އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމްގެ މައްސަލާގައި ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވައިިފިއެވެ.

މި މައްސަލަ މީގެ ކުރިން ތަހުގީގުކޮށް ދައުވާ ކޮށްދޭން ރިޔާސީ ކޮމިޝަނުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅި ނަމަވެސް ޕީޖީ އޮފީހުން ވަނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަން އަނބުރާ ފޮނުވާލާފައެވެ. މި މައްސަލައިގެ އިތުރުން ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރި ހުރިހައި މަރުގެ މައްސަލަތަކެއްވެސް އަނބުރާ ފޮނުވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

މަރު ކޮމިޝަންގެ މެމްބަރު ފަރީޝާ އަބްދުﷲ ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުގެ ލަފާގެ މަތިން ޝަހީމްގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅި ވަކި ތާރީޙެއް އެނގިފައި ނުވި ނަަމަވެސް، ގިނަ ބަޔަކު ވަނީ ޑރ. އަފްރާޝިމްގެ މައްސަލައިގެ ތެރެއަށް ޑރ. ޝަހީމް ވެއްދުމުން މިކަން ވަރަށް ބޮޑަށް ސިޔާސީ ކޮށްފައިވާ ކަމަށްބުނެ ހިތްހަމަނުުޖެހުން ފާޅުކޮށްފައެވެ.

މި މައްސަލާގައި މީގެ ކުރިން ޕީޖީ އޮފީހަށް ދައުވާ ކުރަން ފޮނުވުމުން ޑރ. ޝަހީމް ވިދާޅުވެފައި ވަނީ މި ދައުވާ އަކީ ސިޔާސީ ދައުވާ އެއް ކަމަށާއި މިކަން ކުރަނީ ސިޔާސީ ކެރިއަރު ދުއްވާލުމަށް ކަމަށެވެ.

"އަފްރާޝީމްގެ މަރުގެ މައްސަލައަކީ އަޅުގަނޑާއި އެއްވެސް ވަރަކަށް ގުޅުން ހުރި މައްސަލައެއް ނޫން.ދައުވާ ކުރަނީ އަޅުގަނޑުގެ މަސައްކަތައް ހުރަސް އަޅައި ސިޔާސީ މުސްތަގުބަލް ދުއްވާލަންށެވެ. މާތްﷲ އަށް ވަކީލް ކުރަމެވެ." ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ އާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަޙްޤީޤުގައި އަފްރާޝީމް އަވަހާރަކޮށްލުމުގައި ޝަހީމްގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތެއް ވެސް ކޮށްފައެއް ނުވެއެވެ. ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލި ދުވަހު ޝަހީމާއި އަފްރާޝީމް ބައްދަލު ކުރީ ޝަހީމް އެދިގެން ކަމަށް ރިޔާސީ ކޮމިޝަނުން ވިދާޅުވެއެވެ.

ޝަހީމް ވިދާޅުވެފައި ވަނީ އޭނާ އެދުވަހު އަފްރާޝީމާއި ބައްދަލު ކުރީ އަފްރާޝީމް އިސްވެ އެކަމަށް އެދިވަޑައިގަތުމުންނެވެ. އަފްރާޝީމް އަވަހާރަކޮށްލި އިރު ޝަހީމް ހުންނެވި އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމުގައެވެ. އަދި މިހާރު އެބޭފުޅާ އަކީ މުސްލިމް ގައުމުތައް ހިމެނޭ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމުގައި "އިންސާފު ހޯދައިދިނުމުގެ ވައުދު" ފުއްދުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތާއި މެދު އެތައް ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ. ރިޔާސީ ކޮމިޝަނުން ބައެއް މައްސަލަތަކުގެ ޑްރާފްޓް ރިޕޯޓް އާއްމުކޮށްފައި ވީނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ވަނީ ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެފައެވެ.

ކޮމިޝަންގެ ރިޕޯޓްގައި އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ބުނެފައިވާ އެމްޑީޕީގެ އެކްޓިވިސްޓް އަލީ ޝާން (ސަޓޯ) އާއި އަފްރާޝީމްގެ މަރާއި ގުޅިގެން ދޮގު މައުލޫމާތުދީ އެކަން ސިއްރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތު) އާއި މެދުވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަޙްމަދު

    ވަރަށް ރަނގަޅު.

    1
    41
  2. Anonymous

    އެއީ މިއަދު ކިޔަވާ މަންޒަ ރު ފެނުނީމަދޯ

    35
    1
  3. ކަނަމަނަ

    ކަލޯނެންކުރާނެ ކަމެއްނެތިއްޔާ މަހައްދާންވީނުން

  4. އެދުރުބެ

    ދިވެހި ރާއްޖޭގޢި %90 މީހުންނަކީ ގުރުވާން ކިޔަވަން ދަންނަ މީހުން. އަފުރާޝީމު މަރުގެ މައްސަލައިގައި ޝަހީމުގެ މައްޗައް ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ. ސަބަބު ތައްބައިވަރު.

  5. ބްރޯ

    ތިޔަ މައްސަލަތޯ ތަހުގީގު ކުރަންވީ ،އަފްރާސީމް އަވަހާރަ ކުރަން ބުނި މީހުންކުރެން ހުމާމް އަފްރާސީމް މަރަނި ކީއްވެތޯ އެހުމުން ބުނި މީހާގެ ނަމާ އެމްޑީޕީގެ އުސްފަސްގަނޑު ހިސާރުގާ އޮތް ލިސްތެއްގަ އަފްރާސީމް އަވަހާރަކޮށްލަންލިޔެފަ އޮތްވާހަކަ ސީއެންއެމް ގަ ލިޔެފައޮތުމާ ، އަފްރާސީމް ގެދޫފުޅުން އެމީހެއްގެ އުދަގު އަފްރާސީމަށް ޖެހޭވާހަކަ އަފްރާސީމް ވިދާޅުވެފަ އޮތްމީހާ އަފްރާސީމް އަވަހާރަ ކޮށްލިމީހުން މެދުއިރުމަތީގެ ގައުމަކަށް ފުރިވާހަކަ ވިދާލުވުމާ އަފްރާސީމް އެމީހަކާ ބެހޭގޮތުންދައްކަފަ ހުރި ގިނަވާހަކަތައް ޔޫޓިއުބުގަ ހުރުމާ،އަފްރަސީމް އެމްޑީޕީ އަށް ގެންދަން ފައިސާގެ ހުށަހެޅުންއައިވާހަކަ އަފްރާސީމްގެ ބެބެ ބުނެފައޮތް ވީޑިއޯއަކާ އަފްރާސީމް އެމީހަކާބެހޭގޮތުންދައްކާފަ ހުރި ގިނަވާހަކަތައް ޔޫޓިއުބުގާ ހުރިއިރު މިކަންތަހުގިގު ނުކުރީ ކީއްވެބާ؟

  6. Anonymous

    ޑޮކްޓަރ ޝަހީމަކީ ތިޔަފަދަ ޢަމަލެއް ހިންގަވާ ފަދަ ޑީގްރޭޑް ބޭފުޅެއްކަމަށް ޤަބޫލް ކުރަން ވ. ދަތި

  7. ޢަންސާރު

    ހަހަހަ ވަރަށް ރަނގަޅަށް ރާކަނިމަސް ކެވޭނެ

  8. ޔާﷲ

    ޑރ ޝަހީމް ގެ މަތިވެރި ދަރަޖަ ﷲ އެފުއްލެވުން އެމްޑޫޕީ އަކަށް ހަޖަމެއް ނުކުރެވުނު ޔާﷲ ޑރ ޝަހީމް އަށް ސަލާމަތާއި ރަށްކާތެރިކަން އިބަﷲ ދެއްވާށި އާމީން

  9. ޚ

    ބަލަ އެދުވަހު ކިތައް މީހުނާ އަފްރަޝީމާ ބައްދަލުވެފައި ހުންނާނެތަ ކޮބައިތަ ތަހުގީގަށް ދޮގު މައުލޫމާތު ދިން ސުމިތު އަދިވެސް ޔޫތު މިނިސްޓްރީގެެ ބޮޑު މަގާމެއްގާ

  10. ބްރޯ

    އެދުރުބެޔަކި އަފްރާސީމްއަ ރިޒްވާނުގެ މައްސަލާހަ ހައްޔަރު ކުރަންނުޖެހޭ މީހެއްތަ؟