މާލޭގައި 14 ވަރަކަށް މީހުން ހިމެނޭ ގްރޫޕަކުން މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.
އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ މަގުމައްޗަށް ވެއްޓިފައިވާ ޒުވާނަކަށް ބޮޑު ގްރޫޕަކުން އަނިޔާ ކުރާ މަންޒަރެވެ.
ފުރަތަމަ އަނިޔާ ކުރަން ފެށިއިރު، އެތަނުގައި ތިބީ ތިން މީހުން ނަމަވެސް މަގުމުގެ ދެ ފަރާތުންނާއި ކުރިމަތީގައި އޮތް ގޯޅިތަކުން ސައިކަލުތަކުގައި އާއި ދުވެފައި މީހުން އައިސް އޭނާއަށް އަނިޔާ ކުރެއެެވެ.
އަދި ގޯޅިން ނުކުތް ސައިކަލެއް އަންނަ ގޮތަށް މަޑުކޮށްފައިވަނީ އޭނާގެ ގައިގައި ސައިކަލު ޖެއްސުމަށް ފަހުއެވެ.
އެ ޒުވާނާއަށް އަނިޔާ ކުރުމަށްފަހު އެ ގްރޫޕް ދިޔައިރު، އެތަނުގައި ފުލުހަކުވެސް އިނެވެ.
އެ ގްރޫޕް ދިއުމުން އެ ޒުވާނާ ތެދުވެެގެން އިތުރު މީހަކާއި އެކު ދިޔައީއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ވިދާޅުވީ، ރޭ 12:36 ހާއިރު ބޭންކް އޮފް ސިލޯން ކައިރީގައި މާރާމާރީއެއް ހިނގާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން ދިޔައިރު، އެ ސަރަހައްދުން މާރާމާރީ ހިންގި މީހުން ގޮސްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މައްސަލަ މިހާރު ތަހުގީގު ކުރަމުން ދާ ކަމަށެވެ.
މމމއަހަރެން އަތުގަ އެބައިން ތި ވީޑިއޯ
ލިންކް ލިބިދާނެތަ؟
އިސްޓިކަރ ޖަހަ... އެހެޔޮ މެރިޔަސް ކޮޕުން ގާތްވެސް ނުވާތި..ކަތިލިޔަސް އިނގޭ ކަމަށްވެސް ނުހަދާތު...
ޢެކަމްވެސް ވާނެ ކިރިޔާ ޒޯން އިން ކަޓާފައިނިއްޔާ އިސްޓިކާ ޖަހަން... ސާބަހޭ ޕޮލިހުން... ޓްރެއިނިންްގަ ވެސް ދަސްކޮށްދެނީ ފީސަބީލިއްލާހިއަށް އިސްޓިކާ ޖަހަން... ވަރެއްގެ ގައުމެއް މިއޮތީ ހުވާ މިބެނޫ...
ހައްދު ފަހަނަ އެޅި ގްރޫޕް އެކެވެ. ހުކުރު އަދި ހޮނިހިރު ވިލޭރޭ ދަންވަރު މާލޭ މަގުތަކުގަ ރަސްކަން.ކުރަނީ ގްރޫޕް ތަކުންނެވެ. ފުލުހުން ބަލަނީ އެވެ.
އަބަދުވެސް ތަހުގީގުގަ ވާކަމެއް އޮވޭތަ
ފުލުހުންނަކީ ތިހާ ވައިލެންޓް ބަޔަކާ ކުރިމަތިލާން އެއްވެސް އެއްޗެއް ހުރި ބައެއް ނޫން. ޓޯކީ އެއް އޮންނާނެ، އޭގެން ގޮވައިގެން ކަމެއް ވިއްޔާވީ. ނޫނީ އެސޮރެއް ބަތަލް ހެދެން އުޅެގެން ވާނީ ހަލާކު
ތަކުބީރާހިގާ ކިޔެވެލިކިޔަން ފަށަންވީ!އެމީހަކާ އެމީހަކު!ލަދެއްހަޔާތެއް އަދަބެއް ސަދަބެއް އެބަހުރިތަ؟މީހުންމަރަނީ ތަޅާފޮޅަނީ ކުޑަކުދިންނާބެހެނީ، ވައްކަން ހައްދުން ނެއްޓިފާ!ސިޔާސީވެ އިންތިހާ! ޜެޔާދުވާލު ވޯޓު ހޯދުންކޮންމަކަރެއްތޯ ހަދާނީ!
ދިވެހި ދައުލަތުގެ ހަތަރުވަނަ ބާރު ! ޙުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
އިބޫއެވެ.
ޙަޔާތަކީ ވަގުތީ ތަނެކެވެ.
އުޅެލަން ލިބެނީ އެއްމެ ދަންފަޅި އެކެވެ.
ވީމާ ﷲ އަށް ބިރުވެތިވެ މިގައުމުގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރާށެވެ.
އިސްލާމީ ޝަރީއަތް ހިންގާ ތަންތަނުގެ ހާލަތު ބަލާލަން ހިނގާ ދަމާ ދޯ...
އިސްލާމީ ޝަރީއަތަކީ އެންމެ ފުރިހަމަ ޝަރީއަތެވެ.
ރޭގަނޑު 11:00 ފަހުން މާލޭގެ މަގުތައް ނުރައްކާ ދުއްވަންވެސް މުޅިންވެސް ޖީއެން ސައިކަލްތަކުގަ އުޅޭ ގުރޫޕުތައް އުޅެނީ އެމީހުންގެ ކެރިއަރުންތަކާއެކް ސަޕުލައިކުރުމައް އަދި މާފައްނު އިންޑަސްޓިރިއަލް ޒޯނުގެ ތޮޝިމަތީގަވެސް ބުރެޒިލްގެއަވަޝެއްހެންހީވަނީ ފުލުހުން ހަރުކޮއްފަ ހުރިކެމެރާތަކުން ފެއްނާނެ ނޭގިއެއްނޫންމިކަންތައް ދަނީ އެގޭތީވެ އެމީހުނައްހާސްކޮއް ދަންވަރުގަޑީގަ ފިހާރަ އަދި ކެފޭތައް 24 ގަޑިއައްހެދީ ދެންހޯދުނުގޮތަކައް ހޯދަންވީ ލާރިއެގަޑީގަ ވަޒީފާއައްދާބަޔަކުނުތިބޭނެ މުނާޖާގޮވަންދެން މަގުމަތީގަ
ޢެޖެންޑާ 19 ތަފާތުވާނެ .އެހެންނޫން
ޔާމީނު ގޯސްވެގެން މާމޮޅަށްވެރިކަންކުރަންއައި ސަރުކާރުގެ ހާލަތު ހިތައްއެރީމަ ގޭނގުމީހުންގޮތް ތަޅާތިރިއަރުވާލާފަދާންވީ .މީ މިގައުމުގެ ހާލަތު
މި ގައުމުގަ ނެތް ތިކަން ބަލާނެ ބަޔެއް.އެއްވެސް ސަރުކާރަކަށް ތިކަން ހަލެއް ނުކުރެވުނު.ސަރުކާރަށް ވުރެ ގޭންގުތަށް މާ ބާރުގަދަ.