ދާދި ފަހުން ސްޕްރީމް ކޯޓަށް އައްޔަން ކުރި، ކުރީގެ މަރަތަކާއި ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު، އެ ކޯޓުން އަޒުލު ކުރަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ.

ސުއޫދު މަރުކޮމިޝަނާއި ހަވާލުވެ ހުންނެވިއިރު، ތައްޔާރުކޮށްފައިވާ އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމްގެ ތަހުގީގީ ރިޕޯޓަށް ބިނާކޮށް ޑރ. ޝަހީމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވިއެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަން އަނބުރާ ފޮނުވާލާފައެވެ.

ޑރ. ޝަހީމްގެ މައްޗަށް ކުރަނީ އެ މައްސަލާގައި ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތެވެ.

މިހާރު އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ.

މަރު ކޮމިޝަންގެ މެމްބަރު ފަރީޝާ އަބްދުﷲ ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުގެ ލަފާގެ މަތިން ޝަހީމްގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅިކަން މީޑިއަތަކުން ހާމަ ކުރުމާއި ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޓްވީޓްތަކެއްގައި ވަނީ، ކޮމިޝަަނަށް ލިބިގެންވާ ބާރު ބޭނުން ނަހަަމަ ގޮތުގައި ހިފައި ސިޔާސީ ގޮތުން ބަޔަކު ބަދުނާމުކޮށް، ޑރ. އަފްރާޝީމްގެ މަރުގެ މިސްރާބު ދީނީ މީހުންގެ ބޮލަށް ބިންދާލަން މަސައްކަތް ކުރަނީ ހަގީގީ ގާތިލުން ފޮރުވުމަށް ކަމަށެވެ.

"ކޮމިޝަންގެ މެންބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ". ޝަހީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަރު ކޮމުޝަނުން ފޮނުވި ދައުވާތައް ޕީޖީން އަނބުރާ ފޮނުވާލުމުން ދޭހަވަނީ ސުއޫދު ކުޅުނީ ސިޔާސީ ކުޅިއެއް ކަމަށެވެ.

"ސުއޫދު ސުޕްރީމް ކޯޓުން އަޒުލު ކުރަން ޖެހޭ. އޭނާ އަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މީހެއް. ތަހްގީގު ފުރިހަމަ ނުކޮށް ރިޕޯޓް ނެރުނު މައްސަލާގައި ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ". ޝަހީމް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަގޫގޮށްޖެހި

    ބަރާބަރު އެއްވަނައިގެ ވާހަކައެއް. އެއީ ދައުލަތުގެ އެއްވެސް މަގާމަކަށް ލާން ހެޔޮވާވަރުގެ މީހެއް ނޫން. އެއީ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ މީހެއް.

    35
    4
  2. ޑރ.ބާރީ

    ބަލަ ޝަހީމޫ! ތިހިރީ ދޮގުހުވާކޮށްފަ! އެއީ ލާދީނީކަމެއް

    10
  3. ބޮލުރޮދި

    މީވަރައް ނާގާބިލުމީހުންތިބިސަރުކާރެއް އެހެންވީމާ މިސަރުކާރައްނިސްބަތްވާ މީހުންނައްވެސް ކުރެވޭނީ ތާކުންތާކުނުޖެހޭ ކަންތައް ތިމާމެންނާދިމާއައްއަންނަ ހުރިހާކަމެއްކަނޑާލާނީ އެހެންމީހުންގެ ބޮލައް

  4. ☹️ޭ އުމަރު

    ?ޝަހީމު ތެހެރީ އަފްރާޝީމު މަރާއި ގުޅޭ ގިނަ ކަންތަކެއް އެގިހުރެ ސިއްރުކޮއްގެން. ޝަހީމު އިސްލާމް މިނިސްޓްރީގެމިނިސްޓަރަކައް އުޅުނު އިރު އަފްރާޝީމު ވެސް އިސްލާމް މިނިސްޓަރު ކަން ބޭނުން ވެގެން އުޅުނު ކަން ނޫސްތައް ކިޔާލީމަ އެގެން އެބަހުރި. މި އީ ބަޢިވަރު ވާހަކަ