މާލެ އަކީ މާލޭ މީހުންގެ ތަނެއް ކަމަށާއި، މާލެއިން ބޯހިޔާވަހިކަން އެންމެ ފުރަތަމަ ލިބެން ޖެހޭ ބަޔަކީ އެއީ ކަމަށް، މާލޭ ސިޓީގެ ކުރީގެ މޭޔަރ ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.

ސަރަނގު އާދަމް މިހެން ވިދާޅުވީ، ސީއެންއެމްއިން ރޭ ގެނެސްދިން، "އިތުރު ކާފު" ޕްރޮގްރާމުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

"ބޯހިވާ ވަހިކަމަށް ހައްލު ގެނައުމުގައި ފުރަތަމަ ކަމަކީ، މާލޭ ސިޓީ ކައުންސިލްގެ ދަށުގައިވާ ބިމެއްގަ، ނޫނީ ބާރު ފޯރުވޭ ބިމެއްގަ ފްލެޓް އަޅާފަ، މި ވެނި ވަޒީފާއެއް އަދާކުރާތީ އޭ އެވެނި ކަމެއް ކުރާތީ އޭ ކިޔާފަ މާލޭ ނޫން މީހަކަށް ގެދޮރު ދިނުމުގެ އިސްކަން ދީގެން އެކަމެއް ނުކުރެވޭނެ. މާލޭ މީހުންނަށް ފުރަތަމަ ދޭން ޖެހޭނީ. މާލެ އަކީ މާލޭ މީހުންގެ ތަނެއް." އާދަމް މަނިކު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މާލޭ ރައްޔިތުން މާލޭގައި ދިރިއުޅެމުންދަނީ ވަރަށް ދަތި ޙާލުގައި ކަމަށާއި، ފްލެޓް ދިނުމުގައި އެމީހުންނަށް އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭ ކަމެށެވެ.

"މާލެ އަކީ މުޅި ރާއްޖޭގެ ވެރިކަން ކުރާ ރަށް. އެކަމަކު މާލޭ މީހުންނަށްވެސް ނިދާލައިގެން ކައިލައިގެން ބޯލައިގެން އުޅެވިގެން ދެއްތޯ، ރާއްޖެ ތެރެއިން މާލެ އަންނަ މީހުންނަށްވެސް އުޅެވޭނީ. ނިކަން ބައްލަވާ މާލޭ ހަޤީޤީ މީހުން، އެންމެ ކޮޓަރިއެއް ތެރޭގައި މަންމައާއި، ބައްޕަ އާއި، ދަރިއާއި، ދަރި އިނދެގެން އުޅޭ މީހާ ނިދާއިރު، ބައްލަވާ އަޅުގަނޑުމެން ތެރޭގައި މި ހުރި ކްރައިމް ތައް. ގޭތެރޭގައި ނޫޅެވޭތީ ޒުވާނުން ބޭރަށް ނިކުންނަނީ. ދެން ތަފާތު އިންފިލުއެންސްތައް އަންނަނީ. ގެއިން ސައިތައްޓެއްވެސް ބޮވެއް ނެތީމަ، ކޮފީ ޝޮޕަށް ދަނީ. ގޭގައި ކެއްކެއް ނެތީމަ ޓޭކްއަވޭ ގެންނަނީ ނޫނިއްޔާ އޮފީހުގައި ސައި ބޯލަނީ. އާއިލީ ދިރިއުޅުމެއް މާލޭ މީހުންނަކަށް ނެތް. މާލޭ މީހުންނޭ އަޅުގަނޑު މި ދަންނަވަނީ ހަމަ ދަފްތަރުވެސް ހިމަނައިގެން. އެކަމު ރިއަލިޓީ އަކީ، ސިފައިންނަށް ޙާއްޞަކޮށްގެން ފްލެޓް އެޅޭ، ފުލުހުންނަށް ޙާއްޞަކޮށްގެން ފްލެޓް އެޅޭ. ޓީޗަރުންނަށް ޙާއްޞަކޮށްގެން ފްލެޓް އެޅޭ." ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު ކުރިއަށް އޮތް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނެ އެވެ. މި އިންތިޚާބުގައި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކުރާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. އަނނި މަރލާ

    ރޭސިސްޓް. ހަތަރު ކަށިމަތި މާލެ ކިތައް މީހުންތޯ މާލޭގަ އުޅެނީ.

    72
    10
    • ހަތަރުކަށިމަތި

      އާނއެކޭ އާނއެކޭ މާލެއަކީ މާލޭ މީހުންގެ ތަނެކޭ އެހެންވެއޭ މަސާޖްޕާލާތައް ގިނަވެގެން އުޅެނީ. މާލޭ މީހުންނަކީ މާލޭ މީހުންނޭ. ހަތްފެނު ކެއްކިޔަސް އެނުވާނޭ ދެގޮތެއް.
      އެކަމަކު ބުނަން ތީ ބޮޑު މުސްކުޅިއެއް. ވިސްނުންވެސް އެހާ މުސްކުޅި. ކަޑައޭ އެހެންވީމަ.

      9
      1
  2. ހައްވަ

    ސަރަނގު ކަަަަަަލޭތިބުނާއެއްޗަކައްއެއްބަސްވާނެމީހަކު ނުހުންނާނެ މާލޭމީހުން ލާރިހޯދަން ދޯގެދޮރުހުންނަނީ ދިހަބާރަބުރިޔައް ގެނަގާފަ ދަރިންގޮވައިގެން ދަނީ ޖިފުޑިގަނޑައް އެތަންކުއްޔައްދީފަ

    71
    14
  3. ގޯތި

    ތިޔަ ވިދާޅުވާގޮތަށް މާލޭގެ ރަށްވެހިން ދަތި ހާލުގައި އުޅެނިކޮށް މާލެއިން ކުއްޔަށް ދޭން ކިތައް ކިތައް ގޯތި މަނިކުފާނު ބައްލަވައިގެންފީމުތޯ؟ މަނިކުފާނު ބައްލަވައިގަތް ގޯތިތަކުގައި ދިރިއުޅުއްވަނީތޯ ނުވަތަ ކުއްޔަށް ދެއްވައިގެން ބޮޑު އަގު ނަންގަވަނީތޯ؟ މިކަން ސާފުކޮށްދެއްވާ!

    76
    3
  4. ސަޒާ

    މާލޭ މީހާ އެއްމެ ކޮޓަރިއެއްގެ ތެރޭގައި ހުރިހާ މީހުން ނިދަނީ ރާއްޖެތެރޭގެ މީހާއަތުން ފެލާލައިގެން ގިނަ ލާރި ހޯދަންވެގެން ބޮޑުއަގުގަ ކުއްޔައްދޭތީ

    73
    15
  5. ކަމަނަ

    ހުޅުމާލެ އަކީމާލެ މީހުންގެ ތަނެއްނޫން އެއީ ހުރިހާ ދިވެހި ރައްޔިތުންގެ ހައްގެއް

    72
    14
  6. Anonymous

    ސަރަނގޭ، ކަލޭ ދައްކަބަލަ މާލެއިން މާލޭ މީހަކު. މުޅިންވެސްތިބީ ރާއްޖެތެރެއިން މިތަނަށް އައިސް ވަޒަންވެރިވެ މާލެ ވެފައި ތިބި މީހުން. މާލެ ފުރަތަމަ ގެންގުޅުނީވެސް މާލޭ ބަޔެއްނޫން. ފުރަތަމަ ވަޒަންވެރިވީވެސް ހުއްދަނެތި ރާއްޖެތެރެއިން އައި ބަޔަކު. އޭގެފަހުން ރަސްކަން ވާރުތަވަމުންދިއުމާ ފުރޮޅި އާބަޔަކަށް ގޮސްފައިވެސް ވަނީ ރާއްޖެތެރޭ ދަރިކޮޅު ތަކަކަށް.
    މާލެއަކީ އެއްވެސް ބަޔެއްގެ މިލްކެއްނޫން. ޤައުމެއްގެ ގޮތުގައި އެކުލަވާލައި ރައްޔިތެއް ކަނޑައަޅައި ވެރިކަމެއް ރަސްމީކޮށް ހިންގަންފެށި ވެރިރަށަކަށް މާލެ ހަމަޖައްސައި ދެން ވެރިކަން ހިންގުމަށް ރަށްރަށުން އެހައިތަނަށް އަދި މިހާރުވެސް މާލެއަށް އައިސް އުޅޭ މީހުން ފެނިދެނިވެ އިނދެ އާބާދުވެ ދަރިފަސްކޮޅު ޖީލުތަކަށް ދެމިގެންދިޔަޔަސް އެއީ ހަޤީޤީ ރާއްޖެތެރޭ މީހުން.
    މާލެ އަކީ ރާއްޖޭގެ ހުރިހާ އެންމެންނަށް ހަމަހަމަ ރަށެއް، އެންމެންގެ މައްޗަށް ވެރިކަން ހިންގާ ރަށް. ވެރިކަން ހިންގުމުގެ ނިޒާމުގެތެރޭގައި ކުރަންޖެހޭ ކަންކަން ކުރުމަށް މާލޭގައި ދިރިއުޅުމީ މާލެވުމެއްނޫން.

    68
    7
  7. ޟުށަ

    މާލޭގއި ތިބި ރާއްޖެތެރޭ އެންމެން ފައިބާފިއްޔާ މާލޭ މީހުން ތިބޭނީ ހަމަ ނުކައި ނުބޮއި. ކޮންވާހަކައެއް ދައްކަން މާލޭ މީހުންގެ ތަނެކޭ އެބަ ކިޔަނޫން

    74
    12
    • އަޝްރަފް

      ނުކެރޭނެ ފައިބާކަށް، ހުސް ވައި އަނގަ ތިތަޅަނީ111 ދެބަލަ ރަށަށް

      14
      6
  8. އެޑްމުންޑޯ

    ނޫނޭ މަނިކާ ، މާލެ އަކީ މުޅި ރާއްޖޭގެ ވެރިކަންކުރާރަށް ، ވީމާ މާލޭގައި ދިރިއުޅުމަކީ މާލެ މިލްކްވާނެކަމެއްނޫން ، މާލެ އިން ވެރިކަން އެހެންރަށަކަށް ބަދަލުކޮއްލާ ، އޭރުން ތިބުނާ ގޮތަށް ވެދާނެ

    53
    2
  9. ޝަރީފު

    ތިވިސްނުމަށް ހަމަހިލާ މަގޭ ވޯޓެއް ނުދޭނަން.

    64
    6
  10. މަ

    މީހާދާ ނަސްލީ ތަފާތު ކުރާބަޔަށޭ ވޯޓް މިދެވުނީ. މައްސަލައަކީ ދިވެހިރައްޔޮތުންނަށް މިކަން ނޭގޭތީ.

    46
    4
  11. ސަންފައްތަ

    މާލެ މާލެއަކަށް ހެދީ ރާއްޖެތެރޭމީހުން. މާލޭމީހުންނެއް މިހާރަކު ނުތިބޭނެ.

    47
    4
  12. Anonymous

    އެހެން ވީމަ ރާއްޖެތެރެއަކީ ރާއްޖެތެރެ މީހުންގެ ތަނެއް..މާލޭ މީހުން ގޮސްގެން ނުވާނެ..

    60
    3
  13. މާމީ

    މާލޭ މީހުން ރާއްޖެތެރޭ މީހުނަށް ބޮޑު އަގުގަ ކުދިކުދި ތަން ތަން ކޮޅު ހަދާ ކުއްޔައް ދީފަ ތިބުނަނީ މާލޭ މީހުން އުޅޭނެ ތަނެއް ނެތޭ ވަރައް ހަމަޖެހޭ ވާހަކަ އެއްތިދެއްކީ ސަރަނގު ވެސް މާރުކޭޓު ހަދާފަ ވެސް ބޮޑު އަގުގަ ކުއްޔައް ނޫންތޯ ދެއްވީ. މާލޭ މީހުން ގެ ތެރެއިން މާލޭގަ ދިރިއުޅެނީ ކިތައް މީހުންތޯ ބެލިން ތޯ އަދި ތިވަރަކުން މޭ ގަނޑު ކަމެއް ނުލިބޭނެ،

    36
    4
  14. ޖައުފަރު

    ދިވެހިރާއްޖެ އަކީ މުސްލިމުންގެ ތަނެއް ތިކަހަލަ ލާދީނީ މީހުން މިތަނުންފައިބާ

    42
    2
  15. ހުސެން

    ރާއްޖެ މީހުންނަކީ ރާއްޖެމީހުން،ރާއްޖެ އެތެރެ މާލެ އޮތީ ،މާލެ މާލެ އަށް ވީ ވެރިކަން ކުރާ ރަށަށް ވީމާ ދިވެހި ހުރިހާ ރައްޔިތުންގެ މަސައްކަތުން މާލެއަށް މާލެއަށް ވީ.ތިކަހަލަ ތަފާތު ކުރުން ނަސްލީ ތަފާތުކުރާ މީހުން ފެއިލްވާނެ

    31
    2
  16. ސީ ތޭރަ

    ބަލަސަރަނގާ! މާލެމީހުން ހާލުގައި އުޅެނީ މާލެމީހުން ކަންނެތްކަމުން. މާލެ މާލެއަކަށްހެދީ ރާއްޖެތެރޭ މީހުން. މާލެމީހުން ޖެހޭނީ ރާއްޖެތެރެ މީހުންނަށް އެނދުދީފަ ތަޅުމުގައި ނިދަން. ނޫނީ ކާކަށް, ބޯކައްވެސް ނުލިބޭނެ. ޙަގީގަތް ގަބޫލުކުރޭ!

    36
    16
  17. ރަގީބު

    އާދަންމަނިކު! ކަނޑުކޮސް ވާހަކަދައްކައިގެނެއް ވޯޓެއް ނުލިބޭނެ. މާލޭ މީހުންނަކީ ކޮބައިތަ؟

    35
    1
  18. ބޯކިބާ

    މާލޭމީިހުންގެނޫން އެއްޗެއް ހުރޭތަ، ގައުމުގެ ހަޒާނާ ގެންދިޔައީ ގެއަށް، އަތޮޅުތަކުގެ ރަށްރަށަކީވެސް މާލޭމީހުންގެ މުދާ، ވިއްކާފަ ފައިސާކޮޅު ޖީބަށް އަތޮޅުމީހަކަށް އަންގާވެސްނުލާ.

    26
  19. އިންނު މުހައްމަދު

    ރުހުނަސް ނުރުހުނަސް މާލެއަކީ ހަމައެކަނި މާލެ މީހުން ތަނެއްނޫން..

    32
    6
  20. ހދ

    ތިއޮތީ މޭޔަރުކަން ލިބިފަ..ހެޔޮ ދުޢާއާ ސަލާމް

    29
    1
  21. އަބޫބަކުރު

    މިފަހަރު އިރާދަކުރެއްވިއްޔާ ހޮވޭނީ ސަނރަގޭ. މިކަން އެންމެ ބޮޑު މައްސަލައަކަށް ވާނީވެސް އެމް.ޑީ.ޕީގަ އުޅޭ ގުރާސް ރޫޓޭ ކިޔާ މީހުންނަަށް.

    11
    14
  22. ހެޔޮ މަގު

    މާލެ އަށް ވުރެން ރާއްޖެ ތެރެ މާރަނގަޅު، އަހަރުމެން ނެތީމު ތި މާލެ ދެކެ ހޭބަލި ވާކަށް ދުނިޔެ ނިމެން ދެން ކޮނމެ ތާކު އުޅުނަސް ހެޔޮ ގޮތުގަ އުޅެ ވޭތޯބަލާތި.

    29
    1
  23. ކަޑަ

    މީތި ކަޑަ! ކުއްޔަށް ދީފަ ގިނައިން ލާރިކާން އެއްތާކު އުޅެނީ

    20
    5
  24. ? ޖާބިރު.

    ކަލޭ ހުރެބަލަ މާލެވެގެން. ކަލެ އައް ތިހިރީ ވޯޓުލިބިފައި. މިހިރަ މޮޔަ މީހާ. ރާއްޖެ ތެރެ އިން އައިސް ތިބި މީހުން އަސްލު މާލެ ވަޒަންވެރިންނައް ވުރެ ގިނަ. ފުރަތަމަ މާލެ އަކީ 1500 މީހުން ހަމަ ނުވާ ކުޑަ އާބާދީ އެއް. ސަރަގޭ ކަލޭ މޮޔަވެގެން ނޫޅޭ. ކަލެ އައް ވޯޓެއް ނުދޭނަން.

    19
    3
  25. ހިތާމަ

    އެހެންވިއްޔާ މާލޭ މީހުން ޖެހޭނީ ފައިސާ ހޯދަންވެސް. ލޯނުނަގަންވެސް. ވަކިން މާލޭ ސަރުކާރެއް ހަދަންވެސް ފެނޭ. ކަލޭ ބުނެބަލަ މާލެމީހެއްގޮތުން މާލެއަށް ކޮށްދިން ކަމެއް. ތިހިރީ މޭޔަރުކަން ކުރެވިފަ. ފުރތަމަވެސް ތިބުނަނީ ތަފާތުކުރުންތައް. އެކިމީހުންނަށް އެކިގޮތް ހަދަން. ދެން ކިހިނެއް މޭޔަރުކަމަށް ކުފޫހަމަވާނީ. ކަލޭތީ ދުލަށްއައިހާ އެއްޗެއް ކިޔާމީހެއް

    20
    2
  26. ޭEsoru

    Male ga hama ekani Male meehun ulhenvehjjihya gamu nuhingaa thiben jeheyny buraanthynaaa.

  27. ާސުރެން ސުރެން

    ޢާއޭ އެހެންވީމާތާ އަދިވެސް ތިޔަބަލަނީ ރާއްޖެތެރޭމީހުންނަށް ގެތަޢް ކުއްޔަށްދީފައި ގޮސް ބޭރު ޤައުމުތަކުގައި މާލޭ މީހުން ދިރިއުޅުން ފަހިކުރަން ހިއްވަރުދޭން ތިޔަ ނުކުނަނީ

    17
    1
  28. މޮޔަ

    އާޅޭ އަނެއްކާ ފެށޫދޯ މިޔު

    11
    1
  29. ދޮނާ

    މިޔޮން ހުރިހާދުވަހު މި މާލެމީހާކޮން ތާކުތޯ އިންތިހާބެއް ކައިރިވާއިރައް މާލެ މީހުން ގެ ވާހަކާ މާލެމީހުނައް މިވެނިކަމެއް އެވެނިކަމެއް މާލެމީހާދައް ކާޓެކްފައިސާއިން އެކަނިތޯ މާލެއައް ހަރަދުކުރަނީ މިހާރުވިސް މާގިފައިސާ ޓެކްސްގެގޮތު ރާއްޖެތެރެމީހާދައްކާ އާގަފުޅާ ކޮއްފަ މާލެ ވެގެން ތިވާހަކަތިދައްކަނީ މިހާރުވިސް މިމާލޭގެ 75 އިންތައަކީ ރާއްޖެތެރެމީހުން މޮޔަފުޅުވީތޯ ސަރަނގު

    1
    2
    • ރަށަށް ދާން ހިނގާ!

      %75މީހުން ހިނގާބަލަ ރަށަށްދާން. %90 މީހުން ބޭނުމެއްނުވާނެ. ރަށުގަ މާ އަރާމުގަ އުޅެވެން ހުއްޓަސް. ރަށަށްގޮސް މަސައްކަތްކޮށް މުއްސަނދިވާ ބައިވަރުމީހުންއުޅޭ. ޢެންމެންވެސް ބޭނުންވަނީ މޭޒުދޮށު ވަޒީފާ ކިޔަވަ ނިންމާފަ. ނޫނީ މާލޭގެ ލައިފްސްޓައިލް. ކުޑަ ތަންކޮޅެއްގަ ކިތައްމެ ބޮޑު ކުއްޔެއްގަވެސް އުޅެން ބައެއް މީހުންނަށް އޯކޭ.ސޯ އިޓްސް ޓޫވޭ ޔޫ އިގްނޮރަންޓް.

      2
      1
  30. ޖާބިރު.

    ސަރަންގޭ ކަލޭމަށައް ކަލޭ އެމްޑީޕީ ހަރުގެ އިން ފެނިޖެއްޔާމު ހުތްކުރާނަން. .ކަލޭ ހޮވި އަކަ ނުދޭނަން. އެމްޑީޕީ ވެރިކަމައް
    ގެންނަނީ އަހަރުމެންގެ ބުރަމަސައްކަތުން. ކަލޭއޮންނަނީ އޭސީ ރޫމުގަ ނިދާފަ.

    2
    4
  31. މޯދީ

    މަ ވެސް މީ ރާއްޖެތެރެއިން މާލެ އައިސް މާލޭގައި ވަޒަންވެރިވެ މިހާރު މާލޭ ރައްޔިތެއް. ބުނަން ބޭނުން ވަނީ ތިކަހަލަ ރޭސިސްޓް މީހަކަށް މަށާ މަގޭ ބާރު ހިގާ އެންމެންގެ ވޯޓް ހަރާމޭ. ވ. ޥެދުން.

    5
    3
  32. ޓިނު

    ބަލަގަ ތިބުނާ މާލެމީހާ ތަރިކަބަހާގެން ިލބޭ ތަންކޮޅު ރާއްޖެތެރޭ ކޮންމެވިސް މީހަކަ ބޮޑުއަގުގަކުއްޔައްދީފަ ހުންނަނީ އެމީހަގޮސް ރައްޖޭންބޭރުގަ ދެން އުޅެ އުޅެފައަންނަ އިރު ވަންނާނެތަނެއް ނޯވެ މާލޭން ލިބޭބިންކޮޅުދޫކޮއްލާފަ ހުޅުމާލޭ ބިން ފުލެޓް ރޯހައުސް ހޯދާފަ އެތާ ދިރިއުޅެނީ ކިތައްމީހުންތޯ މިހާރުވިސް ހުޅުމާލޭން ފުލެޓްލިބުނުގިނަމީހުން ހަމަ 1 ކޮޓަރީގަނިދާފަ 2 ކޮޓަރި ނޫނީ 1 ކޮޓަރި ހުންނަނީ ކުއްޔައްދީފަ މަސައްކިތް ނުކޮައް އެތާދެ ކުލިދައްކަންވެގެން ކަންތައްތައްބަލާމިހަކައް އެގޭނި އިންތިހާބެއް ބޯމަތިވާއިރައް މާލެ މާލެ ކިޔަކަސްކަމަކުނުދާނެ

    2
    3
  33. ޕޭމް

    މި ކޮންތާކުން ނިކުތް މޮޔައެއް! ބޯހަލާކު!

    3
    2
  34. މޫސަ

    މޭޔަ ރުކަމަށް ކު ރިމަތިލާފަ މާލޭ މީހުން ގުނބޯ ހައްދަނީ ދޯ. މިފަހަ ރު ތިޔަ ކަމެއް ނުވާނެ.

    3
    1
  35. ޔާ

    ހަމަ ތެދެއް. ރާއްޖެ ތެރޭ މީހުން މާލެ ހުޅުމާލެ އަންނަނީ އެމީހުންގެ ރަށްތަކުގަ ފެސިލިޓީސް ތައް ނުހުންނާތީ. ޒަރޫރީ ބޭނުންތައް ފިޔަވައި އެމީހުންވެސް އައިސް މާލޭ މީހުން ގޮތައް މިތަންތަނަށް އައިސް މުޅި މާލެ ހުޅުމާލެ ފުރާލާފަ ބަންޑުން ވާވަރަށް ހުރީމަ އަސްލު މިނިވަން ކަމެއް ނޯވޭ. މާލެ ހުޅުމާލެ އަކީ ރާއްޖެތެރޭ މީހުންގެ ތަނެއް ނޫން. ހަމަ ރަށު ރައްޔިތުންގެ ތަނެއް. ސަރުކާރުން އެބަ ޖެހޭ އަވަހަށް ރާއްޖެތެރޭ ސިޓީ ތައް މާލެ ފެންވަރަށް ތަރައްްގީ ކޮށް މިހުރިހާ އެންްމެން އެމީހުންގެ ރެސިޑެންޓް ތަކަށް ފޮނުވަން. މާލެ ސިޓީ ބަންޑުން ވަނީ މިޔޮތް.

    5
    2
  36. އަންތަރީސް

    ސަރަނގައް ބުނެލަންއޮތީ މާލޭގެދޮރުވެރިންގެ 90 އިންސައްތަ މާލެއަކު ނޫން އުޅުއްވަނީ ބޭރު ކަރަކަރާގަ މާލޭ ގެދޮރުވެރިންގެ ގެދޮރުގައި ހާލުގައުޅެނީވެސް ރާއްޖެތެރޭ ނިކަމެތިން ރާއްޖެތެރޭ މީހުން ނިކަމެތިވަނީވެސް ބުރަމަސައްކަތުން ހޯދާލާރިކޮޅު މާލޭގެދޮރުވެރިންނައްދޭންޖެހޭތީ

    1
    2
  37. ހަސަންބެ

    މަގުމަތީގައި ޖަލްސާ ބާއްވައި ކިނބިގަސްދޮށުގެ ދައުލަތަށް މިފަހަރު ނެގޭތޯ ބަލަން ވާނެ.

    1
    1
  38. ސޭޓް

    ދަފްތަރު މީހުންވެސް ވޯޓް ދެނީ މާލެ އަށް؟ އެކަން ހަނދާން ބަހައްޓާތި

    2
    2
  39. ސުނުސް

    ދެން ކީއްވެތަ ދާންދޫގައި ދުއްވާ ސައިކަލަށް ނަގާ ފީ ބޭނުންކޮށްގެން މާލޭގެ މަގުތައް ހަދަނީ.
    ކިހިނެއްތަ ދިވެހިންގެ ޓެކްސް ފައިސާއިން މާލެ ހުޅުމާލެ ހިއްކައި އެމީހުންނަށް ފްެލެޓް އަޅައިދޭނީ.
    އަހަރުމެން މާލޭމީހުންނަށް ބަލަދު އަރަންޖެހޭ އަޅުންތަ ؟

    4
    1
  40. ރަހޫ ބިޓު

    ކޮބާތަ މާލެ ރަހޫ؟