އަވައްޓެރި ސްރީލަންކާއިން ހައްޔަރު ކުރި ދިވެހިންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތު ޖަަހައިފިއެވެ.

ލަންކާ ފުލުހުން ވަނީ ރާއްޖޭގެ 12 މީހަކު ހައްޔަރުކޮށްފައެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން ކޯޓަށް ގެންދިޔައީ ތިން މީހުން ކަމަށާއި، އޭގެ ތެރެއިން ދެ މީހަކު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ.

އަދި ބަންދުގެ މުއްދަތު ޖަހާފައި ވަނީ، ނުވަ މަސް ދުވަސް ވަންދެން ވިސާ ނުޖަހާ ލަންކާގައި އުޅެމުން ދިޔަ ދިވެއްސެއްގެ ކަމަށް ފޮރުން މިނިސްޓްރީން ވިދާޅުވިއެވެ. އޭނާގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައެވެ.

ފޮރިން މިނިސްޓްރީން ވަނީ ލަންކާގައި ބޭރަށް ނިކުމެ އުޅޭއިރު ޕާސްޕޯޓް ހިފައިގެން ނިކުުތުމަށް ފޮރިން މިނިސްޓްރީ އިން އިލްތިމާސް ކޮށްފައެޗެ، އެ ގައުމުގެ ފުލުހުން ދޭތެރެ ދޭތެރެއިން ވެހިކަލްތައް ހުއްޓުވައި، ދިވެއްސަކަށް ވެއްޖެނަމަ ޕާސްޕޯޓު ދައްކަން ބުނާނެއެވެ.

ލަންކާގައި 15،000 ވުރެން ގިނަ ދިވެހިން ދިރިއުޅެމުން ދެއެވެ. އެ ގައުމަށް މިދިޔަ އަހަރު ދިން ނިރުބަވެރި ހަމަލާއަށްފަހު ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.