މި އަހަރު ފެނިގެންދާނެ ފުރަތަމަ ހަނދު ކޭތަ މިރެއި އަހަރެމެންނަށް ފެންނާނެއެވެ. ނަމަވެސް، ފަލަކީ އިލްމުގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމުގައިވާ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައި މިވަނީ މިރޭގެ ކޭތަ އެހައި ރީތި ނުވާނެ ކަމަށެވެ.

މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިރޭ ހިފާ ހަނދުކޭތަ ރާއްޖެ އަށް ފެންނާނީ 22:07 އާއި މެންދަމު 02:07 އާއި ދޭތެރޭގައި ކަމަށެވެ. މައުމޫން އިތުރަށް ވިދާޅުވި ގޮތުގައި މިރޭގެ ކޭތަ އެހައި ރީތި ނުވާނެ ކަމަށާއި ސަބަބަކީ މިރޭ ހިފަނީ ޕެނަމްބްރަލް ކޭތަ އެއް ކަމުގައި ވާތީއެވެ.

ޕެނަމްބްރަލް ކޭތަ އެއް ހިފާ ވަގުތު ދުނިޔޭގެ ހިޔަނި އިންނާނީ ކުޑަކޮށް ހަނދަށް އެޅިފައެވެ. އެހެންކަމުން ކޭތައިގެ ހަގީގީ ރީތިކަން ފާހަގަ ކުރުމަށް އެހައި ފަސޭހަ ވެގެނެއް ނުދާނެއެވެ. 3 ވައްތަރެއްގެ ހަނދު ކޭތަ ހިފާއިރު މިއީ އޭގެން އެއްވަތަރެވެ.

މިރޭގެ ކޭތަ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިރޭ މެންދަމު 00:00ގައި ކޭތަ ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކޭތަ އެންމެ ރީތިވެގެން ދާނެ ވަގުތަކީ މިރޭ 00:10 ހާއިރުއެވެ.

މިރޭ ހިނފާ ހަނދުކޭތަ ފެންނާނެ ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކާއި، އޮސްޓްރޭލިއާ އާއި، އޭސިއާގެ ގައުމުތަކާއި ނޯތް އެމެރިކާ އަދި ސައުތް އެމެރިކާގެ ބައެއް ސަރަހައްދުތަކުގެ އިތުރުން، ޕެސިފިކް، އެޓްލާންޓިކް، އިންޑިއާ އަދި އާކްޓިކް ކަނޑުގެ ސަރަހައްދުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމިގިލީ މީހާ

    ބަލަ މައުމޫނަކީ ވެސް ރީތި މީހެއް ނޫނޭ.

    26
    11
  2. ލާހިއާމިނާ

    މިރޭ ހިފާ ކޭތަ ބޮޑުވާނެތަ ބެއްޔާ؟

    19
    5
  3. ޛޗޖ

    ކޭތަ ޖެހޭތަ ކޮންމެހެން ރީތިވާން؟

    35
    3
  4. ކަމަނަ

    ނަސްރީނާ ވެސް މިހާރު ކުރިން ހާ ރީއްޗެއްނޫން.

    28
    6
  5. މާރިޔާ

    މަޢުމޫނު ތީ ކޮޕީ މޫނެއް، އޭނަ އަސްލު މޮޅީކީ ފަލަކީ ހިސާބަކަށް ނޫން، އޭނަ އަސްލު މޮޅީ އަރަބި ބަސް ތަރުޖަމާ ކުރަން

    18
    7
  6. ާއެލެކުސް ނަސީދު

    ޔޮ މައޫ ރަޖާ އަޅައިގެން ނިދާ ތިހިންވިއްޔާ!!

    7
    2
  7. ސަންތިމަރިޔަބު

    އަންނަ ފެބްރުއަރީ މަހު ހަތްވަނަދުވަހުގެރޭ މިރޭހިފާ ކޭތައަށް ވުރެ ބޮޑު ކޭތައެއް ހިފާތޯ ބައްލަވާލަ ދެއްވަފާނަންތޯ؟ ވަރަށް ވިސްނަންޖެހޭކަމެއް މިއީ
    ހަމަހިނިއަންނަނީ

    8
    2
  8. ލަބީބު

    ﷲގެ ކުޅަދުންވަންތަކަމުން ހިނގާ ކަންކަމުގެ ރީތި ހުތުރު ކިޔާ ފާޑުކިޔަން ކަލޭތީ ކާކު؟

  9. ކާޕެޓް ވަގު

    ބަލަގަ ފަލަކީ ޢިލްމަކީވެސް ﷲ ގެ ކުޅަދުންވަންތަ ކަމުން އިންސާނުންނަށް ދެއްވާފައިވާ ބޮޑު ނިޢްމަތެއް....