ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިނާ ސަރުކާރުން ގާއިމްކޮށްދިން ލޮލުގެ ފަރުވާދޭ ސެންޓަރެއް ހުޅުވައި ފަރުވާދޭން ފަށައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ޗައިނާ ސަރުކާރުން ގާއިމްކޮށް، އެ ގައުމުގެ އެހީއާ އެކު ހިންގަން ހަމަޖެހިފައިވާ ލޮލުގެ ފަރުވާދޭ މަރުކަޒުގައި އިސްކޮށް ހުންނަވަނީ ޑރ.ޗެން ވެއިރޮންގް އެެވެ.

ޗައިނާ ސަފީރު ޒާން ލިއޮން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމް ކުރި ލޮލުގެ ފަރުވާ ދޭ ސެންޓަރުން ހިދުމަތް ދޭން އިއްޔެ ފަށާފައިވާކަމަށް ޑރ. ޗެން އަންގާފައިވާ ކަމަށެވެ. އަދި އެއް ދުވަސް ތެރޭގައި އެ ސެންޓަރުން 30 ލޮލުގެ ސާޖަރީ ހަދާފައިވާކަމަށްވެސް ޑރ. ޗެން އާއި ހަވާލާދީ ޗައިނާ ސަފީރު ވިދާޅުވިއެެވެ.

ލޮލުގެ ފަރުވާދޭ ސެންޓަރުން ރާއްޖޭގައި ނެތް ޚިދުމަތްތައް ލިބޭނެ އެފަދަ ދެވަނައެއް ނެތް ސެންޓަރަކަށް ވާނެ ކަމަށް ޗައިނާ ސަފީއު ކުރަން ވަނީ ވިދާޅުވެފައެވެ.

ޗައިނާ އިން ގާއިމްކޮށްދޭ ސެންޓަރުން ލޮލުގެ ގިނަ ބަލިތަކަކަށް ފަރުވާ ލިބޭނެއެވެ. އޭގެ ތެރޭގައި ލޯފުސްވުން، ގުލުކޯމާ، އޮސްކިއުލާ ސާފޭސް ޑިޒީޒް ފަދަ މައްސަލަތައް ހިމެއެވެ.

އެ ސެންޓަރުގައި އިސްކޮށް އުޅުއްވާ ޑރ. ޗެން ވެއިރޮންގް އަކީ ފާއިތުވި 30 އަހަރު އެ ދާއިރާގައި މަސަައްކަތް ކުރައްވާފައިވާ އަދި ލޮލުގެ ފަރުވާ ދިނުމުގައި މަޝްހޫރު ޑޮކްޓަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޝާދް

    ނަންބަރު އައިނު އަޅާގެން އުޅޭ ކުދިން ބާރަށް ދުވެލާފަދޭ އެސެންޓަރަށް ސާޖަރީކޮއްލަން

    6
    3
  2. އުފާ

    ކޮބާ އަންނި. އޭނަ ބަލާނެބާ؟ އިންޑިއާ ވަގުން ބުނާނެ މިހަދަނީއޭ؟ ދުވަހަކުވެސް ނުނިމޭނެ އިންޑިއާމީހުންކުރާ ކަމެއް؟ ސާބަސް ޗައިނާއަށް.

    21
    1
  3. ޖަޒީރާ ބޯއީ

    މަސް މާރުކޭޓުގައިވެސް 400 އަށް ވުރެ ގިނަމަސް ކެންޑި.

    1
    3
  4. ޠޖޖ

    ޓެންކިޔު ޗައިނާ

    4
    1
  5. ސާޒަރީ

    އަގުތައް ޖަހާލިނަމަ ދޯ

  6. ސަމީރު

    ނަޝީދު ދިޔަތަ ސަރޖަރީ ހަދަން؟ އެހެންވިއްޔާ މާދަން އޭނާއަށް ޗައިނާއިން ރާއްޖޭގައި ކުރިޔަށް ގެންގޮސްފައިވާ ތަރައްޤީގެ މަސައްކަތްތއަށް ފެނި އެވާހަކަ ދައްކާނެ.

    2
    1