުފާދީފަ މަސްކަނޑައިގެން ދުވާލަކަށް 2833.33 ހޯދަމާ

  48. ޒެޑް

    މީގަ ސަޅިވީސް ޢިއްޒަތްތެރި މިންބަރުކަން ދޫކޮށްލާފަ މިމަސއްކަތުގައި އުޅެންފެށި ނަމަ

    މިހާރުބެލެވޭނީ ކަންދެއްކުމުގެ ޢަމަލަކަށްދޯ؟

  49. ާއދ.

    ރޯނުއެދުރު ތިއުޅެނީ ރައްޔަތުން ހަވާލު ކުރިމަސައްކަިއި ކުރަން ނުކެރިގެން ނުވިތާކަން އެތަނައް ހާޒިރުވާން ވެސް ނުކެރިގެން އެކަމުމުސާރަލުބުނީމާ އޯކޭ

  50. ފާތުން

    މަސް ކަނޑަން ނޭނގޭ ފިރިހެނުން ކުރާ ކޮމެންޓްސް ވަރަށް ރަނގަޅަށް އެބަފެނޭ...ލަދު

  51. ބޫސުފުޔާން

    ޚަލޯކިތަންމެ މަލާމާތެއްމަމެންނައް ކުރިޔަސް ގެންދަވާނީ ނިކަމެތިކުރައްވަންހުރިއްޔާ ނިކަމެތިވެސްކުރައްވާފަ

  52. ޙަމީދު

    ރައްޔިތުން ޔާމީން އާއި ޙަވާލުކުރީ ވައްކަންކުރަން ކަންދައްކަން އޭނާ މަސައްކަތް ނުކުރޭތޯ؟ ވަގުތު ނޫހުން މިމަޢުލޫ އަށް އާތިކަލް އެއް ލިޔެލަދީބަލަ!!