ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރި ކަމުގެ ދައުވާ ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް އުފުލައިފިއެވެ.

މަލްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ގެސްޓްހައުސް އަކުން މަލް އާއި އިތުރު 11 މީހަކު ހައްޔަރު ކުރުމަށް ފަހު ކުޑަކަމުދާ ތަކެތި ދޭން އެންގުމުން ކުޑަކަމުދާ ތަކެތި ނުދިނުމުންނެވެ.

އެމީހުން ހައްޔަރުކުރީ ހުޅުމާލެ ގެސްޓްހައުސްއެއްގައި ބަނގުރާ ބޭނުންކޮށް، ޕާޓީކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ގެސްޓްހައުސް އެއްގައި ބަނގުރާ ބޯންތިބި ކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި އަންހެނެއްގެ މައްޗަށް ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.

މަލްގެ އިތުރުން އެ ރޭ ހައްޔަރު ކުރި ހަ ފިރިހެނެއްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ދައުވާ ވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި އެ މައްސަލާގައި އިތުރު ފިރިހެނެއްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ޑްރަގް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ކުޑަކަމުދާ ތަކެތި ދޭން މަލް އިންކާރު ކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު އެއީ އެއް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނަ ކުށެކެވެ. މިދިޔަ އޮގަސްޓުމަހު އދ. މާމިގިލިން ވެސް މަސްތުވާތަކެއްޗާއެކު މަލް ހައްޔަރު ކުރިއެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާ އުފުލާފައެވެ. އެމައްސަލައިގެ ޝަރީޢަތް ވެސް މިހާރު ވަނީ ފަށާފައެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމަކާއި 100،000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ޖޫރިމަނާއެއް އަންނާނެއެވެ. އަދި ކެނެބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް އަންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޓަކަފިރޯށި

    އެއް ކަމެއް ވެސްނުވާނެ ހަމަ ތެޅި ތެޅި ތިބެންޖެހޭނީ ރައީސް ނަޝީދު ހުންނެވީ މަލްގެ ގެފަހަތުގަ މަލް ދިފާއު ކުރެއްވުމުގައި

    50
    7
  2. ޓަކަފިރޯށި

    އެއް ކަމެއް ވެސްނުވާނެ ހަމަ ތެޅި ތެޅި ތިބެންޖެހޭނީ ރައީސް ނަޝީދު ހުންނެވީ މަލްގެ ގެފަހަތުގަ މަލް ދިފާއު ކުރެއްވުމުގައި...

    28
    4
  3. ޗިންޕޭ

    ކުޑަކަމުދާތަކެތި ދެވެން ނެތިއްޔާ ކީއްކުރާނީ؟

    34
    2
  4. މަލް

    މަލްގެ ކުޑަކަމުދާ ތަކެއްޗަކީ ޖަވާހިރު އެހެންވީމަ ނުދޭނެ އެއްނުން.

    41
    2
  5. މަލްމަލް

    އެމީހެއްގެ އެއްޗެއް އެމީހަކު ދިނިއްޔާ ލިބޭނީ

    31
    5
  6. ގުއިޗުންމެއި

    މަލް ހުޅުމާލެ ހޮސްޕިޓަލައް ދޭބަލަ ޔޫރިން ޓެސްޓް ހަދަން.
    އެތަނުން ބޭސްސިޓީ ލިޔާނެ ފައްކާކޮއް.

    27
    2
    • ހުސޭނުބޭ

      މީހަކަށް ނުދީ އަމިއްލައަށް ބުއިމަށް ދޯ!

      15
  7. ޒިޔާދުއްރަހްމާން

    ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރުމުން ޔަގީންވަނީ މަލް ޕާޓީކުރުމުގައި ބޮއެގެން ހުރިމިންވަރު. ތިޔަދައުވާވެސް ދާނީ ޗޮކުހުން.

    47
  8. އަނެތް ޖަޒީރާ

    ކޭސް ފުލޮޕްވާނީ.

    32
    1
  9. އުޅަކޭ

    އަޖައިބެއްނު ދެވޭނީ ލަވާގަތީމައެއްނުތަ؟

    32
    4
    • ތަކުރުފާނު

      ވަޓް ނޯންސެންސް?

      22
      1
  10. ރއރެއެ

    ހިފާގެން ފިލަންއުޅެނިކޮށް ހައްޔަރުކުރި ސާމަނުގެ ދައުވާ ކޮބާ ޗޮކުން ދިޔައީދޯ ތިހުރިހކަމެއްގެ މުގުލުގާ ހިމާޔަތްދީގެން ހުރީ ސޮރެއް

    13
    1
  11. ސަޓޯ

    މީނަ ނުކުރާ ކަމެކޯ.. ނުކުރާ ކަމެއް ނަމަ ޔޫރިން ދޭންވީނު ހަމަ..

    24
  12. ނިޒާމު

    ޜަނގަޅު ދޭ ކައްނުޖެހޭ ކޮބާ މެމްބަރު އަލީ އާޒިމު ކުޑަކަމުދާ ތަކެތި ނުދޭން ކުރި އިންކާރު ޕޮލިހުންތިޔައުޅެނީ އެހެންކަހަލަ ކަމަކާހެން ހާދަހީވޭ..ވަކިބައެއް އިންކާރު ކުރީމަތަ ދައުވާކުރަނީ ..ލަދުޖުޑަ ޕޮލިހުން އުޅޭ ގައުމެއްމީ ބޯހަލާކު