އައްޑޫ ސިޓީ މަރަދޫގައި ހުންނަ އިރުޝާދިއްޔާ ސްކޫލް 12 ކްލާސްރޫމް އިމާރާތުގެ ކުރުމަށް ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިއީ PSIP 2019 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ❖ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. އަދި މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޒުބައިރު މުހައްމަދެވެ.

މި 12 ކްލާސް ރޫމް އިމާރާތް ކުރުމަށް އެއް މިލިއަން އެއްލައްކަ ހަތްދިހަ ހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ސާޅީސް އެއް ލާރި ހަރަދުވާނެއެވެ. މި ޢިމާރާތުގެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައި ވަނީ 300 ދުވަހެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އުއްމީދުކުރަނީ 2020 ވަނަ އަހަރު ނޮވެމްބަރ މަހު މި މަސައްކަތް މުޅިން ނިމި، އަޅުގަނޑުމެންނާ ހަވާލު ކުރެވޭނެ ކަމަށެވެ.