ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޚަބަރުތައް މިނިވަންކަމާއެކު ހާމަކުރުމަށް ނޫސްވެރިނަަށް ހުރަސް އަޅައި އިންތިހާބުގެ ހަބަރު ގެނެސްދޭ މަގު އިލެކްޝަންސް ކޮމިޝަނުން ބަންދުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ އިންތިޚާބު ކަވަރުކުރުމުގެ މަސައްކަތް ކުރެވޭނީ މީޑިއާތަކުގައި މަސައްކަތްކުރާ ދާއިމީ ނޫސްވެރިންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ބައްދަލުވުމެއްގައި ބުނެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ސަމީރު ވިދާޅުވީ މީގެ ކުރިން މީޑިއާތަކުން ކަވަރުކުރަމުން އައިސްފައިވަނީ ކޮންޓްރެކްޓް އުޞޫލުން ނޫސްވެރިން ބައިތިއްބައިގެން ކަމަށެވެ.

ސަމީރު ވިދާޅުވީ ކުއްލިއަކަށް އުޞޫލަށް ބަދަލުގެނެސް ނޫސްވެރިންނަށް ހުރަސް އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެއީ ޚަބަރުތައް ހޯދައި ގެނެސްދިނުމަށް ހުރަސްއަޅަން ކުރާ ކަމެއް ކަމަށެވެ.

"މީހުން ދިރިއުޅޭ އެތަށް ރަށެއް އޮވެފައި ބައެއް ރަށްރަށުގައި އެއް ފޮށްޓަށްވުރެ ގިނަ ވޯޓުފޮށި ބަހައްޓައިގެން ވޯޓުލާއިރު ކޮންމެ ވޯޓު ފޮށްޓެއގައި ކައިރީގައި ހުންނާނެ ދާއިމީ ނޫސްވެރިއަކު ނުލިބޭނެ" ސަމީރު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިބި މެންބަރުން ތިބެގެން ރާއްޖޭގައި މިނިވަން އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ވިދާޅުވެ ސަމީރު ވަނީ ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ އިލެކްޝަންސް ކޮމިޝަނަށް މިނިވަން މެންބަރުން އައްޔަނުކޮށް ކޮމިޝަން މިނިވަންކުރުން ކަމަށް ވިދާޅުވެވެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތައް ހިންގުމަށް 2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ފައިސާ ޕާޓީތަކަށް ނުދީ އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓާފައިވާކަމަށް ބުނެ އެކަމާއި އިދިކޮޅުފަރާތް ތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހައްމާދު

    ސަމީރު މިހިރަ މޮޔަޔާ

  2. ީމަރީ

    ފިތުނަ ފަސާދަ އުފެއްދުން ނޫން ކަމެއް ނެތް.ގޮތް ހުސްވެގެން އުޅޭ ބައިގަންޑު.

  3. އުސްމާން

    ދޮގުވާހަކަ ފތުރަންޏާ އެވާހަކަ ދެއްކި ބައެއްގެ މައްޗަށް ކޭސްކުރޭ.

  4. އަލިފުޅު

    މިފަދަ ދޮގުހަދާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ނުގެންދާތީ ފާޅުކަން ބޮޑުގޮތެއްގަ މިތިބަގެން ދޮގުހަދަނީ. މިއީ ފިތުނަ ފަސާދަ އުފެއްދުން

  5. ދޮންބެ

    ދިއްދޫ ސަމީރު ދެން ރާވާފަ އޮތީ ކޮންކަމެއްބާ

  6. ޢަފްލާ

    ސަމީރު އަކީ ދުނިޔެ މަތީގަ ގޮތްހުސްވެގެން ތެޅޭ ސުނފާއެއް

  7. ހައްމަ

    ކަލޭމެން ރޭވި ހުރިހާ ކަމެއް އަތައް ގޮވާފައެއްނު ތިތިބީ...... އެމީހުން ރާވާކަންކަން ކުނޫޒުގަ ތިބޭ ބަޔަކައް ކިހިނެއް އިންގޭނީ.....ގާސިމް ބިރުދައްކާ ތީ މީނާ ކޮންމެދުވަހެއްގެ ހެޑިންނައް މި އަރަނީ...

  8. އަބްދުއްލާ

    ކުރިން ވާންހުންނަ ކަންކަން އެހެން މީހުންދުލަށް ނާންނަނީސް މިކަލޭގެ އަށްއެގެ މިވަރުގެ ފަސާދަ ބޮޑު މީހަކު މަދުވާނެ

  9. ރެޓޭ

    ސަމީރު ކަލޭ ތިހިރީ އުމުރުން 60 އަށްވުރެ މަތީގައި މިހާރު! ކަލޭ ﷲ އަށް ބިރުވެތިވެ، ޙަޤީޤަތް ނޭނގޭ ވާހަކަތައް ދެއްކުން ހުއްޓާލާ، ތައުބާވާން އަވަސްވެގަނޭ!!!

  10. ބާދަލާ އާދަނު

    މާދަމާ ބުރުމާޤާސިމު ކަލޭ ފަހާލިޔަސް ޖެހޭނީ ހޮރުކޮނެ ކައިގެންއުޅެން!

  11. އަހްމަދު

    ސިޔާސީ ޕާޓީތަކަކީ، މިހާރު މިގައުމަށް ޖެހިފައޮތް މުސީބާތެއް. އަނބިމީޙާއާ ފިރިމީހާ ވަރިވާންޖެހޭ ފަދަ ބިރުވެރި ކަމެއް. ގައުމުގެ ރައްޔިތުންގެ އަހްލާގު ނެތި ހިނގައްޖެ. އެކަކު އަނެކަކަށް އިހްތިރާމް ކުރުން ނެތި ހިނގައްޖެ. ދޮގު ހެދުމާ މީހުންގެ އަބުރު ކަތިލުން އިންތިހާއަށް ހިނގައްޖެ. ޑިކޮމްރަސީއަކީ، މުސްލިމުން ބައިބައިކުރުމަށް ހުޅަނގުން ގެނެސްގެން އުޅޭ ޝައިޠާނީ ފިކުރެއް. ހުޅަގުންވެސް ގަބޫލުނުކުރާ ފިކުރެއް. މުސްލުމުންގެ ކަރަށްވައްޓާލާފައިވާ މަޅިއެއް. މީގެ ސަބަބުން ދުނިޔެއާ އާޚިރަތް ގެއްލި ހަލާކުވެގެންދާނީ.

  12. އަހްމަދު

    އެމީހަކު ކުރިއަމަލަކާ ދެއްކިވާހަކައަކަށް އެމީހަކު ހެކިދައްކަންޖެހޭ ދުވަހަކީ، ގިޔާމަތް ދުވަސް. އެދުވަސް އަންނާނެ. އެކަން ހަނދާން ނެތިފަ ތިބި މީހުން ހަނދާން ކުރޭ. ﷲ އަށް ބިރުވެތިވޭ. ވިއްސާރަ މޫސުމުގައި ގުގުރިޖަހާ ހޮނުއަޅާ އެއީ ދުނިޔެމަތީގައި ﷲ ގެ ކޯފާގެ ގަދަކަން އެނގިގެންދާ ހެތްކެއް. އެއަލިފާނުގެ ކަންޏަކުން ޖެހުނަށް އެތަނެއް ތޮރުފާލާފަ އެތެރެއަށްވަދޭ. ވިސްނާ ފިކުރުކޮށް ތިމާވެސް މަރުވާނެކަން ހަނދާންކުރޭ. ޒަބާނިއްޔަ މަލާއިކަތުން ސުވާލު ކުރައްވާނެކަން ހަނދާންކުރޭ. ތިމާގެ ދުލަކީ ކަށިނެތް އެއްޗަކަށް ވިޔަސް އެދޫ ބޭނުން ކުރަންވާނީ، ހެޔޮ ބަސްތަށް ކިޔުމަށް. ދޮގުހަދާ ރައްޔިތުންގެ މެދުގައި ފަސާދަ އުފެއްދުމަކަށްނޫން.

  13. މިގޭ

    ގޮވަނީ ހުސް ގޯސް

  14. ޙަފްޞާ / މާލެ

    ޤާސިމުގެއަތުން މީނަޔަށް ލިބޭ ބައިވަރު ލިބުންހުއްޓެން ދެންއޮތީ މަދު ދުވަސްކޮޅެއް! ބަލަންތިބޭތި!!

  15. ބާބަ

    ސަމީރު ކަލޭތީ ހާދަ މުނާފިގު މީހެކޭ ދޯ ކަޑައެޅިގެން ބޮޑެތި ދޮގުވާހަކަތައް ފަތުރަމުން ތިގެންދަނީ ކަލޭތީ އަޅެފަހެ ދެވަނަ ހާމާނުތަ ޖުމްހޫރީ ޕާޓީގެ ހަލާކު ތީ އަވަސް ގޮތަކައް ތިޕާޓީން ބޭރުކުރޭ