މާފަރު އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫޢު ހިންގުމުގެ ހުއްދަ ނުދޭން އެންވެރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ނިންމި މައްސަލަ ޕްލޭނިންގ މިނިސްޓްރީން އެންވަޔަރަންމަންޓް މިނިސްޓްރީއަށް އިސްތިޢުނާފަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ވާގޮތުން އިސްތިއުނާފަށް ހުށަހަޅާތާ ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އިސްތިއިނާފާމެދު މިނިސްޓަރު ނިންމި ގޮތް ލިޔުމަކުން އިސްތިއިނާފު ކުރި ފަރާތަށް އަންގަންޖެހެއެވެ.

އެހެންވެ އެންވަޔަރަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ހަސަންއާއި މިނިސްޓްރީގެ ޓީމެއް އިއްޔެ ވަނީ މާފަރަށް ޒިރާރަތްކޮށް، އެމައްސަލަ ދިރާސާކޮށް ބެލުމަުގެ މަސައްކަތް ފަށާފައެވެ.

އެންވެރޮމެންޓް މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީގެ މި ދަތުރުގެ ބޭނުމަކީ ހުށައަޅާފައިވާ މައްސަލާއިގައި ގޮތެއްނިންމުމުގެ ކުރިން ބަލަންޖެހޭ ކަންކަން ވިހާވެސް ގާތުން ބެލުން ކަމަށެވެ. އަދި މި ދަތުރުގައި، ރަށު ކައުންސިލާއި އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް މަޝްރޫއުގެ މައުލޫމާތު އޮޅުންފިލުވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ދަތުރަށްފަހު އެންވެރޮމެންޓް މިނިސްޓްރީން ފަންނީ ރިޕޯރޓެއް ތައްޔާރުކޮށް މިނިސްޓަރ މިކަމުގައި ނިންމެވިގޮތް އީޕީއަށް އަންގާނެއެވެ.

މިނިސްޓަރ މިކަމުގައި ނިންމަވާގޮތް ތަންފީޒުކޮށްދެއްވާނީ އީޕީއޭ އިންނެވެ.

މާފަރުގައި އެއާޕޯޓެއް އެޅުމުގެ ވާހަކަތައް ދައްކަމުން އަންނަތާ 12 އަހަރު ފަހުން އެކަން ހަޤީޤަތަކަށް ހައްދަވައި ދެއްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާސްތާ

    ބަލަ ރައީސްޔާމީނުގެ ތަސަވަރަކީ މާލެޔާ ރާއްޖެތެރެ ތަފާތުކަންނައްތާލުން މިމާލޭ ގެ ތިކިޔާމީހުންގަބޫލެންނުކުރާނެ ރާއްޖެތެރެ ތަރައްގީވާކަން މައުމޫނުވެރިކަމުގާ ރާއްޖޭގައިތިބިމުއްސަދިންގެނައިސް މާލޭގެ ހުރިހާ އިމާރާތެއް ރާއްޖެތެރެމީހުންލައްވާ ހަދުވާފައި ފަހުންވަނީ މިވެރިން ބިކަކޮއްފައި މިކަމަންވާގިވެރިވީ މައުމޫނު؟؟

  2. އަސީ

    އީޕީއޭގެބޭނުންކެންޑިއްޖެ ރައްޔޮތުންގެޓެކްސްފައިސާއިން މުސާރަދީފަ ބަސްނުވިކޭބަޔަކު ބޭތިއްބުމުގެބޭނުމެއްނެއް ހުރިހާކަމެއްތިވަނީ މިނިސްޓަރުއަތައްއޮޅާލާފަ.