މާފުށީ ޖަލުގައި ހުރި ގައިދީއަކު ހޭނެތިން އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ހޭނެތިގެން މާލެ ގެނެސްފައިވަނީ ށ. ފުނަދޫ، ނިޔާމަ، އުމުރުން 25 އަހަރުގެ މުހައްމަދު ޖައިލަމް އިބްރާހިމް އެވެ. އޭނާ އަކީ ހިތުގެ މައްސަލަ ހުންނަ މީހެކެވެ. އަދި އޭނާއަކީ މާފުށީ ޖަލުގެ ރިމާންޑު ފަޅީގައި ބަހައްޓާފައި ހުންނަ މީހެއް ކަމަށްވެސް ވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާ ހޭނެތިފައިވަނީ އިރު އޮއްސި 6:00 ހާއިރު އެވެ. ނަމަވެސް އިތުރު ފަރުވާ ދޭން ނުގެންދާތީ ޖަލުގައި ގައިދީންތަކެއް ވަނީ ހަޅުތާލުވެސް ކޮށްފައެވެ.

މިކަމާ ގުޅިގެން ޕްރިޒަންސް އިން ވިދާޅުވީ ޖަލުގައި މީހަކު ހޭނެތިގެން "ޕްރޮސީޖާގެ ދަށުން" ފަރުވާ ދެމުން އަންނަ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިމް

    މީހަކު މަރުވިޔަސް ޕްރޮސީޖާ ފޮލޯކުރޭ

    20
    1
  2. ޢަފްލާ

    ޛަލުގަ ކުކުޅު ކަތިލަނީ ދޯ ސަންތި މަރިޔަނބް ގެންނަން ވީ ނޫން ރިހަކައްކަން

    12
  3. ޢަންސާރު

    ތިޔަހެން ނަހަދާ ވަރަށް ހިތި ވާނެ ނަތީޖާ

    18
    1
  4. ހަދި

    މިސަރުކާރުން އަނިޔާއެއްނުދެޔޯ ތަޅާ ކާންނުދީޔޯ ބަހައްޓަނީ