ކަރެކްޝަނަލް ސާވިސް އިން އެންމެ އެދެވޭ އެއްބާރުލުން ނުދޭ ކަމަށާއި، އެ ކޮމިޝަނަށް ސައްހަ ނޫން މައުލޫމާތުތައް ދީފައި ވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކޮމިޝަނުން ބެލި ބެލުމުން ޖަލުގައި ހަމަނުޖެހުން ހިންގަން މެދުވެރިވި ސަބަބަކީ ގައިދީންނާއި ބަންދުކޮށްފައިވާ ފަރާތްތަކުން، ކަރެކްޝަންސް ގައި ތަކުރާރުކޮށް އެދެމުންދާ ޒަރޫރީ ބައެއް ކަންކަން ފުއްދައި ނުދެވޭތީކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

"މިގޮތުން ޝަރީއަތުގެ މަރުހަލާ ދިގުލައިގެން ދިއުމާއި، އެކަށީގެންވާ އަވަސް މިނެއްގައި ސިއްހީ ފަރުވާ ފޯރުކޮށްނުދެވޭކަން ފާހަގަކުރެވިފައިވެއެވެ". އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.

އަދި މާލެ ޖަލުގައި މިވަގުތު ތިބި ގިނަ ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާކަމާއި، މާލެ ޖަލު ތިނެއްގައި އަލިފާން ރޯކުރި ފާހަގަކުރެވިފައިވާކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

އެޗްއާރްސީއެމް އިން ބުނީ، މި މައްސަލަތައް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

އެޗްއާރްސީއެމްއިން ޖަލުގައި ހިނގާދިޔަ ކަންކަން ތަހުގީގު ކުރަމުން އަންނައިރު، މާފުށި ޖަލުގައި މިދިޔަ ހަފުތާއެއްހާ ދުވަހު ހިނގި ހަމަނުޖެހުންތައް ހުއްޓާލައި ޖަލު ހަމައަކަށް އެޅިފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަހާންގީރު

    ތިކަން ތިހެން ތި ވީ ކުރީ ސަރުކާރުން ބްރިޖް އެޅީ މަ ކުރީ ސަރުކާރުން އެވެނި ކަމެއް ކުރީމަ މިވެނި ކަމެއް ކުރީމަ ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު

    14
  2. ޢަބްދުﷲ

    އެޗް.އާރު.ސީ.އެމް އަށްވެސް ފެންނަނީ ހަމަ އެކަނި ޤައިދީންގެ ޙައްގުތޯ؟؟؟ ބޮޑެތި ޙުކުމްތަކުގައާއި، މީހުން މެރުމުގެ ބެޑެތި ތުހުމަތުގައި ބަންދުގައި ތިބި މީހުންނަށް ޚިދުމަތްކުރުމަށް ފުރާނަ އަތް މައްޗަށް ލައިގެން މަސައްކަތްކުރާ އޮފިސަރުންނަށް ކުރާ އަނިޔާއަކައި ދެކޮޅަށް ދުވަހަކުވެސް އަޑު އުފުލިންތޯ؟؟؟ ތިތަނުގެ ބޭފުޅުންވެސް ޖަލަށް ޒިޔާރަތް ކުރާ ދުވަހަކު ޔުނިޓުން ބޭރަށް ނުކުންނައިރު ހުންނަނީ ތުރުތުރު އަޅާ ހާލުގައި. ދެން ކޮންހާ ބަހަނާއެއް ދައްކާކަށް... ވ ވެދުން

  3. މަނިކެ

    މިހާރު އެޗްއާރްސީއެމްގައި ރައީސާއަކަށް މިއިންނަވާ މަމަނާ އަކީ ނިކަމެތި ރައްޔަތުންނާ މުހާތަބު ކުރެވޭ ފެންވަރުގެ ކަމަނާއެއް ނޫ އަޅުގަނޑު މިހެން މިބުނަން ޖެހުނީ މިކަމަނާގެ މަސްމަގު އެގި ތަޖުރިބާ ކުރެވިފައިވާ މީހެއްގެ ހައިސިއްޔަތުން.

  4. މަނިކެ

    މިހާރު އެޗްއާރްސީއެމްގައި ރައީސާއަކަށް މިއިންނަވާ މަމަނާ އަކީ ނިކަމެތި ރައްޔަތުންނާ މުހާތަބު ކުރެވޭ ފެންވަރުގެ ކަމަނާއެއް ނޫ އަޅުގަނޑު މިހެން މިބުނަން ޖެހުނީ މިކަމަނާގެ ބަސްމަގު އެގި ތަޖުރިބާ ކުރެވިފައިވާ މީހެއްގެ ހައިސިއްޔަތުން.

  5. ރާއްޖެ

    ޖަލުގަ ތިބި ކުށްވެރިން ނޫން ބަޔަކު މިރާއްޖޭގަ ނެތީތަ ހައްޤުތައް ގެއްލިފަ. ޢަޖައިބު ހީވޭ. އެމީހުން އެތިބެނީ އަހަރެމެންނަށް ވުރެ މިނިވަންކަމުގަ. ދައުލަތުން ކާންދީފަ ބޭސްފަރުވާކޮށްދީފަ. ފޯނާއި ޓީވީ އާއި ހުރިހާ ޚިދުމަތެއް ވެސް ލިބޭ. ނުވިތާކަށް މަސްތުވާތަކެތި ވެސް ބޭނުން ކުރާ މީހުންނަށް ފަސޭހައިން ލިބޭ. އެމީހުން ސައިޒް އޮޅިގެން އުޅޭނަމަ ބާރުގެ ބޭނުންކޮށް ހަމަ ބިމަށް ތިރިކުރަން ޖެހޭ..