ގޭންގް މާރާމާރީއަކާއި އެކު އިންޑިޔާގެ ނިއު ދިއްލީގައި ހުންނަ ކޮލެއްޖެއްގެ ކުދިންތަކަކަށާއި ޓީޗަރުންތަކަކަށް އެކި ވަރުގެ އަނިޔާތައް ލިބި ޒަހަމްވެއްޖެއެވެ.

ނިއު ދިއްލީގެ ޖަވާހަރުލާލް ޔުނިވަސިޓީގައި ހިނގާ ދިޔަ މި މާރާމާރީގައި 30 އަށް ވުރެ ގިނަ ޓީޗަރުންނަށާއި ކުދިންނަށް އަނިޔާވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޔުނިވަސިޓީގެ ޕްރެސިޑެންޓް އައިޝް ގޯޝް އަށާއި ބައެއް އެހެން އިސްވެރިންނަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.

އަނިޔާ ލިބުނު ދަރިވަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މި ކަން ހިނގާ ދިޔައީ ޓީޗަރުންގެ ޖަމިއްޔާއިން ކުދިން ދިރިއުޅޭ ހޯސްޓެލްގެ ކުލި ބޮޑުކުރަން ވާހަކަ ދެކެވި އެކަން އިއުލާނު ކުރުމާއި ގުޅިގެން ކަމަށެވެ.

"މި ޔުނިވަސިޓީ މިއީ ބިރުވެރި ތަނެއް. ނަފްސާނީ ގޮތުން އެކި ވަރުގެ ގެއްލުންތައް ކުދިން ދަނީ ތަހައްމަލް ކުރަމުން. މާސްކް އަޅައިގެން ތިބި ބައެއް އައިގޮތަށް އައިސް އަހަރެމެން ގައިގަ ތަޅައިގަތީ. އެއްވެސް އެއްޗެއް ބުނުމެއް ނެތި. ދެން ފެށީ އަހަރެމެން ފަހަތުން ދުވަން." ނަން ހާމަ ނުކުރުމަށް އެދި އަނިޔާ ލިބިފައިވާ ކުއްޖެއް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އިންޑިޔާގެ ލޯކަލް މީޑިޔާތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން އަނިޔާ ލިބިފައިވަނީ މެޑިކަލް ސައިންސް ކިޔަވަމުން ދާ ކުދިންނަށެެވެ. މި ކުދިން ގައިގެ އެކި ތަންތަން ނޫފައިގަނެ، އިތުރު އަނިޔާތައް ލިބިފައި ވާތީ ފަރުވާ ދިނުމުގެ ގޮތުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި މާރާމާރީ ހިނގި އިރު ފުލުހުން ތިބީ ބަލަން ކަމަށް ޔުނިވަސިޓީގެ ދަރިވަރުން ބުނެއެވެ. އެތަނުގެ ހަމަޖެހުން ނަގައިލި އިރުވެސް ފުލުހުން އެކަން ހުއްޓުވަން މަސައްކަތް ކޮށްފައި ނުވާކަމަށާއި ނަމަވެސް ކޮލެޖުގެ އެޑްމިނިސްޓްރޭޓިވް އޮފީހުން ގުޅުމުން ފުލުހުން ވަނީ ކުޑަ އިރުކޮޅެއް ތެރޭގައި މާރާމާރީ ހުއްޓުވާފައެވެ.

މީސް މީޑިޔާގައި އާންމު ވެފައިވާ ވީޑިޔޯއަކުން ފެންނަ ގޮތުގައި މާސްކްއަޅައިގެން ދަނޑިބުރިތަކެއް ހިފައިގެން ތިބިބައެއް ކޮލެޖް ކުދިން ފަހާ ދުވާ މަންޒަރު ފެނެއެވެ. ދަރިވަރުން ހަޅޭ ލަވާ އަޑާއި ރޯ އަޑު ވެސް ވީޑިއޯ އިން އިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ދެރަ ކަމެއް

    16
  2. ބޮކުބާޑު

    އިންކުރެޑިބަލް އިންޑިއާ. ފުލުހުން ތިބީ ބަޔަކަށް އަނިޔާކޮށް ހަދާއިރު ކުޅިބަލާށޯ؟

    10
  3. ހަމަހަމަ

    ޢިންޑިޔާގަ ތި ކަމެއް ތިހިނގީ މިފަހަރު. މީގެ ދުވަސް ކޮޅެއް ކުރިން ރިސޯޓެއްގަ އިންޑިޔާމީހެއް ދިވެއްސެއް ގައިގާ ތެޅީ. ޢަދިވެސް ހޭއަރާ ކަށް ނުވޭތަ ؟ މާ ލޯބިން ގާތް ގުޅުމެއް ބާއްވަން ތި އުޅެނީ އެއީ މުސްލިމުން ދިވެހިން ދެ ކެ ލޯބި ނުވާ ނަފުރަތު ކުރާ ބައެއް ކަން ؟ ސަރަހައްދުގަ ނުފޫޒާއި ޖައްބާރުކަން ދައް ކަންއުޅޭ ހައްދުފަހަނައެޅި ބައެއް ކަން ؟ ނޫނީ ދިވެހިންނަށްވެސް ރޭ ކާލާނީ އެމެރި ކާ އިރާގަށް ހެދިހެން ގައުމަށް އަރާ ބޮން އެޅީމަތަ ؟ ކިތަށް ފަހަރަ ސީދާ އަދި ނުސީދާ ކޮށް ރާއްޖޭގަ އެމީހުންގެ އަސް ކަރީ ބާރުވެސް ގަދަ ކުރަން ވާހަ ކަދެއް ކީ ؟!