ނިމިގެން ދިޔަ އަހަރު އެކިއެކި ކަންކަމުގައި ޖުރިމަނާ ކޮށްގެން ދައުލަތައް 233.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ މާލީ ތަފާސް ހިސާބުތަކަށް ބަލާއިރު ޖޫރިމަނާ އަދި ޕެނަލްޓީގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 197 މިލިއަން ރުފިޔާއެވެ. މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 169.7 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު ނިމިގެން ދިޔަ އިރު ލަފާ ކޮށްފައިވާ މިންވަރަށްވުރެ 36 މިލިއަން ވަނީ އިތުރުވެގެން ގޮސްފައެވެ.
މި ރުފިޔާއަކީ ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 83 މިލިއަން ރުފިޔާ އާއި ގަވައިދާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 30 މިލިއަން ރުފިޔާ އާއި އެގްރިމެންޓުތަކާ ހިލާފުވެގެން ކުރެވޭ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 11 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ވަޒީފާގައި އުޅޭ މުވައްޒަފުންގެ ގަޑީ ލާރިއާއި ޖޫރިމަނާގެ ގޮތުގައި 8 ލައްކަ ރުފިޔާ، ދަރަންޏާއި ގަޒިއްޔާ ޖޫރިމަނާގެ ގޮތުގައި 166،869 ރުފިޔާ، ޓްރެފިކް ވަޔޮލޭޝަން ޗާޖުގެ ގޮތުގައި 31 މިލިއަން ރުފިޔާގެ އިތުރުން އެހެން ޖޫރިމަނާގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށް ބަޖެޓް ފާސްކޮށްފައެވެ.
މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓް ފާސްކޮށްފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ ތެރެޔަށް 366 މިލިއަން ރުފިޔާ އިތުރު ކުރުމަށް ފަހު ގައެވެ.
މީ ސަރުކާރުގެ އެއްމެ ކާމިޔާބް ވިޔަފާރި. ރައްޔިތުން ފެލުން!!!!
ރައްޔިތުން ހޭއަރާށެވެ! ވެރިކަމާ ޙަވާލުވަތާ 100 ދުވަސްތެރޭގައި ސްޓިކާ ޖެހުން ހުއްޓާލާނޭކަމަށް 100 ފަހަރު ވަޢުދުވެގެން ވޯޓުން ވައްކަންކޮށްގެންނަމަވެސް އައި ސަރުކާރުގެ 2020 ވަނަ އަހަރުގެ ބަޖެޓްގައިވެސް ސްޓިކާޖަހައިގެން ހޯދާނޭ ޢަމުދަނީ ލިޔެފައި ވެއެވެ. މިއީ އެއްވެސް ޤަވްމެއްގެ ބަޖެޓަށް ފައިސާ ހޯދާނޭ ގޮތެއްކަމުގައި މީގެކުރިން އޮތް ކަމެއް ނޫނެވެ. ޢިލްމު ނެތް ޖާހިލުން ވެރިކަމަށް އައިމާ ވަނޭ ހަޔެތި މިދަނީ ވަމުންނެވެ.
ރައްޔިތުންގެ ބަނޑުފަޅައިގެން ހޯދި ރުފިޔާ. ތަންދޮރު ނުފިލައި ތިބި މީހުން ވެރިކަމަށް ގެނެސްގެން ރީތިގޮތްތަކެއް ނުވިއެއްނު؟
މިކާމިޔާބު ވިޔަފާރި އޮޅުވާނުލާ ކުރެވިދާނެ.
ރައްޔިތުން ފެލައިގެން ދައުލަތް ހިންގާ ސަރުކާރު. ލިބޭ ހުރިހާ ފައިސާއެއް އިންޑިޔާގެ ކުންފުނިތަކަށް. ދިވެހިން ބޯންއުޅުނު ބޮނޑި ބޮއެގެން މިތިބީ.