ކ. މާފުށީގައި ބަނދަރުކޮށްފައި ހުރި ސަފާރީތައް ނެގުމަށް އެރަށު ކައުންސިލުން ނެރެފައިވާ ނޯޓިސް ބާޠިލް ކުރުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (ޢެލްޖީއޭ) އިން އެ ކައުންސިލަށް އަންގައިފިއެވެ.

މާފުށި ކައުންސިލުން މީގެ ދެ ދުވަސް ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އެ ކައުންސިލްގެ އިހްތިސާސްގައި ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިހުރި އުޅަނދުތައް އެ ސަރަހައްދުން ބޭރަށް ގެންދިއުމަށާއި، ކަނަޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ސަރަހައްދުން ނުގެންގޮސް ހުރި އުޅަނދުތައް ނަގައި އެތަކެތި ނައްތާލައި ނުވަތަ ނީލަމުގައި ވިއްކާވާނެކަން ޢާންމުކޮށް އަންގާ ކަމަށެވެ.

އެ ކައުންސިލްގެ އިއުލާނާއި ގުޅިގެން އެލްޖީއޭ އިން ވިދާޅުވީ، ރަށު ކައުންސިލުގެ އިހްތިސާސް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ދަށުން މިހާތަނަށް އެއްވެސް ކައުންސިލެއްގެ އިހްތިސާސް ކަނޑައަޅުއްވާފައި ނުވާ ކަމަށެވެ.

އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން ނޫނީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުމެއްނެތި ދައުލަތަށް ނަގައިގެން ނުވާނެކަންވެސް އެލްޖީއޭ އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމާ

    ކޮބާ ރާކަނިމަސް ކެވިއްޖެ ތަ

    10
  2. ޓަކަފިރޯށި

    ލާމަރު ކަޒީ ދިވެހިރާއްޖެ އޮޅުވާލުން.. އެޖެންޑާ 19 މަ ކަރުވެރި ކަން ؟ މޮހޮނަށް އޮޑިދިން ގޮތަށް ލާމަރު ކަޒީ ގާނުނު އޮތީ ވިސްނަވާ ރަޢްޔިތުން .. މާލޭ ބޭފުޅުން އަތުންފައިން މަސައް ކަތެއް ކޮއްގެން ދިރިއުޅޭގޮތައް މިރާއްޖޭގެ ކަން ކަން ހިންގުމަ ކީ ވަރަށް ނާދިރު ކަމެއް

  3. މޯދީ

    ހެހެހެ ކޮބާ ކައުންސިލަށްލިބިގެންވާ ބާރު! ޙެހެހެހެހެ???

    17
    1
  4. އެމްޑީޕީ ބުރޯ

    ކޮން އިހުތިސާސް އެއްތަ! ރައްރަށުގެ ކައުންސިލަކަށް އެއްވެސް އިހުތިސާސް އެއް ނޯންނާނެ! މާލޭ ކައުންސިލުން އަންގާގޮތަކަށް ރައްފުށު ކައުންސިލުން އަމަލު ކުރަންޖެހޭނީ މިހާރު ތިއުޅެނީ މާބޮޑަށް ސައިޒް އޮޅިގެން! މި ރާއްޖެތެރޭ ޖައުންސިލަރުންނަށް ހީވާކަހަލަ ތިމަންނާމެންމީ ވަރަށް ބާރުގަދަބައެކޭ މިހާރު ހުންނާނީ ރަނގަޅަށް ރާކަނިމަސް ކެވިފަ! ދެން ޕަކާސް???

    5
    1
  5. ގަމާރު

    ގަމާރު ކައުނސިލަރުން

    2
    1