ދާދި ފަހުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން "ދުންޔާއަށް ސަރުކާރު ގޯސްވީ އަމިއްލަ އެދުން ބޮޑުވުމުން" ކަމަށް ވިދާޅުވެ، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދެއްކެވި ވާހަކައަށް ދުންޔާ "ތިންކިންގ ފޭސް" (ކަމަކާއި މެދު ވިސްނާ) އިމޯޖީއަކުން ރައްދު ދީފިއެވެ.

ބައްޕާފުޅު ހައްޔަރު ކުރެއްވި ހިސާބުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވި ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ސަރުކާރުގައި ހުންނެއްވި އިރު ސަރުކާރުން ކުރި ގޯސްކަމެއް ނުފެނި މިހާރު އިސްތިއުފާދެއްވުމަށް ފަހު ސަރުކާރު ގޯސްވެގެން އުޅުވަނީ ކީއްވެ ތޯ "ވަގުތު" އިން ސުވާލު ކުރުމުން މެންބަރު އަދުރޭ ވިދާޅުވީ ދުންޔާ އަށް ސަރުކާރު މިހާރު ގޯސްވެގެން އުޅުއްވަނީ އަމިއްލަ ސަބަބު ތަކަށްޓައި ކަމަށެވެ.

"ފުރަތަމަ އިސްތިއުފާ ދެއްވުމަށް ފަހު ނިކުމެވަޑައިގެން ވިދާޅުވީ ތިމަންނަ އިސްތިއުފާދެއްވި ނަމަވެސް ހުންނަވާނީ ރައީސް ޔާމީންއާއި އެކީގައޭ، ނަމަވެސް ކުއްލިއަކަށް ސަރުކާރު ގޯސްވެއްޖެ, މިއީ އަލަށް ހިނގާ ކަމެއް ނޫން. ފޮރިން މިނިސްޓަރ ކަމުގައި ހުންނަވައިފައި އިސްތިއުފާ ދެއްވާފައި ވިދާޅުވީ ތިމައްނަ އިސްތިއުފާ ދެއްވީ މަރުގެ ހުކުމް ތަންފީޒު ކުރާތީއޭ, ނަމަވެސް އަނެއްކާވެސް ސަރުކާރާއި ގުޅުމަށް ފަހު ވިދާޅުވީ ތިމަންނަ ގަބޫލު ކުރަނީ ތަރަށްގީ ގެނެވޭނީ ސަރުކާރާއި ގުޅިގެން ކަމަށޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ދުންޔާއަށް އަނެއްކާވެސް ސަރުކާރު ގޯސްވީ ބައްޕާފުޅު ކުއްވެރިވެގެން ޖަލަށް ލުމުން ކަމަށެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން، އަދި ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ ސަރުކާރުން އިސްތިއުފާ ދެއްވާފައި ވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި މި ވަގުތު ހުންނެވި ރައީސް މައުމޫންގެ ހަމައެކަނި ބޭފުޅަކީ ޣައްސާން މައުމޫނެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސުރުހީ އަކާ ލިޔެފަ އިން އެއްޗަކާ ދިމާ ނުވޭ!

  2. ރާބިޢާ ޙަސަން

    ދުންޔާ ވަރަށް ބާރަށް ފަޅުގަ ވިދާޅުވި ޙަޤީޤަތެއް އެބައޮތް! " ބައްޕާފުޅަށް ލިބެމުންދާ ހިތްދަތިކަމުގެ ޒިންމާ އުފުލަންޖެހޭނީ ނަޝީދު" . މިއީ ހަމަ އަޞްލުވެސް ތެދު!

    • އެހެންވީމައި ނަޝީދުގެ ހުރިހާކަމެއްގެ ޒިންމާ އުފުލަންޖެހަެނީ ދުންޔާއާްި ހެދި މަޢުމޫންތާ!

  3. ދުންޔާ ވިސްނާލެއްވުން މުހިންމު ކިތައްދަރީން ތިހިތި އިހްސާސް ކުރާނެ. ޢަނގައިން ބުނެވޭ ބަހެއްގެ ސަބަބުން ނުވަތަ ގާތްރައްޓެއްސެއް މައުމޫނާ ދިމާލަށް ބަލައިލާ ގޮތަކުން އާއިލާ އެއްކޮށް ޖަލުގޮޅިއަށްލައި އަރުވާލައި ހެދީ ބައްޕާ ފުލުގެ ހެޔޮ ވެރިކަމުގަ. ޢެކުވެރިއަކަށްޓަކައި ފ. މަގޫދޫ މީހުން ބަނޑަށްޖެއްސި. 37 މީހުން ޖަލަށްލި. 22 މީހުން އަރުވާލި. ޥެރިކަން ފޭރިގަތް. ހަނދާނީ ބިނާތައް ޒަކަރިއްޔާ ޙަމީދަށް ޡަކަރު ދިނީމަ ދިން.

    • އަދި ޗައިނާގެ އިންވެސްޓަރެއް ކަމުގައިވާ ރިޗަރޑް ޖަލައްލައިގެން 16 އަހަރު އެއްވެސް ދައުވާއެއްނުކޮށް ކޯޓު ހުކުމެއްނެތި ގެންގުޅުނު. ހަމައެކަނި ބޮޑުފެންވަޅުގޭ މުސްތަފާ ހިތްހަމަޖައްސައިދިނުމަށްޓަކައި. ރިޗަޑުގެ މުޅި ދިރިއުޅުމާއި ވިޔަފާރިއާއި ޒުވާން އުމުރު ބޭކާރުވެގެން ދިޔައީ މަޢުމޫނު ގެ ނުބައިނުލަފާކަމުން.

  4. ދުންޔާ ވިސްނާލެއްވުން މުހިންމު ކިތައްދަރީން ތިހިތި އިހްސާސް ކުރާނެ. ޢަނގައިން ބުނެވޭ ބަހެއްގެ ސަބަބުން ނުވަތަ ގާތްރައްޓެއްސެއް މައުމޫނާ ދިމާލަށް ބަލައިލާ ގޮތަކުން އާއިލާ އެއްކޮށް ޖަލުގޮޅިއަށްލައި އަރުވާލައި ހެދީ ބައްޕާ ފުލުގެ ހެޔޮ ވެރިކަމުގަ. ޢެކުވެރިއަކަށްޓަކައި ފ. މަގޫދޫ މީހުން ބަނޑަށްޖެއްސި. 37 މީހުން ޖަލަށްލި. 22 މީހުން އަރުވާލި. ޥެރިކަން ފޭރިގަތް. ހަނދާނީ ބިނާތައް ޒަކަރިއްޔާ ޙަމީދަށް ދިނީ އަންހެނުން ހަދިޔާ ކޮއްގެން. ސަލާމް.

  5. ދުނިޔެ ގިޔާމަތްވުމުގެ ކުދިއަލާމާތްތަކުގެތެރޭ ހިމެނޭކަމަށްވަނީ މިއަދުރޭ ކަހަލަ ތާކުންތާކުނުޖެހޭ ދިއުޅިއެއްނުވާ ތަނެއްދޮރެއްނުދަންނަ ރޯނު އެދުރުން ގައުމުގެ މަތީފަންތިއަށް އަރާ ބަސްބުނުން ، މިއަދު މިފެންނަނީ އެމަންޒަރު ، ގައުމުތަކުގެ ހަލާކު ކުރިމަތިވަެ ގައުމުތަކުގެ ހާލަތު ގޯސްވަނީވެސް މިފަދަމީހުންގެ ސަބަބުން

  6. ކުށްވެރި ނުވެޔޭ. ކަންފަތް ބީރު ވެފަތަ އަދުރޭ ތި ހުންނެވީ؟ ކުށެއްގެ ދޮގު ތުހުމަތު ބޮލުގަ އަޅުވާފައި ތިބި އެންމެންނަކީ ކުށްވެރިންނެއް ނޫން. ސާފުވެއްޖެތަ؟

  7. އާނ ޕޮލިހުން އެބުނީ އެމީހުން ރާވަން އުޅުނު ރޭވުން! ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމަށް ހުރަސް އެޅުމާ އެނޫންވެސް ތަފާތު އެކިއެކި ކަންކަން ކުރަން ރޭވީ އަމިއްލަ އެދުން އިސްކޮށް ވެރިކަން ހޯދުމުގެ ނިޔަތުގައި ކަމަށް ޕޮލިހުން އެބުނަނީ! ހެޔޮ ވާނީ އަޅެފަހެ ކިހިނެތް މިޒާތުގެ ކަންކަން ކުރަން ހިތަށް އަރުވަން ވެސް! ނިރުބަވެރި އެއް ނޫން ކުލުނުވެރި ކަމުގެ ދަޢުވާވެސް ކުރަންވީ ހަމަ!

  8. ޙަފްޞާ / މާލެ

    ކަލޯމަރޭ! އޭގެ އެންމެފުރަތަމަ ރޯނުއެދު "އަންނި" ކިޔާ ދެއުޅިއެއްނުވާ ބީތާކައިފަހުރި ޖާހިލަކު ރާއްޖޭގަ ރައީސުލްޖުމްހޫރިއްޔާކަންކޮށްފަ އެދިޔައީ! އެރު ކީއްވެތަ ތިވާހަކަ ބުނަން ނުކެރުނީ؟

  9. ލިއުްންތެރިޔާއެވެ. ލިއުންތެރިކަމާއި ނޫސްވެރިކަމަކީ ތަފާތު ދެކަމެކެވެ. މާ ސާކާސްޓިކް ވާންނޫޅޭށެވެ. އޭރުން ބޮލާފޮށާއެޅިދާނެއެވެ. ބައްޕަ ހައްގަކާނުލާ ޖަލުގަ ހުރެގެން ކެތްވާނެ މީހަކު ނުހުންނާނެއެވެ.

  10. ދުންޔާ އަށްވެސް އެނގޭނެ ބައްޕާޅު ބަޣާވާތް ކުރަން އުޅޭކަން އެހެންވީމާ އެއިރު އެކަމުން ބައްޕާޅު ސަލާމަތް ނުކުރީ ކިޔެއްވެތަ.....؟؟؟

  11. ދޫނިޔާ މައުމޫނު ބަންގާޅީއަކާއިނުން އެއީ ނަޝީދު ޒިންމާވާންޖެހޭކަމެއްނޫން

  12. ޤާނޫނުގައި ބަޔާންކޮށްފައި އޮންނަނީ "ޓެރަރިޒަމް" ގެ ދައުވާ. މޮޅެތި އެއްޗެހި ނުލިޔޭ