ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ 03 ވަނަ ދުވަހު ބާއްވަން ނިންމުމުން އެދުވަހު ސަރުކާރު ބަންދު ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސް ޞާލިހް ރިޔާސީ ބަޔާން އިއްވަވާނެ ކަމަށާއި، އެހެންކަމުން އެދުވަހަކީ އާދައިގެ މަތިން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް އެ އަހަރެއްގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާފައި ފަށަން ޖެހެ އެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި، އަދި ޤައުމުގެ ހާލަތުގެ އިތުރަށް ރަނގަޅުކުރުމަށް ޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވައިދެއްވަން ޖެހިވަޑައިގަންނަވައެވެ.

ފެބްރުއަރީ މަހު ބާއްވާ ޖަލްސާގައި ރައީސް ޞާލިހް އިއްވަވާނީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނެވެ. ނަމަވެސް މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސް އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ. މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަލީ އަޙުމަދު

    ކޮންމެވެސް ދޮގުތަކެއް ހަދައި ހޮޅި ވާހަކަތަޖެއް ދައްކާނެ. ކައުންސިލް އިންތިޚާބަށް ރައްޔިތުންގެ ބޯކެވޭތޯ ބަލާނެ.

    11
  2. ޢަލީ

    ދެން 2 ވެސް ބަންދުކޮށްލިނަމަ

  3. ޢެދު

    ދެން އާދިއްތަވެސް ބަންދުކޮށްލިނަމަ.

  4. އާދިއްތަ

    ދެން ޕްލީސް އާދިއްތަ ވެސް އޭރުން ދިގު ޗުއްޓީ އެއް ދޯ

  5. އައިސްތު

    ކޮން ތިން ސަރުކާރެއް؟

  6. ޢަލިބެ

    ތީއާކެމެއްނޫން. ކުރިންވެސް މަޖިލިސް ހުޅުވާދުވަސް ބަންދު ދުވަހެއްގެ ގޮތުގަ ހަދަމުން ގެންދިޔަ