ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ހަމައެކަނި ދިވެހިރާއްޖެ އަށް ދިމާވެފައިވާ މުސީބާތެއް ނޫންކަމަށާއި ރައީސް ނަޝީދަކީ މުޅި ސަރަހައްދަށް ދިމާވެފައިވާ މުސީބާތެއް ކަމަަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ މިހާރު ޕީޕީއެމްގެ "ރުމާލު-2" ޖަގަހައިގައި ކުރިއަށްދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރައީސް ނަޝީދު މިއަދު މިވަނީ ސަރަހައްދީ މުސީބާތަކަށް. ގައުމީ ކަމެއް ނޫން. ސަރަހައްދަށް ދިމާވެފައިވާ މުސީބާތެއް މިއީ. ބޮޑެތި ގައުމުތައް ހަނގުރާމައަކަށް ވައްޓާލާ މުސީބާތަކަށް ވެފައި މިވަނީ." މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދާއި ހެދި "ބޮޑެތި ގައުމުތައް ނިކުމެ ތަޅާފޮޅަނީ" ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 2013 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ކެމްޕޭން އޮޅުންބޮޅުވެގެން ދިއުމުން ކެމްޕޭން މެނޭޖަރުކަން ހަވާލުކުރީ މިނިސްޓަރު ސައީދު އާއި ކަމަށާއި އޭރު އަބްދުﷲ ރިޔާޒް ވެސް ރައީސް ޔާމީން ނޫން ބޭފުޅަކަށް ގައުމު ހަމަމަގަށް ނޭޅުއްވޭނެ ކަމަށް ވިދާޅުވި ކަމަށެވެ.

"އަބްދުﷲ ރިޔާޒް އަޅުގަނޑު ކައިރީގައި ވިދާޅުވި ގާސިމަކީ އެއްވެސް އިރެއްގައި ތިމަންނަ ވޯޓް ދޭން ބޭނުންވާ މީހެއް ނޫނޭ. މިހާރު ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޔާމީން ފިޔަވައި މިގައުމުގެ ވެރިކަން ކުރެވޭނެ ފަރާތެއް ނެތޭ. (ރިޔާޒް މިހެން ވިދާޅުވި ކަމަށް) ﷲ ހެކި ވާނެ." މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ 99.99 އިންސައްތަ މީހުން އިއްތިފާގުވީ ޔާމީން ވެރިކަމަށް ވަޑައިގެންފިނަމަ އިސްލާމްދީނާއި ގައުމުގެ ދިފާޢުގައި ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށެވެ. އެކަން އަދިވެސް އޮތީ އެގޮތުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ "މިގައުމު ހިސޯރު ކުރަން ޖެހޭނީ އަޅުގަނޑުމެންގެ މާހާނައިގައި އެހެން ދިދައެއް ޖަހާފައި." ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އިންސާނާ

  ތިޔަ ވިދާޅުވެވުނީ ވަރައް ބޮޑު ތެދުފުޅެއް

 2. މަނިކު

  ސަޢީތިވިދާޅުވީ ތެދުފުޅެއް ނަޝީދުއަކީމިސަރަިައްދަށް އައިސްގެން އުޅޭ މުސީބާތެއް

 3. މސ

  ނަޝީދަކީ 13 އަހަރުގެ ޖަލުޙުކެއް ތަންލފީޒް
  ކުރަންޖެހިފައިވާ ނުރައްކާތެރި ކުށްވެރިއެކެވެ
  އޭނާ ހިފށހައްޔަރުކުރުމަށް ގޮވާލަމެވެ

 4. އާއާއާއާ

  ގާނޫނުގެ ބާރު ކަނޑުވާނަމަ އެންމެ ބޮޑު އަދަބު ދެވޭ ގޮތް ހަދަން ޖެހޭ ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރު ވިދާޅުވުން އެއީ މަމެން އުފާކުރާ ކަމެކޭ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ވެސް ދަ ހަރާމްކޯރު އުސޫލުން ކަންކަން ނުކޮށް ގާނޫނުގެ ތެރޭން ކަންކަން ކުރަން ދަސް ކުރަންވީ އެއް ނޫންތޭ އެއިރުން ނޫންތޭ މިރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރެވޭނީ ތަމެން ތިޔާ އަބަހައްދަވެގެން ތަނެއް ކަހާތީވެ އުޅޭ އުސޫލުން އުޅެގެން ކެއްކޭ ޑޮންޑޮނެއް ވަކި ނެތެއް ނޫންތޭ ތިޔާ އީ ހަމަ ފަރަށް ބޮލި ހިލަން ދިއުން ނޫން ކޮން ކަމެއްތޭ ތަމެން ތިޔާ ކުރަނީ. މަމެން މިއުޅެނީ ލާރޖް ކޮށް ގާނޫނުގެ ބާރު ކަނޑުވާލާ މީހުން ސައިޒުން ކަނޑަން އޭ މަމެން ހީކުރަމޭ ރަންރީނދޫ ޓްވިޓަރޭ މެން ދެން ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ އުސޫލުން ދެން ޓްވީޓް ނުކުރާނެ ކަމަށް. އައި އޭމް ޖަސްޓް ކިއުރިއަސް އެބައުޓް ޔުއަރ އޮނެސްޓް. އައި އޭމް ޖަސްޓް ވޮންޑަރިންގް ކޭން ޔޫ ގެޓް އިޓް އައި އޭމް ވޮންޑަރިންގް ކޭން ވީ ބީ ފްރެންޑްސް އާއާ ކޭންވީ ބީ ފްރެންޑްސް އާއާ ކޭންވީ ބީ ފްރެންޑްސް އާއާ ކޭންވީ ބީ އާއާއާއާ ކޭންވީ ބީ އާއާއާއާ ކޭންވީބީ އާއާއާއާ އާއާއާއާ އާއާއާއާ އާއާއާއާ...

 5. ބުއްޅަބޭ

  ޔަގީނުންވެސް އިންޑިޔާ ދިދަޔެއް ނުޖެހޭނެ! އެމީހުން މިގައުމު އަޅުވެތިކޮށްފިއްޔާ ހުރިހާ މުސްލިމުން އަންދާލާފަ ބާކީތިބި ރީދޫ ކުދިން ކަނޑުފައްތަލާނީ! އެއީ ބުދުދީނުމީހުން އެކަން ކުރާނެގޮތް!

 6. ކެކުރޮ

  މުޞީބާތުން މިންޖުވުމަށް އޮތްގޮތެއް ވާނީ ހަދަން.

 7. މަރޭ

  މުހަންމަދު ބުނިކަމުގައިވިއަސް ތިޔައީ ތެދެއް. އެކަލޭގެ ސަބަބުން މިގައުމު އިންޑިޔާއަ ޖެހި އެހެން ގައުމުތަށް މިގައުމަށް ފާޑުކިޔަން މިޖެހެނީ. އޭނަ މައިތިރި ކުރޭ.

 8. Anonymous

  ޙަމަ ތެދެއްތީ

 9. ވަގތުނުސް

  ހހެހެހ ހަމަ އަސަރެއް ކުރާނީ!!!!!

  ސިޔާސީ ކިޔަންވެސް ނޭނގެ ހޮޅި މީހުންގެ މިކަހަލަ ވާހަކަ ކިޔަންވީމަ ދެން އަހަންނަ ހަމަ ހެވެނީ އެވެ.

 10. އަޙްމަދު

  ކޮންފަދަ ފުރިހަމަ ލަގަބެއް!ސަރަހައްދީ މުސީބާތުން ﷲ އަހަރެމެން ދިވެހި އެއްމެހާ ރައްޔިތުން ރައްކާތެރި ކުރައްވާނދޭވެ أمين.

 11. ޖައުފަރު

  ވަޒީރު ތި ވިދާޅުވީ ހަމަ ތެދު ފުޅެއް

 12. މާރިޔާ

  ވަރައްރަގަޅުވާހަކަކޮޅުއް

 13. Anonymous

  ކާންދޭ އަތުގައި ދަތްއަޅާފައި ދެން ކޮން އެއްޗެއް ކިޔާކަށް.. ސައީދޫ ކަލޭ މާދަމާ ރައީސް ޔާމީން އަތްޕުޅުގައި ވެސް ދަތް އަޅާނެ.