އައްޑޫ ސިޓީ ލިންކް ރޯޑުގައި ސައިކަލަށް ވަކިން ލޭނެއް ހެދުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ލަފާ ދީފިއެވެ.

އައްޑޫ ލިންކް ރޯޑުގައި ހިނގާ ދިޔަ ނުރައްކާތެރި އެކްސިޑެންޓް ތަކަށް ބިނާކޮށް ހަދާފައިވާ ޕްރިލިމިނަރީ ރިޕޯޓުގައި ލިންކު ރޯޑުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގެ ހިނގާފައިވަނީ ހުރިހާ އުޅަނދެއް އެއް ލޭނެއްގައި ދުއްވުމުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެޑިޓާ އޮފީހުން ދީފައިވާ މި ލަފައަކީ އައްޑޫ ލިންކް ރޯޑުގައި ހިނގާ ދިޔަ ނުރައްކާތެރި އެކްސިޑެންޓް ތަކަށް ބިނާކޮށް ހަދާފައިވާ ޕްރިލިމިނަރީ ރިޕޯޓަށް ފަހުގައެވެ.

އައްޑޫގައި ހިނގާ އެކްސިޑެންޓް މަދު ކުރުމަށް ސައިކަލަށް ވަކިން ލޭނެއް ހެދުމަށް ލަފާދީފައިވާއިރު، މިހާރަކަށް އައިސް އައްޑޫގައި ދެވެ ކަސްރަތު ކުރާ ފަރާތްތަކުން ގިނަ ކަން ފާހަގަކޮށް ވަނީ އެފަރާތްތަކަށް ހާއްސަ ކޮށް ޕޭވްމަންޓެއް ހެދުމަށްވެސް ވަނީ ލަފާ ދީފައެވެ.

އައްޑޫގައި ހިނގާ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ މަގުތަކުގެ ހާލަތު ހުރި ގޮތުންނާއި މަގުގެ އެކި ހިސާބުތަކުގައި އަލިކަމެއް ނެތުމުން ކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު، އޭޖީ އޮފީހުން ވަނީ އެކަންވެސް ފާހަގަކޮށް އަނދިރިކޮށް ނޯންނާނެ ގޮތަށް މަގު ބައްތި ޖެހުމަށް ވެސް ލަފާ ދީފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަނނި މަރލާ

    ހަންކެނޑެ ހާދަ ރީއްޗޭ. އެކަމަކު އެތާނގަ ދުއްވާމީހުން ތިބެނީ ހޭކެނޑިފަ ވިއްޔަ.

  2. މަޒްނާ

    ލިންކް ރޯޑް ވަނީ ވަންވޭ މަގަކަށް ބަދަލު ކޮށްލަން، ހިތަދު - ގަން ކޮޅަށް. އަދި 6 ލޭނުގެ ފުޅާ އާމަގެއް ފުއްޓަރު ފަރާތުން ހަދަން ޖެހޭ. ހިތަދު އިން ގަމަށް އެކްޕްުރެސް ކޮށް ދެވޭ ފެންވަރަށް. ދުރު މުސްތަގުބަލަށް ވިސްނާނަމަ ހުޅުމީދޫ ބުރިޖް އެޅުނީމާ ހައިވޭ އެއް ބޭނުންވާނެ ގަމަށް ދާން.

    • ޢަބްދުއްލަޠީފު

      އިންޑިޔާ މީހުން ކޮންތާކަށް ލާފަ ދެކުނު ފަރާތުން މަގެއް ހަދާނީ؟ ތިއުޅެނީ ލިންކް ރޯޑް ޢާއްމުންނާ ވަކި ކޮއްލަން. ބަލާތި

      1
      1
  3. ފިގޭ

    ލައިޓް ޕޮލިއުޝަން ބޭނުމެއް ނޫން

  4. ރޯނު އެދުރު

    ލިންކްރޯޑު. ލައިންތަކައް ބަހާލެވޭވަރައްވުރެ ހަނި. ފުރަތަމަ ކަމަކައް މަގު ޖެހެނީ ފުޅާކޮއްފަ ރަގަޅު ފެންވަރަކައް ހަދަން.