ޒުވާނުންނަކީ އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި ބަޔަކަށް ވާންޖެހޭ ކަމަށާއި، ޤައުމު ކުރިޔަށްދާނީ ޒުވާނުންނަކީ އޯގާތެރި ބަޔަކަށް ވެގެން ކަމަށް ރައީސުލްޖުމްހުރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ ޔޫތު މިނިސްޓްރީން ރޭ ބޭއްވި "ރަން އަހަރު" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ މުޖްތަމައުގައި ހިނގާ ކަންކަމަށް ވިސްނާ އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވާ ބަޔަކަށް ޒުވާނުން ވާން ޖެހޭ ކަމަށެވެ.
އަދި ސިއްހަތަށް ގެއްލުންހުރި ކަންކަމާ ދުރުހެލިވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ދިވެހިންނަކީ ތަހުޒީބު ބައެއްގެ ގޮތުގައި ދެމިތިބެވޭނީ އެހެން މީހުންގެ ހައްގުތައްވެސް ރައްކާތެރި ކުރެވިގެން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގައުމު ކުރިއަރައިގެން ތަރައްގީވެގެން ތަހުޒީބު ބައެއްގެ ގޮތުގައި ދެމިތިބެވޭނީ އަނެކާގެ ހައްގު ވެސް އަޅުގަނޑުމެން ދަނެގެން،" ނައިބް ރައީސް ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބް ރައީސް ވިދާޅުވީ މި ސަރުކާރި ފެށިގެން އައީވެސް ހަށިހެޔޮ ދުޅަހެޔޮ އީދު"ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމަކުން ކަމަށާއި ކުޅިވަރު ކުރިއެރުވުމަށް ވަރަށް އިސްކަން ދެއްވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާ ގޮތަށް ހަމަޖެހުމަކީ އުފާކުރަންޖެހޭ ވަރު ކާމިޔާބީއެއް ކަމަށްވެސް ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.
ފައިސަލް ވިދާޅުވީ، މި ސަރުކާރުން އެންމެ ފުރަތަމަ ފެށި އެއް މަސައްކަތަކީ ޒުވާނުން ބާރުވެރިކުރުމާއި ތަރައްގީގެ ކަންކަމުގައި ޒުވާނުން ބައިވެރިކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިދިޔަ އަހަރު ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ އެކިއެކި މުބާރާތްތަކާއި ހޭލުންތެރިކުމުގެ އެކި ޕްރޮގްރާމްތަކާއި ލީޑަރޝިޕް އެކި ޕްރޮގްރާމްތަކެއް ސަރުކާރުން ކުރިޔަށްގެންދިޔަ ކަން ފާހަގަކޮށް، ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.
ތިޔައީ ތިޔަކަހަލަ ވާހަކަ ދައްކަން އެކަށިގެންވާ މީހެއްނޫން. ތިޔައީ ބޮޑާ ކަމުގެ ލާމަސީލު މިސާލެއް. ތިޔަހު ރީ ކުއްޅަވައްފަލު ރަނިން ހެދިފަ.
ވަރަށް މޮޅު ވާހަކައެއް ބުނެވިފަ ތިއޮތީ.... ދެމަހެއްވަންދެން ފަލަ ސުރުޚީގަ މި ވާހަކަ ޖަހާލާތި..
އަހަރެމެންގެ ޓެކްސް ފައިސާ ބޭކާރު ކުރުން މިކަހަލަ ތާކުންތާކުން ނުޖެހޭ މަޤާމް / މީހުން ތަންތަނަށް ކަންކަމަށް ޢައަޔްން ކޮށްފަ ބެހެއްޓުމަކީ
ކަންފަތްމަތީ އަޅާލަނީ. ލާދީނީ ސަރުކާރު.