ރާއްޖެއިން ބޭރުން ގެންނަ ހާފިިޒުން ހާއްސަ ސަމާލުކަމެއް ދީގެން ސްކްރީން ކުރުމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ނިންމުމާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.

އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ، ހަމައެކަނި ހާފިިޒުން ސްކްރީން ކުރުމަށް ނިންމުމުގެ ހިކުމަތަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ. އަދި ރާއްޖެއަށް އެހެނިހެން ކަންކަމުގައި އަންނަ މީހުންގެ ސްކްރީން ޓެސްޓު ނުހަދަނީ ކީއްވެގެންތޯ އާއި ޓެރަރިޒަމްގެ ނުރައްކާ އޮތީ ހަމައެކަނި ހާފިޒުންގެ ފަރާތުންތޯ އޭނާގެ ޓްވީޓުގައި ވަނީ ސުވާލު އުފައްދަވާފައެވެ.

ހާފިޒުންނަކީ މިންގަނޑަށް ފެތޭ ބައެއްތޯ ބެލުމަށް ނިންމާފައި ވަނީ ނެޝަނަލް ޓެރަރިޒަމާއި ގައުމީ ސަލާމަތާއި ބެހޭ ބާރުތަކުން ބޭއްވި ބައްދަލުވުމެއްގައެވެ. މިގޮތުން ގެނެވޭ ހާފިޒުންނަކީ، ކަމަށް އެކަށީގެންވާ، ރާއްޖޭގަ އޮންނަ ދީނީ އެއްބައިވަންތަ ކަމުގެ އުސޫލުތަކަށް ތަބާވާ ރަނގަޅު ބައެއްތޯ ދެނެގަތުމާ ބެހޭގޮތުން އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

އަދި މިކަން ހަރުދަނާ ގޮތެއްގައި ކުރުމަށްޓަކައި ދައުލަތުގެ ކަމާބެގޭ މުއައްސަސާތަކުގެ މައްޗަށް އެކުލެވޭ ސަބް-ކޮމިޓީއެއް ކަނޑައަޅާފައިވާކަމަށް ކަރުންޓާ ޓެރަރިޒަމް ސެންޓަރުން މައުލޫމާތު ދެއެވެ. އެކޮމިޓީގައި ހިމެނޭ މުއައްސަސާ ތަކުގެ ތެރޭގައި؛ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، މިނިސްޓްރީ އޮފް ހޯމް އެފެއާރޒް، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސާރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ ހިމެނެއެވެ.

ކައުންޓަރ ޓެރެރިޒަމް ސެންޓަރުން ވިދާޅުވީ، މިފަހަރު އެކުލަވައިލެވޭ އުސޫލުގައި ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކުރުމާއި ސިޓީ ކައުންސިލް ތަކާ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، ބޭރުން ގެނެވޭ ހާފިޒުން ބެލެހެއްޓޭނެ އުސޫލަކާމެދުގައި މަޝްވަރާކުރެވުނު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޖަޒީރާ ބޯއީ

    މިހާރު މިހިންގަނީ ލާދީނީ އެޖެންޑާއެއް އެހެންވެ އިސްލާމްދީނުގެ އެއްވެސް އަމަލެއް ކުރިއެރުވިޔަ ނުދިނުމަށް ކުރާ މަސައްކަތް.

    63
    2
    • ހަފުސްކުރި 19

      ފުލުހުންނާ ކުރަންޖެހޭ ސުވާލެއް ނޫން ތީކީ. ސަރުކާރުން އެމީހުނާ މަތިކުރާ ކަންކަން އެމީހުން ކުރާނެ. ސަރުކާރުގެ ވެރިއަކީ ކާކުކަން ނޭނގިގެންތަ ތިއުޅެނީ؟ ދެއްކިފަ ހުރި ވާހަކަތަކުން ގައުމުގެ ވެރިކަމުގެ ހާލަތުގެ ވާހަކަ ދައްކަން ނުކެރިގެން އުޅޭނަމަ އަނގަމަޑުން ލައިގެން ހުރެ ބާރަށް އަތްޖަހާ. ހަދަން އުޅުނު އެތި ހެދިފައެއްނު މިއޮތީ. ދެން ބޮނޑިބަތް ކައްކައިގެން ކައި. ލަދުކުޑަޔަސް ބޮޑުވަރު.

  2. ޖާބިރު

    ހާފިޒުން އެކަންޏެށް ނޫން ސްކޭން ކުރަންީކީ. މަޖިލީސް އެންމެން ވެސްކުރަން ޖެހޭ.

    55
    1
  3. ނުކިޔަވާ 2020---

    އިޔާޒު ވެސް ބޭރުން އަންނަ އިރު ސްކްރީީން ކުރަވޭ ގޮތަށް ހަމޖެހިފައި އޮންނާނީ

    28
    7
    • ޑރ. މިލަޓުވިޓަރޭ

      ހެހެހެ އާނ ދޯ! ކަލޭ ބުނާ ނަމާ އެއްފަދަ ސޯލިހު މީހާ އާއި ކަލޭގެ ރަހްމަތްތެރި ސައްތާރު ދަރިކުރެން ތިސުވާލު ކުރީމަ ހިކުމަތަކީ ކޮބައިކަން އެނގޭނީ. ފުލުހުންނަކަށް ނޭނގޭނެ ހިކުމަތެއް. ކަލެއަށްވެސް އެނގޭނު މިކަން.

  4. ށސ

    ތިހާވަރުން މިތަނަށް އަންނާނީ ކޮން ހާފިޒެއްތޯ. ބޭނުމަކީ ނުގެނައުން ކަން އެގޭ!ތިޔައީއޭ ހަރުކަށި ފިކުރަކީ!

    52
    3
  5. Anonymous

    ހަގީގަތުގައި ދިވެހިރާއްޖެއަކީ މައިނޯރިޓީ މުސްލިމް އާބާދީއެއްއޮތް އަދި ސެކިއުލަރއިންގެ ވެރިކަމެއްހިނގާ ގައުމެއްކަން މުޅިދުނިޔެއަށް ދެއްކުން. އިޔާޒްމެން ތިހަދާ މަކަރާ ވާނުވާ ނޭނގޭކަމަށް ހެދިގެން ތިތިބޭވަރު ﷲ މޮޅަށް ދެނެވޮޑިގެންވާނެ. ފަޟީހަތްވާނެ ދުވަހެއް ﷲ ތަޢާލާ މިންވަރުކުރައްވާނެ. އިންޝާﷲ

    22
  6. 19 ނަވާރަ

    އެއީ އެޖެންޑަ 19 ގެ ދަށުން ކުރިއަށްދާ ކަމެއް. އެއީ ގައުމަށް ބެނުން ބއެއްނޫންކަމަށް ނިންމަނީ. ހުރި ހިތާމައެއްގެ ބޮޑުކަމާއެ

    46
    4
  7. ހިތާމަ

    މިރާއްޖޭގެ ހާފިޒުންނަށްވުރެ ބޭރުން ގެންނަ ހާފިޒުންގެ ފެންވަރު ރަނގަޅުވާނެތީ ވާގޮތެއް. ދިވެހި ހާފިޒަކުލައްވާ ނަމާދެއް ކުރުވިޔަސް ދޭންޖެހޭ ރެޔަކަށް ދެހާސް ރުފިޔާ. ބޭރު ހާފިޒަކަށްވިއްޔާ ޓިކެޓާ ހުރުމާއެކު 15ހާސް ރުފިޔާ ގިނަވެގެން. މީ މިވާގޮތަކީ. ގެންނަމީހުން ހިލޭ ކެއުމާ ތިބުން ކޮންމެވެސް މީހެއްގެ އެހީގައި ހަމަޖައްސާ. ދެން ކޮންމެވެސް އެއްޗެކޭ ކިޔައިގެން މިރާއްޖޭގެ ހާފިޒުންގެ އުނދަގޫކުރުން އެއްކަމަކީ. މިމީހުންގެ ގަމާރުކަމުން ނޭނގެނީކަންނޭނގެ. މިގެންނަ ހާފިޒުންނަކީ ދަރުސްދޭ ބައެއްނޫންކަން. ރީތިކޮށް ކިޔަވާތީ މިރާއްޖޭގެ ހާފިޒުން ހަސަދަވެރިވުން ދެވަނަ ކަމަކީ. ތިންވަނަ ކަމަކީ، ލާދީނީ މީހުންގެ ނޮހޮރުއްޕާން. ރަނގަޅު ގޮތުގައި ރޯދަމަހު އަޅުކަމެއް ކޮށްފާނެތީ ލާދީނީ މީހުން އިސްލާމުންނަށް ޖެއްސުންކުރުން

    16
    1
  8. ހޭއަރާ

    އަދިވެސް ތިހެންކިޔަންތިބެ މިހާރުއެއުޅެނީބަޔަކު ރުއްސަންވެގެން މިތަނުން ދީނީދަރުސް ދިިނުމާ ވައުޒުބުނުންހުއްްޓުވަންވެގެން ކުރުގޮތަކައްބުނަންޏާ ދީނީކަންތައްހުއްޓުވާ ލާދީނީކަންތައް ފަތުރަންވެގެން ވިސްނާތި

    19
    1
  9. ޑިރަސާވެރިޔާ

    މިގައުމަށް އަންނަ ވަޒީފާތަކަށް އަންނަ ޢައިރު މުސްލިމުން އެހެންދީންތައް މިގައުމުގައި ފަތުރަފާނެކަމުގެ ބިރު އޮތުމުން އެމީހުން ސްކްރީން ކުރަން ފެނޭ

    21
    1
    • ބުއްދިވެރިޔާ

      ޢައިރު މުސްލިމުން އައިއްޔާ ކޮން ބިރެއް؟

  10. ރާއޯ

    ބީތާވެފަތޯ ކަލޭ ތިހުންނެވީ؟

    2
    5
  11. އަލިފު!

    ތަރާވީޙްނަމާދުކުރުމަށް ބޭރުން ރާއްޖެ ގެންނަ ޙާފިޒުން ސްކްރީން ކުރަން ދައުލަތުން ނިންމިއިރު، ސްކޫލުތަކަށް ބޭރުންގެންނަ ޓީޗަރުން ސްކްރީންކޮށް އަހަރުފެށި ނިމެންދެން އެސްކްރީންކުރުން ދަމަހައްޓަންޖެހެއެވެ. ސަބަބަކީ ސްކޫލުތަކުގައި ކްރިސްޓިއަން ދީންކިޔަވައިދެނީ ބޭރުންގެންނަ ޓީޗަރުންނެވެ. ރާއްޖެއަށް މިއަހަރު ޓީޗަރުން ގެނައުން އިންޑިޔާގެ ކުންފުންޏަކާ ޙަވާލުކޮށްފައި، ހަމައެކަނި ރަމަޟާންމަހުގައި ތަރާވީޙްނަމާދުކުރަން ގެންނަ ޙާފިޒުން ސްކްރީން ކުރަންނިންމުމުން އަދުގެ ސަރުކާރުގެ މަޤްޞަދު ވަރަށް ސާފުސާފުކޮށް އެބަހާމަވެއެވެ. މިހުރިހައިކަމެއްގެ ނަތީޖާ މިހައި ސާފުކޮށް ހާމަ މިވަނީ އިސްލާމްދީނަށް ފުރައްސާރަކުރި ޖަމުޢިއްޔާާގެ މުޑުދާރު މެމްބަރުން ދިފާޢުކުރުމަށް ސަރުކާރާ ސަރުކާރު ހިންގާ ޕާޓީން އަވަދިނެތިކުރި މަސައްކަތްތައް ފެނުމުންނެވެ.

    8
    1
  12. ހަމަހަމަ

    ކައުންޓާރ ލާދީނީ ސެންޓަރެއްވެސް އޮންނަންވާނެ!

  13. ޖޖޖ

    ކަލޭ ބުން ވާހަކައެއް. ފިތުނަ ފަސާދަ ނުއުފައްދާ މަޑުން ހުރޭ
    ކަލެއަކަށް ނޭނގޭނެ ސަާމަތީ ބާރުތަކުން ކުރަންޖެހޭ ކަމެއް

    1
    6
  14. ސަލާމަތީ ބާރުތައް އިޔާޒް އައް

    މިޔައު...........މިޔައު...........މިއައު

    3
    1
  15. އިލްމީހިލްމީ

    ޢިޔާޒް ފަދަ ހިކުމަތްތެރި އިލްމު ވެރި ބޭކަލަކަށް ނުވިސްނޭތީ ހިތާމަ ކުރަން. އިސްލާމީ ރާއްޖޭގައި އިސްލާމްދީނާ ދެކޮޅަށް އަނދިރި ބާރުތަކުން ކުރަމުންދާ ރޭވުންތެރި މަސައްކަތުގެ ހުލާސާ 2018 ޑިސެމްބަރުން މިއަދާ ހަމައަށް ބަލާލީމާ، ކުރިއަށް އޮތް ދެތިން އަހަރު ނިމޭއިރު އިޔާޒްމެން ވާނީ މޯސްޓް ވޯންޓަޑް ބޭފުޅުންނަށް. ދޮން މީހުންގެ މާސްޓަރޕްލޭން ތަންފީޒްކުރެވެމުންދާތަން ނުފެނޭތޯ؟

    5
    1
  16. މުހައްމަދު

    ނޫން ކޮންމެ މީހަކުވެސް ޖެހޭނެ އެ މީހާދެނެގަނެ ރަގަޅަށް ސް ކޭން ކުރަން