ކ. އެރިޔަދޫ ރިސޯޓުގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ވިދާޅުވީ އެރިޔަދޫ ރިސޯޓުން ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ ރަޝިއާ ފިރިހެނެއް ކަމަށެވެ. އަދި އެމީހާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 14:22 ގައި ކަމަށާއި އެކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ގޮސް އެ މީހާގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ "ސަންގު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާ ފެނިފައިވަނީ މިއަދު މެންދުރު 13:00 ހާއިރު އެ ރިސޯޓުގެ 113 ނަމްބަރު ކޮޓަރިންނެވެ. އެ މަސްދަރާ ހަވާލާދީ ބުނެފައިވަނީ އޭނާ އެ ރިސޯޓުގައި އުޅެމުން ދިޔައީ އެކަނި ކަމަށާއި އެ މީހާ ނުފެނިގެން ރޫމަށް ވަދެފައިވަނީ ހަބަރެއް ނުވާތާ އެތައް އިރެއް ވުމުން ކަމަށެވެ.

އަދި އެ ޓޫރިސްޓު މީހާ ރޫމްބޯއީ އަށް އަންގާފައިވަނީ ކޮންމެ ދުވަހެއްގެ 11 ޖެހުމަށް ފަހު ކޮޓަރި ސާފުކުރުމަށް ވަނުމަށް ކަމަށާއި، އިއްޔެ ހެނދުނުވެސް އެ މީހާ ރެސްޓޯރެންޓަށް ސައިބޯން ދިޔަ ކަމަށެވެ. އަދި ރޫމް ބޯއީ ރޭގަ އެ ރޫމަށް ދިޔަ އިރުވެސް އެމީހާ ރޫމުގައި އޮތް ކަމަށްވެސް ރޫމް ބޯއީ އާއި ހަވާލާދީ އެ ރިސޯޓުން ވަނީ މައުލޫމާތު ދީފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާބިދާ

    ވިސްނާލަބަލަ މިހާރު ވީގޮތެއް ނޭގި މަރުވާ އަދި ގެއްލޭ މީހުން އެއީ ވަކިބަޔަކު ރާވައިގެން މަރަމުން ގެއްލުވަލަމުން ދާބަޔެކޭ ނުބުނަނީ ކީއްވެ. މަރުކޮމެޓީ ގޮތެއްނިންމަން ފެނެއި

    38
    4
    • ސޫދު

      މަރު ކޮމެޓީން ސޫދު ވަކިވެގެން އެހެން ވަޒީފާއަކަށް ގޮސްފެންނުވާނެ. ވަޒީފާއާއި މަޤާމުގެ ދަހިވެތިކަމުގަ އުޅޭ މީހެއްކަން ސޫދު ސާބިތުކޮށްދީފި.. މިކަހަލަ އަމިއްލަ އެދުން ބޮޑުމީހުން މިސަރުކާރުގެ މަގާމުތަކުގަ މަދެއްނޫން.

      10
  2. މަރުގެރެކޯޑް

    އެމްޑީޕީ ލަދީނީސަރުކާ ރުގެ މީހުންދުލުގެ ވިހަ ކަން އެފެންނަނީ މިއަހަރު މިހާތަނަށް ކިތައްވަނަ މަރު ތޯ އެއްވެސް ކުށެއްނެތް މައުސޫމް ނިކަމެތި އިންސާނުންގެ ބޮލުގައި ވަގު ދޮގު ބަދުނާމް އެޒޅުވުމުގެ ނަތީޖާ މިހާރުފެންނަމުން ތިދަނީ ގޮރީނދޫގެ ގައްޖާ ޕާޓިއަކީ މުސީބާތަކަށް ނުވޭ ތޯ

    9
    4
  3. މުޙައްމަދު

    ޙާދަ އަވަހަަކަށް ކުނިވީ.

    13
  4. ޚަލޯ

    ރޭގަ ދިރިހުއްޓާ ފެނުނިއްޔާ މިއަދު 1300 އަށް ކުނި ނުވާނެ! ރޫމް ބޯއީ..... ސަމްތިންގ އިޒް ފިޝީ