މިއަދު ގެއްލުނު ދެ ޑައިވަރުން މިހާރު ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހެލެގެނލި ރިސޯޓުގެ އުތުރުން ފަޅު ހިއްކައިގެން ހަދަމުންދާ ރިީސޯޓެއް ކަމަށްވާ ކ. މާޅުގައި މަސައްކަތް ކުރާ ދެ ބިދޭސީ ފިރިހެނަކު ޑައިގިންގ އަށް ދިޔަ ފަހުން ހަބަރު ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުން އަންނަ ކަމަށެވެ.

މި މަސައްކަތް ކުރިއަށް ދަނިކޮށް އެ ދެ ޑައިވަރުން ފެނިފައި ވަނީ ހެލެގެނލި ރިސޯޓުގެ ސްޕީޑް ބޯޓަކަށެވެ.

ދެމީހުން ހޯދާފައި ވާއިރު އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި ދެމީހުންގެ ހާލުވެސް ރަނގަޅެވެ.

މިފަހަކަށް އައިސް ކަނޑުމަތިން މީހުން ގެއްލުމާއި ކަނޑު އުޅަނދު ފަހަރުތަކުގެ ހާދިސާތައް ހިނގުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. محمد المالديفي

    الحمدلله...بشارات خير

    15
  2. ޢަބުޅޯ

    ހެލެނގެލި ރިސޯޓުގެ އުތުރުގައި ފަޅެއް އޮވޭތަ؟