ތުލުސްދޫ ކައިރީގައި އޮތް ޔޮޓެއްއި އަލިފާން ރޯވެ ވަރަށް ބޮޑަށް އެސަފާރީ އަނދައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވީ ތުލުސްދޫ ކައިރީ އޮންނަ ކުޑަވިލިނގިލި ފަޅުތެރޭގައި އަޅާފައި އޮތް ޔޮޓެއްގައެވެ. އެ ޔޮޓަކީ އޮސްޓްރޭލިއާގެ ޔޮޓެއް ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ޔޮޓެއްގައި ރޯވެގެން އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައި ވަނީ ރޭ ފަތިހު 05:42 ހާއިރުއެވެ.

"މި ޔޮޓްގައި ތިބީ ތިން މީހުން. އެމީހުން ވަނީ އެހެން ސަފާރީއަކަށް ނަގާފައި." އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

ޔޮޓްގައި ތިބި ތިން މީހުން ވަނީ ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.