މީގެ ކުރިން ހިނގާފައިވާ ހާދިސާ އަކަށް ބަދަލު ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނާތީވެ، ގާނޫނީ ވަކީލުންގެ އެންމެހާ ކަންކަމެއް ރެގިއުލޭޓް ކޮށް ފިޔަވަޅު އެޅުމުގެ ބާރު އޮންނަށް ބާކައުންސިލްގެ އެކްސްކޯ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަނާރާ ނައީމް ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ އާއި ޒާތީ ވެއްޖެއެވެ.

އަނާރާ ރުޅިގަދަވެ ޝުނާނާ އަށް ހޫނު ބަހުގެ ހަމަލާތައް ރައްދު ކުރަމުން ދަނީ ޓްވިޓާ މެދުވެރި ކޮށެވެ.

އަނާރާ ޝުނާނާ އަށް ރައްދު ދީފައި ވަނީ އަނާރާގެ ފިރިކަލުން އާދަމް ޝަފީގުގެ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން މަސައްކަތް ކުރަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި 2018 ވަނަ އަހަރު ބަންގްލަދޭޝް އަށް ނިސްބަތްވާ ޖިއާން ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖަކު މަރުވުމާއި ގުޅިގެން އެ މައްސަލައިގައި ޖިއާންގެ މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށްދިން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާގެ އިސްފަރާތެއްގެ ގޮތުގައި ވަކީލާ ޝުނާނާ މަސައްކަތް ކުރުމުން އަންނާތީއެވެ.

ޝުނާނާ އާއަހަރުގައި ކުރުމަށް ނިންމާފައިވާ ކަންކަން ކަމަށް ބުނެ ކޮށްފައިވާ ޓްވީޓަކަށް ޖާވާބު ދެމުން އަނާރާ ވިދާޅުވީ ޝުނާނާ ކަންކަން ކުރާ ގޮތުން ކުންފުނީގެ އެތައް މުވައްޒަފެއްގެ ވަޒީފާ ގެއްލި އެތައް އާއިލާ އަކާއި ކުޑަކުދިންނެއް ބިކަވެ ހާލުގައި ޖެހިދާނެ ކަމަށްވެސް 2020 ގައި ވިސްނާލުން މުހިންމު ކަމަށެވެ.

އަނާރާގެ މި ޓްވީޓާއި ގުޅިގެން ޝުނާނާ ވިދާޅުވެފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ތިބޭ މީހުން މުވައްޒަފުންނަށް ދޭން ޖެހޭ އިރުޝާދު ނުދީ، އަދި އެ މުވައްޒަފުންގެ އިހުމާލުން ކުޑަކުދިން މަރުވެ އެކުދިންގެ އާއިލާ މުޅި އުމުރު ދުވަހު ހިތާމަކުރަން ޖެހޭ ކަމާއި މެދު ވިސްނުން މުހިންމު ކަމަށެވެ.

https://twitter.com/AnaraNaeem/status/1214011704222220290?s=20

އެ ޓްވީޓަށް ރައްދުދީ އަނެއްކާވެސް އަނާރާ ވަަނީ ޓްވީޓް ކުރައްވާފައެވެ. އޭނާވިދާޅުވެފައި ވަނީ މުވައްޒަފުން ވަޒީފާ އާއި ހަވާލުވަނީ ގިނަ ޒިންމާތަކަކާއި އެކު ކަމަށާއި އެހެން ކަމުން އެފަދަ ކަމެއް ހިނގުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ، މުވައްޒަފުން ކަމަށެވެ. އަދި އެކަމުގެ ޒިންމާ ވެރިފަރާތުން ނަގާކަށް ނުޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ޑަބްލިއު ކޮންސްޓްރަކްޝަން ގެ ފަަރާތުން އިމާރާތް ކުރަމުން ދިޔަ ތަނަކުން މަގު މައްޗަށް ވެއްޓުނު ސިމެންތި ބަސްތާ އެއް ގައި ޖެހި ބަންގްލަދޭޝްގެ އެންމެ 8 އަހަރުގެ ކުޑަ ކުއްޖެއް ކަމަށްވާ ޖިއާން މަރުވި މައްސަލަ އަކީ މުޅި ރާއްޖެ ސިއްސުވާލި ހިތާމަވެރި ހާދިސާ އެކެވެ.

އެ ހާދިސާ އަށް ފަހުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ އެންޑް އިންފުރާސްޓްކްޗަރއިންވަނީ އިމާރަތްކުރުމުގައި އަޅަންޖެހޭ ސަލާމަތާއި، ކޮންޓްރެކްޓަރުގެ އާންމު ޒިންމަތަކާއި، އިމާރާތުގެ ވެރިފަރާތުގެ ޒިންމާތަކާއި ދެވޭ އަދަބުތަކާއި ޖޫރިމަނާތައް ބަޔާންކޮށް ޤަވާއިދެއް އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބ

    ބާކައުންސިލްގައި ތިބޭ މީހުން ޖެހޭނެ ތަސައްރަފު ފުދެން ... އަމިއްލަ ފިރިމީހަާގެ މަސްލަހަތު ކުރިއަށް ނެރުމީ ހިތާމަ ހުރިކަމެއް ދެމީހުން ބައްދަލު ވެގެން ތިޔަކަމުގެ ޒުވާބު ކޮށްލުން މޮޅު އިތުރުވެގެންވަނީ

    136
    7
    • ޒަކް

      ބަލަ ޝުނާނާގެ ހުނއނަ ފޮނިކަމާ ބޮޑާކަން އެނގޭނަމަ މި ވާނުވާ އެނގޭނީ.. މިއުޅެނީ ފިރިމީހާވެގެންނެއް ނޫން.. ބިން މަތީގަ ފައިނުޖެހޭ އަންޖެހެން ތިޔަ ޝުނާނާއަކީ

      13
      3
  2. ހީނާ

    އާއިލާ އަކުން ކުޑަކުއްޖަކުގެއްލި އާއިލާ ބިކަވެ ހާލުގައި ޖެހުނުކަން ވިސްނާލުންވެސް ރަގަޅު

    130
    3
  3. ބަނޑޭރި

    އަނާރާ އެހެންތަ. ކުރިން އަނާރާ ބުނަނީ ތިހެނެއް ނޫ. ކުރިން އަނާރާ ބުނަނީ ވެރިމީހާ ޒިންމާ ނަގަންޖެހޭނޭ

    141
    4
    • ާާާޢަލީ

      އެހެންތަ؟؟ މިފަހަރު އެހެންނުބުމެވޭނެތާ..ވެރިމީހާއަކީ އޭނާ ދެންކިހިނެއް ބުނާނީ..އެމީހުނަށް ލާރީލިބޭ މަސައްކަތް ސޯ؟؟؟ އެހެންނުބުމާނެނުން....

  4. Anonymous

    އަނާރާ ލޯޔަރަކަށް ވެގެން މިއުޅެނީ ހަމައެކަނި އިސްލާމިކް ލޯ އެކަނި ހަދައިގެން. ކޮމަންލޯ ކިޔެވިނަމަ އެނގުނީސް "ވައިކޭރިއަސް ލައިބިލިޓީ" ޓޯޓުލޯގައި ބުނާގޮތުންނަމަ މުވައްޒަފުން ވަޒީފާއަދާކުރުމުގެ ތެރޭގައި ދިމާވާ ކޮންމެ ކަމެއްގައި ވެރިމީހާ ޒިންމާ އުފުލަންޖެހޭނެ.

    53
    11
    • ޙަމަހަމަ

      ޢަނާރާ ކަޑަ، އެކަމަކު ތިޔައީ ވަރަށް ޖާހިލު ކޮމެންޓެއް. ނޫނީ ހަމަ ލާދީނީއީ.

      ޥެރިންގެ ޒިންމާއަކީ އިސްލާމީ ޝަރީއާގައި ވަރަށް ފުޅާއެއްޗެއް.

      ކޮންމެ ވެރިޔަކަަވެސް އޭނާ ބަލަހައްޓަންޖެހޭ ކަންކަމާމެދު ސުވާލުކުރެވޭނެކަމަށް ހަދީސެއްގައިވެ.

      މި ހަދީސްގެ ށާމިލުކަމަށް ބިނާކޮށް ނީލަ ކޯރުގައި ކަންބަޅިއެއް މަރުވެ އޮޔާދާމަންޒަރު އުމަރުގެފާނުގެ ހިލާފަތުގައި އެކަލޭގެފާނަށް ފެނުމުން އެކަމާއި ސުވާލުކުރެވިދާނެތީ ކީރިތިކުރެއްވި.

      ޢިސްލާމީ ޝަރީއަތަށް ކުޑަމީސްބަސް ބުނުމުގެ ކުރިން އަމިއްލައަށް ފުރަތަމަ ދިރާސާ ކުރޭ. ޢަދި އެޔާ ވިއްދާފަ ކޮމަން ލޯ އޭ އެބަ ކިޔައޭ މާ މޮޅުކޮއްފަ.

  5. މަހޭސް

    އަނާރާ ވި މަ ވަކިގޮތެއް . މީހުން ޕުރަސަލް ވާ ގޮތައް ޓޮވީޓް ނުކޮއްބަލަ

    13
    1
  6. ބޮލި މުލައް

    ތިތަނުން ސުނާނާ ރީތީ މަ ތާއީދު ސުނާނާއަށް

    18
    7
  7. އަނާރާ

    އެފަދަގޮތަކަށް އަނާރާ ގެދަރިޔެއް ނުވަތަ އެއީ އަނާރާގެ ދަރިޔެއްނަމަ އަނާރާ ކުށްވެރިކުރާނީ ކާކުތަވިސްނާލަބަލަ އެތުއްތު ކުއްޖާމަރުވި އަނިޔާ ވެރިހިތްދަތިމަންޒަރު ކަލޭގެއޮތީ ހިތެއްތަ އެތުއްތު ކުއްޖާގެބޮލަށް ސިމެންގޯނިވެއްޓުމުގެ ސަބަުން އެކުއްޖާމަރު ވީމަ ކަލޭނޫނީ ކާކުތަ އެޒިންމާނަގަން ޖެހޭނީ ކުޖާގެ މަންމަތަ އަނާރާ ކަލޭހާދަ ހަޔާތްވެސްކުޑޭދޯ އެމަށްސަލަ ބަލާފަރާތްތަ އަދިވެސް ކުށްވެރި ތިކުރަނީ ތީގެންއެނގެނީ އެތުއްތު ކުއްޖާއަށް ޓަކައި ކަލޭގެހިތުގައި އެވެސްރަހުމެއްނެއްކަން އަނާރާ ކަލޭ އެމަށްސަ ލަބަލާމީހުން ކުއްވެރި ތިކުރަނީ ކަލޭ ހެނދުމެއްލާފަ ބުރުގާ އަޅައިގެންތިއުޅެނީ ކީއްކުރަންތަ ކޮންތަނެ އްފޮރުވަތަ އަނާރާ ކަލޭތީ ކިރިޔާވެސް ލަދެއްހަޔާތެއް ހުރިމީހެއްނަމަ އެފަދަ އެއްވެސް މައްސަލައެއް ބަލާމުންދާ މީހުނާ ދެކޮޅަކަށް އެއްވެސް ބަހެއްނުބުނާނެ ތިމާ އަށްއެފަދަކަމެއް އިހުސާސް ކުރެވޭނީ ތިމާގެދަރިޔަކަށް އެފަދަ ކަމެއް ދިމާވީމަދޯ

  8. ކޮމެންޓްކުރާމީހާ

    ކީއްކުރަންދެންތި ޒުވާބުކޮށް ބަހުގެ ހަމަލާތައް ތިޔަ ފޮނުވަނީ...ތިދެންހަމަ އެކައްޗެއްނު މިހާރު

    20
  9. ހައްޕު

    މަސައްކަތްކުރާކަން އަންގައިދޭ ބޯޑުހުންނަ ސަރަހައްދަށް ކުޑަކުދިން ދޫކޮށްލައިގެން ތިބޭ މައިންބަފައިންގެ ޒިއްމާއެއް ނެތީތޯ؟ މިހާދިސާއަށް ފަހުވެސް އެތައް ސައިޓެއްގައި ގަވައިދާ ޚިލާފަށް މަސައްކަތްކުރާއިރު އަޅައިނުލާ އޮތް ސިޓީ ކައުންސިލްގެ ޒިއްމާއެއް ނެތީތޯ؟

    24
    5
    • Anonymous

      މަގުހިނގުމަކީ އެތަން ބަންދު ނުކުރާހާ ހިނދަކު އެންމެންގެ ހައްޤެއް. މަގު އަމާންކޮށް ބޭއްވުމަކީ ދައުލަތުގެ ޒިންމާ. ދައުލަތުން ހުއްދަދޭ ބަޔަކު ކުރާ ކަމަކަށް އެބަޔަކު ޒިންމާ އުފުލަންޖެހޭނެ. ރައްކާތެރިކަން ކަށަވަރުކޮށްނުދެވުމަކީ، އަދި ލިބޭ ގެއްލުމަށް ޒިންމާ ނުނެގުމަކީ އަނިޔާވެރިކަމުގެ ހައްދުފަހަނައަޅައިދިއުން. ޑަބްލިޔު އަކީ މިނުބައި ޖަރީމާ ހިންގި މީހުން. އެންމެ ކުޑަމިނުން މަރުގެ ދިޔަދިންނަމަ. އެކަމުގެ ޒިންމާ ނަގާ މަޢާފަށް އެދުނުނަމަ. އިހްމާލުން ނަމަވެސް އިންސާނެއްގެ ފުރާނަ އެދިޔައީ. ﷲ ތަޢާލާ މިފަދަ ޖައްބާރުންނަށް ނިކަމެތި ކަން މިންވަރުކުރައްވާނެ.

      8
      1
  10. ާާާޢަލީ

    އެހެންތަ؟؟ މިފަހަރު އެހެންނުބުމެވޭނެތާ..ވެރިމީހާއަކީ އޭނާ ދެންކިހިނެއް ބުނާނީ..އެމީހުނަށް ލާރީލިބޭ މަސައްކަތް ސޯ؟؟؟ އެހެންނުބުމާނެނުން....

    6
    1
  11. މައި

    ވަޒީފާ ގެއްލޭ މީހުނަށް ވަޒީފާ ލިބިދާނެ. ޖިހާން ގެ މައިންބަފައިންނަށް އެކުއްޖާއެއް ދެން ނުލިބޭނެ. ދީނީ ގޮތުން ލޯ ހުޅުވާގެން ތިބޭމީހުން މިކަހަލަ ގޮތަކަށް އެދުން ބޮޑުވުން ވ ކަޑަ.

    11
  12. ސާބިރު

    އަނާރާ...... ކުންފުންޏެއްގެ ޒިންމާދާރު ފަރާތަކީ ފިރިމީހާކަމަށް ވިއަސް ދަރިއަކަށްވިއަސް އޭނާ ކުއްވެރި ވާނެ ! ޔާމީނު ދައުރުގައި އިނާރާވެސް ބުނީ އެހެން ! މިހާރު ތިޔައުޅެނީ ބާރުގެ ބޭނުންކުރަން! ހޯހޯކަމެއް

    12
  13. ނަޖް

    މަޑުކަށި މިނިވަން ފިކުރުގެ ކަނބަލެއްވީމަ ޝުނާނާމެން ތަންކޮޅެއް މަތީގަ ހިތް އުޅޭނި.. ނިވާވެ ބުރުގާއެއް އަޅައިފިތަ އެއީ ވަރަށް ކަޓު ދަށުދަރަޖައިގެ މީހެއް މިމީހުންގެ ނަޒަރުގަ

    13
    2
  14. ގޮތެއްފޮތެއް

    ސުނާނާތީ ކޮންމެކަމެއްގަވެސް އޭނަގެ މައްސޫރުކަން ހޯދަން ދެފާތަޅާ ބޭފުޅެއް، ޙައްގު ހޯދާދޭށޭ ކިޔާފަ ކަމެއްގެ ދެކޮޅުބެލުން އެބޭފުޅާޔަކަށް ނޯންނާނެ. ޙަޤީގަތަކީ ކަންކަން އިސްލާހުކުރުމުގެ ބަދަލުގަ ކަންކަން ހަލާކު ތިކުރެވެނީ