ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރެ އަދި އޭގެ ފަހުން ކަންތައްތަކެއް ކޮށް ހަތަރު ފަހަރެއްގެ މަތިން ރައްޔިތުން މަގުމައްޗަށް ނެރެން ސުޕްރީމް ކޯޓުން މަސައްކަތް ކުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ މިހާރު ޕީޕީއެމްގެ "ރުމާލު-2" ޖަގަހައިގައި ކުރިއަށްދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ފުރަތަމަ ރައްޔިތުން މަގުމައްޗަށް ނެރެން އުޅުނީ ސުޕްރީމް ކޯޓުން އަމުރު ނެރެގެން ކަމަށާއި އެއަށް ފަހު ދެން ވަގުތު ހޯއްދަވައިގެން ރައީސް މަގާމުން ދުރުކުރަން އުޅުނީ ވެސް ރައްޔިތުން މަގުމައްޗަށް ނެރެން ކަމަށެވެ.

"ރައީސް މަގާމުން ދުރުކުމުގެ މައްސަލަ ކާމިޔާބު ނުވުމުން ތިން ވަނަ ކަމަކަށް ކުރައްވަން އުޅުނު ކަމަކީ ބަންޑާރަނައިބު މަގާމުން ދުރުކުރުން. ހަތަރު ވަނަ ކަމަކަށް ކުރައްވަން އުޅުނު ކަމަކީ މަގާމުން ދުރުކުރި ކޮމިޝަނަރ އޮފް ޕޮލިސް އަލުން މަގާމަށް ގެންނަން މަސައްކަތް ކުރުން. މިހުރިހާ ކަމެއް ވެސް ކުރީ ރައްޔިތުން މަގުމައްޗަށް ނެރެން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެދުވަހު ރައްޔިތުން މަގުމައްޗަށް ނެރުނު ނަމަ އެމަނިކުފާނު ސަޕޯޓަރުން ވެސް މަގުމައްޗަށް ނިކުމެ ލޭއޮހޮރުވުމެއް ވެސް ހިނގުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް އެކަން އެގޮތައް ހިނގައިގެން ނުދިޔައީ ސިފައިންނާއި ފުލުހުންގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ނިޒާމްގެ މައްސަލައެއް ނޫން. މިއީ އަޙްލާާޤީ މައްސަލައެއް. ކަންކަމާއި ހަވާލުވެގެން ތިބޭ ފަރާތްތަކުގެ މައްސަލައެއް މިއީ." ރައީސް ވިދާޅުވިއެވެ.

މަގުމަތިން ސަރުކާރު ވައްޓާލުމަށް މީހުން އެއްކޮށް އެކަމަށް ގޮވާލުމަކީ ވަތަނަށް ހަރާމްކޯރުވުންކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ހ އަދި ނ އެކަނި ކިޔާލުމުންވެސް އެންމެ ބޮޑު އެންމެ މުހިއްމު ބާރެއް ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަން އެނގޭ ކަމަށާއި އަދި ކަމެއް ދަމެއް ބޮޑުވެ މައްސަލައެއް ހައްލު ނުކުރެވޭ ނަމަ އެކަން ހައްލުކުރުމުގެ އެންމެ މުހިއްމު މަސްއޫލިއްޔަތެއް ޤާނޫނު އަސާސީން މަތިކޮށްފައިވަނީވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލްޖިބުރީލު

    ކަލޭ ސަރުކާރު ވައްޓަންވީމަ މަގުމައްޗަށް ނުކުތަސް އެއީ ހަރާން ކޮރު ވުމެއްނޫންދޯ؟

  2. ބުއްޅަބޭ

    ނަޝީދަށްވެސް، ލޯޔަރުންނަށްވެސް އެނގޭ ތިކަން! އެކަމަކު އެމީހަކު ބޭނުންގޮތަކަށް ކޮށާމަށާ ގާނޫނެއްގެ އަސްލު މަގުސަދެއްމިހާރުނެތް! ތިވިދާޅުވީ ރަނގަޅަށް. މިއީ ބޮޑު އަޚްލާގީ މައްސަލަޔެއް! ގައުމީ މައްސަލައެއް! 30 އަހަރުން ރަނގަޅުނުކުރެވި ނުވަތަ ނުކޮށް ހުރި (ގަސްތުގައި) ހުރި ބޮޑުވެގެންވީ އަޚްލާގީ ގައުމީ މައްސަލައެއް! މިމައްސަލަ މިހާރު ހައްމުށިން ރަނގަޅުކުރަން އުނދަގޫވާނެ! 30 އަހަރުތެރޭ ހަންމުށިން ރަނގަޅުކުރެވެންއޮތެމެ، ރަނގަޅުނުކޮށް އޮތްމައްސަލައެއް!

  3. Anonymous

    މިގައުމުގެ ދަރިން މިތިބީ ހަލާކުވެފަ. ލޯބިވަނީ 2 އެއްޗެއްދެކެ. ފައިސާއާ ފަސާދަ.

  4. Anonymous

    ކުރިއަށް އޮތް ޖީލުތަކަށް މިގައުމު އަމާނާތެއްގެ ގޮތުގައި ގެންގޮސް ދެވޭނީ. ތައުލީމީ ނިޒާމު ހަރުދަނާކޮށް ދީނާ ވަތަނުގެ ލޯބި ޅަސިކުނޑިތަކުގައި ހަރުލައްވައިގެން. ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުން އަބަދުވެސް ވަނީ ވަތަނަށް ގެއްލުން ދިނުމުގައި އަރާތިބޭ ބަޔަކަށް. މިއީ މެދު އިރުމަތި ހަލާކުވެ ދިއުމުގެ އަސްލަކީވެސް

  5. Anonymous

    ސކ ގެ މިހާރު ބަންދުގައި ތިތިބި ދެމީހުން ގާނޫންތަށް އެމީހުން ބޭނުން ގޮތެއް ހަދާ ކޯޓުތަށް އެއީ އެމީހުންގެ ދަށުން ހިނގާ ތަންތަނަށް ހަދާ. މުޅި ދާއިރާގެ މުވައްޒަފުން އެމީހުން ކޮންޓްރޯލް ކޮށް. ދަެުލަތުގެ މުއައްސަސާތަށް އުފައްދާ ހެދި އިރު މަޖްލީހުން މިކަންކަން ނުހުއްޓުވި. އެމީހުން އަމިއްލައަށް އެމީހުނަށް އިއްޒަތް ކަނޑައަޅަ އެއީވެސް ރައްތިތުންގެ މައްޗަށް މަޖުބޫރު ކުރުވާ. އެތަނުން ވަކިވާ ފަނޑިޔާރުންނަށް ދޭ އިނާޔަތަކީވެސް އެމީހުން އަމިއްލައަށް ކަނޑައަޅާ ކަންތައްތަކަށް އޮތީވެފަ. މިކަންކަމަށް ބެލުމުން އެނގޭ 2008 އިން ފެށިގެން މިހާތަނަށް އުއްތަމަ ފަނޑިޔާރު ދިޔައީ ދައުލަތުގެ 3 ބާރު ހިތު ހުރި ގޮތަކަށް ބޭނުން ކުރަމުންކަން. ނުހުއްޓުވީމަ ހައްދުން ނައްޓާ ވަލިއްޔުލް އަމުރުގެ މައްޗަށްވެސް އަމުރު ނެރެން އެއުޅުނީ. މީހަކު ކިތަންމެ ކުޑަ ކުށެއް ނުވަތަ ގއ. ނުވަތަ ގާނޫނަކާ ހިލާފުވީމަ އެކަން ނުހުއްޓވެއްޖެނަމަ ދެންދާނީ ގާނޫނުތައް މުގުރާ ކުށަށް އަރައިގަންނަމުން.

  6. ރަންގުކާސިމާ

    އޮޕޮސިޝަން ގަ ގިނައިން މިއުޅެނީ އެތީސްޓުން ކިހިނެއް ވެރިކަން ހަވާލުކުރެވޭނީ.ދުނިޔޭގެ އޮޕޮސިޝަންގަ އެތީސްޓުން އުޅޭކަމެއް އަޅުގަނޑަކަށް ނެތް އެނގިފަ.

  7. Anonymous

    މި އަމުރުގެ މައްސަލަ އަކީ. ޓެރަރިޒަގެ ދައުވާ ސާބުތުވެ 3 މަރުހަލާ ނިމިފަ ތިބި މީހުން ދޫކޮށްލާ އަލުން އެދައުވާ ކުރުމަށް ބުނުން. ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން އަދި ދުނިޔޭގެ އެއްވެސް ގައުމެއްގެ ގާނޫނަކުން މީހެއްގެ މަށްޗަށް އެއްކުށަކަށް 2 ފަހަރު ދައުވާ ކުރެވޭނެ ގޮތެއް ނޯންނާނެ. އެއީ ހުރިހާ ގޮތަކުންވެސް އަނިޔާވެރިވުން. ކިތަންމެ ކުޑަ ކުށެއް ކުރެވޭ މީހާ ކިތަންމެ ފަހަރަކު ސަލާމަތް ވިއަސް މުޅިއުމުރުގަ އެމީހާގެ މައްޗަށް އެކުށަށް ދައުވާކުރެވޭނެ ކަމަށް ގައުމުގެ އެންމެ މަތީ ކޯޓުން ކަނޑަ އެޅުމަށްވުރެ ބޮޑު އަނިޔާ ވެރިކަމެއް ރައްޔިތުންތަކެއްގެ މައްޗަށް ނޯންނާނެ. ގައުމުގެ ވެރިމީހާރައްޔިތުން މިސަލާމަތް ކޮށްދިނީ ކޮންފަދަ ބިރުވެރި ނުރައްކާތެރި ކަމަކުން. ކޯޓުތަކުގެ ނިންމުމަކީ ފަހުން ކުރާ ޝަރީއަތް ތަކުގައި ބަލައިގަންނަންޖހޭނެ ކަންތައްތައް. މިވަރުވެސް ދިވެހިންގެ ގިނަ މީހުން ނުދަނޭ.

  8. އަލިމާ

    ސާބަހޭ ރައީސް ޔާމީން

  9. ޢިންސާފު

    ވިސްނުމުގަ އަބަދުވެސް އިންނަނީ ލޭ އޮހޮރުވުންތޯ

  10. Anonymous

    މިއީ ބެސްޓް ރައީސް އެއް. 2018 މަނިކުފާނަށް ކާމިޔާބު ކޮށްދެއްވާށި. އާމީން.

  11. ޑާޑާޑާޑާ

    ނަޝީދަކީ "ސަހަރައްދީ މުސީބާތަކަށް" ވެއްޖެ ނަމަ އޭނާއަކީ ބޮޑު ކުށްވެރިއަކަށްވާތީވެ އޭނާގެ ޚަބަރު ތައް ރަޖިސްޓަރޑް މީޑިއާ ތަކުން ގެނެސް ދީގެން ނުވާނެ ކަމަށް ކުއްލި ނުރައްކަލުގެ ހާލަތު މީޑިއާ ތަކަށް ނެރެންވީއޭ ކުށްވެރިންނާއި ބެހޭ ޚަބަރު ނުގެނެސްދޭން އެއިރުން ހުންނާނީ ރަނގަޅަށޭ އައި ކާންޓް ޓޭކް ދިސް ގަންޖާބޯ ދަ ބަތާހަރާމީ ދަ ހަރާމްކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  12. ނަރީމާ / ކެޔޮދޫ

    4 ވަނަކަމެއް ރައީސް ހަނދުމަފުޅުނެތްތޯ؟ އުއްތަމަފަނޑިޔާރު "އަޅުގަނޑު ޙިމާޔަތްކޮށްދީ " ގޮވައިލި ގޮވައިލުން އެއީ! އެއީ އުއްތަމަފަނޑިޔާރު އިސްވެ ރީނދޫމީހުންނަށް ގޮވައިލި ގޮވައިލުމެއް! މަޤުޞަދަކީ އެމީހުން ނުކުތުމުން އެމީހުނާދެކޮޅަށް ސަރުކާރުގެ ސަޕޯޓަރުން ނެރެ ހަލަބޮލިކުރުވުން!