ހުޅުމާލޭ ހޮސްޕިޓަލް ހިންގުމަށް "މާލޭ ހޮސްޕިޓަލް ގަވަނިންގް ބޯޑް" އާއި ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ހަވާލުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މިއަދު ހުޅުމާލޭ ހޮސްޕިޓަލުން ނެރެފައިވާ ނޫސް ބާޔާނެއްގައި ވަނީ 1 ޖެނުއަރީ 2020 އިން ފެށިގެން ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުން ގެންދާނީ މާލޭ ހޮސްޕިޓަލް ގަވާރނިންގް ބޯޑުގެ ދަށުން ކަމަށެވެ.

ކުރިން ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުން ގެންދިޔައީ އާސަންދަ ކުންފުނީގެ ދަށުންނެވެ. އާސަންދަ ކުންފުންޏާއި ހޮސްޕިޓަލް ހަވާލުކުރެވުނީ 2016 ވަނަ އަހަރު އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ރައީސް އަންގަވައިގެން އެ ހޮސްޕިޓަލް ހިންގުން މިދިޔަ ޑިސެމްބަރު މަހުގެ 26 އިން ފެށިގެން އާސަންދަ ކުންފުނިން ވަނީ ހުއްޓާލައިފައެވެ.

ހުޅުމާލޭ ހޮސްޕިޓަލް އާ ގަވާނިން ބޯޑެއްގެ ދަށަށްް ބަދަލުކުރި ނަމަވެސް ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތައް ކުރިއެކޭވެސް އެއްގޮތަށް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށްވެސް އެ ހޮސްޕިޓަލްއިން ބުންޏެވެ. އަދި އާސަންދަ ކުންފުނިން އެ ހޮސްޕިޓަލް ހިންގުން ހުއްޓާލިޔަސް ކުރިއެކޭ ވެސް އެއްގޮތަށް އާސަންދަައިގެ ހިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލްއިން ނެރެފައިވާ ނޫސްބަޔާނުގައި ފާހަގަކޮށްލައިފައިވެއެވެ.

ހޮޮސްޕިޓަލް ހިންގުމަށް ރައީސް އެކުލަވާލާފައިވާ ބޯޑަށް މެންބަރުން އައްޔަން ކުރިކަމެއް ނުވަތަ ނޫން ކަމެއް މިހާތަނަކަށް އެގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު