ގދ، މަޑަވެލި ގެއެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުއެވެ. އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެރަށު ނާރެސް ގޭގައެވެ.

އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާއިރު، މިހާރު އެމްއެންޑީއެފްގެ ފަޔަރު ޓީމުން ދަނީ އެެ ގޭގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ހާދިސާގައި އެގޭގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެގޭގެ 80 ޕަސެންޓް އަނދާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

"މި ހާދިސާގައި އެގޭގެ ހަތަރު ކޮޓަރި އެއްކޮށް އަނދާފައިވާއިރު، ދެ ކޮޓަރިއަށް ދުމުގެ އަސަރުކޮށްފައިވޭ". އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެރަށު ކައުންސިލް ނައިބް ރައީސް އަހުމަދު އަޒަމް ވިދާޅުވީ، އެ ގޭގައި އަލިފާން ރޯވެފައި ވަނީ މިއަދު ހެނދުނު ކަމަށާއި، ބޮޑަށް ލަފާ ކުރެވެނީ ކަރަންޓް މައްސަލައެއްގެ ސަބަބުން ރޯވީ ކަމަށެވެ.

"ގޭގައި ހިފާ ގެންގުޅޭ އެއްޗެއްސާއި އެއްޗެހި ސަލާމަތް ކުރެވުނަސް، ގޭ މަތިވަޑާން 70 ނޫނީ 80 ޕަސެެންޓް އަނދާފައި ވަނީ". އަޒަމް ވިދާޅުވިއެވެ.

އެ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 7:50 ހާއިރުއެވެ. ރަށުގެ ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ، 8:40 ހާއިރުއެެވެ.

އަޒަމް ވިދާޅުވީ، އެ ގެއަކީ އާއްމުކޮށް 10 މީހުން އުޅޭ ގެއެއް ނަމަވެސް، ހާދިސާ ހިނގިއިރު ގޭގައި ތިބި ދެ އަންހެނުންނާއި ދެ ކުޑަކުދިން ކަމަށެވެ.

އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޖޭ

    މާލޭގައިވެސް ރާއްޖެތރޭގައިވެސް ސިފައިން ދާއިރު ނުވަތަ ދިޔަޔަސް %80 ނޫނީ %100 އަނދާ އަޅިޔަށް މިވަނީ، ކިހިނެއް ވާ ކަމެއްތޯ ބަލާލަން ފަޔާފައިޓިންގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު އުޅެފައިވާ މިހާރުވެސް އުޅެމުންދާ ބޭފުޅަކު ކައިރީ އަހާލުމުން އެނގުނީ އެކަމުގެ ހުނަރު ތިބި މީހުން ކެނޑިގެން ރިސޯޓްތަކަށް 50000 ވަރު ގެ މުސާރަތަކަށް ވަނީ ގޮސްފައި ކަމެވެ. މިހާރު ފަޔަރ އޮންނަނީ ނަމެއްގައި ކަމެވެ. އަސްލު އެއީ ވަރަށް ރިސްކީ ޖޮބްއެއް އެމީހުންނަށް ޖެހޭ ބޮޑު މުސާރައެއްދޭން.