ސީއެމްޑީ ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ފައިނޭންސް ލީސިންގ ވިޔަފާރި ކުރުމުގެ ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ، ސީއެމްޑީއަށް ރާއްޖޭގައި ލީސިން ވިޔަފާރި ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ އަށެއްގެ ނިޔަލަށް ކަމަށެވެ.

އެމްއެމްއޭ އިން ވިދާޅުވީ، ސީއެމްޑީއިން ލީސިންގ ވިޔަފާރި ފެށުމުން ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމާއި ވާދަވެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެ ކުންފުންޏަކީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ ކުންފުންޏެއްކަމުގައިވާ ޖޭއެމްޓީ ޕްރައިވެޓް ލިމިޓެޑް އިން 99 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. ޖޭއެމްޓީ އަކީ 80 ޕަސެންޓް ޖަޕާނުގެ ހިއްސާދާރު އޮންނަ ކުންފުންޏެކެވެ.

މިހާރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލީސިންގ ވިޔަފާރި ކުރަމުންދާ އެއް ކުންފުންޏަކީ މޯލްޑިވްސް ފައިނެންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިސްޓަރބެލްޓް

    ތިހާދިގު މުއްދަތެއްގަ ލީސިންގްވިޔަފާރިކުރުމުގެ ހުއްދަ ދީފަތިވަނީ ކީތްވެކަ މާމ މެދުވަރަށް ސުވާލުއުފެދޭ. އެއީ ފަސްްޓް ޓާ މް ތޯ؟ އަދި ސެކަންޑް ޓާ މް އަކަށް އަލުން ހުއްދަ ދޭނެތޯ؟