ރާއްޖޭގެ ގާނޫނުގައި ކަފާލާތުގެ ދަށުން އެއްވެސް މީހަކު ދޫކޮށްލެވޭ ގޮތަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އިމްތިޔާޒް ފަހުމީ (އިމްތި) ވިދާޅުވެއްޖެއެވެ.

އިމްތި މިހެން ވިދާޅުވެފައި ވަނީ މަނީ ލޯންޑްރިންގެ މައްސަލައެއްގެ ކުށް ސާބިތުކޮށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްް އިއްވާފައިވާ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލާފައި ނުވާތީ އެކަމާ، ކަންބޮޑުވުން ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އިމްތި ވަނީ ރާއްޖޭގައި މިހާތަނަށް ޖަލު ހުކުމެއް އިއްވައިފައިވާ މީހަކު ކަފާލާތުގެ ދަށުން މިނިވަން ކޮށްފައި ވޭތޯ އާއި އެފަދަ ގޮތަކަށް ގާނޫނުގެ ދަށުން މިނިވަން ކުރެވޭތޯ ސުވާލު އުފައްދާފައެވެ. އޭނާ ވަނީ ވަރަށް ހަރުދަނާ އުސޫލުތައް ގެންގުޅޭ ގައުމުތަކުގެ ތެރެއިންވެސް މަދު ގައުމަކުން ފިޔަވައި އެކަން ނުކުރާ ކަމަށް ވިދާޅުވެފައެވެ.

ކަފާލާތުގެ ދަށުން ރައީސް ޖަލުން ނެރުމަށް އެދި ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.

އެމަނިކުފާނުގެ ވަކީލުންގެ ޓީމުގެ ފަރާތުން ހައިކޯޓަށް މި ހުށަހެޅި ހުށަހެޅުމަކީ އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރަން ކަމެއް ނުވަތަ މިނިވަން ކުރަން ހުށަހެޅި، ހުށަހެޅުމެއް އަދި ސާފެއް ނުވެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާ ޘާބިތުވެ، 5 އަހަރުގެ މުއްދަތަކަށް ޖަލައިލައި، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކޮށްފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައެއްގައެވެ.

އެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުފާނުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ކަނަމަނަ

  ޢިންތިވެސް ނުވިސްނާތި ތާއަބަދު ބޮޑެތިވާހަކަދައްކަން ހުރެވޭނެކަމައް މާދަންވެސް އިންތިއައްވެސް މިފަދަހާލަތެއްމެދުވެރިވެދާނެ ، ނަމަވެސް އިންތިއަކައް ރާއްޖޭގެވެރިކަންކުރާނެފުރުސަތެއްނުލިބޭނެ ޔާމީންއޮތީ މުޅިރާއްޖޭގެ ވެރިކަންވެސްކޮއްފަ އަސަރުކުރޭދޯ

  99
  5
 2. ލުޓޭރުންގެ ސަރުކާރު

  މީ ގުއިކޯޓުގެ އިސްފަޑިޔާރު....މީނަޔަށް ހަދާންނެތުމުގެ ބަލި ނެހުނީކަންނޭގެ މިވެރިކަން ފެށުމާއެކު ބޮޑެތި ކުއްވެރިންތަކެ މިނިވަންކުރިގޮތް..ޓެރަރިސްޓް ނަޝީދު މިނިވަންވި މައުމޫނު ގާސިމު ދެ ނާޒިމު ދެންވެސްތި ބި ބައެއް މިނިވަންކުރި....ކަފާލާތުންކަމެ ކަފާއިގެންކަމެނޭގެ....

  14
 3. ކަމަނަ

  ހައިކޯޓުން ނެރޭނޭ ޙުކުމް ކުރިޔަށް ހާމަކޮށްދިނީ! ޔާމީނަށް ޙުކުމްކުރުމުގެ 6 ދުވަސްކުރިން މީނަގެ ޕޯސްޓެއްގައި 5،5 ޖަހާފައޮއްވާ ގަޅިޔަކު އަރާ އެގޮތަށް ޙުކުމް ކުރީ! ޙުކުމް ކުރުމުގެ 15 މިނެޓްކުރިން އެ ޕޯސްޓް ވަނީ މީނަ ނަގާފަ! އެހެންވީމާ ޝަރުޢީ ނިޒާމް އޮތް ޙާލަތު ވަރަށް ސާފް! އަދި އިރާދަކުރެއްވިއްޔާ ތިޔަހެންނަކުން ނުވާނެއެވެ.

  15
 4. ޖަހާންގިރި

  ކަލޭ ދުނިޔޭގަ ހުރިހާދުވަހަކު އުޅެވިދާނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ

  44
 5. ޑރ. ގުރާމް އިންތި

  ރައީސް ޔާމީނަށް ހަސަދަފިލުވަން ތިބޭފުޅުންނަށް މުޅިއުމުރުދުވަހު ތިޔާހެން ތިބެވޭނެބާ؟ 2023ގެ ފަހުން ޖަރީމާތަކަށް ނިމުމެއް ގެނެވިގެންދާނެ! އިންޝާ ﷲ

  52
 6. ވަޅޯ

  އެހެންތަ ކަލޯ ދޮންބަފާވިއްޔާ އެ 😂

  6
  1
 7. ދޮނާ

  މިހާރު ތިޔަވީގޮތް ވަރަށް ވެސް ސާފުވެއްޖެ ކުށުގެ ހާއްޔެއްގައި ތިބި ކުއްވެރިން ނުފެނި ހަމައެކަނި ޔާމީނުފެނިގެން ތިޔައުޅެނީ ބިރުގަންތީމަ ޔާމީނަށް އިންސާފުވެރި ޙުކުމެއް ކޮށްފައިވާނަމަ އިންތިއަކަށް ތިޔަ ޢިބާރާތުން ވާހަކައެއް ދެއްކޭކަށް ނޯންނާނެ ތީކާކު ބޮޑު......

  12
 8. ބުރާންތި

  ބަލަ ތިކަލޭގެއަކައްނޭންގޭތަ އެމައްސަލަ ހައިކޯޓައްބަލައިގަންކަމެއް ޤާނޫނުއަސާސީގަ ކުރެވެންނެތްކަމަކައްއެދި ހައިކޯޓައްހުށަހެޅުމުން އެމައްސަލަ އެތަނުންބަލައިގަތް ފަނޑިޔާރުންނަކީ ތިބުނަނީ އެއީގަމާރުންނޭތަ ރޯނުއެދުރަކައްނޭންގޭތައެތާތިބީ ކަލެއައްވުރެންމޮޅައްކިޔަވާފަތިބިބައެއްކަން

 9. ބިތުފަންގި

  ރައީސްޔާމީން ވީމަދޯ ތަރަށްގީގެ ބާނީވީމަދޯ ބޮޑު ހިޔާނާތުގެ ލާރި ފޮރުވަން ގެރިމޯޔާ ހަވާލުނުކުރީމަދޯ އެހާ ބޮޑުވައްކަމެއް ބޮލުގައި އެޅުވީމަވެސްވަގެއްކަން ސާބިތުނުވީމަދޯ އެކަމާ އެއްބަސް ނުވީމަދޯ ބާތިލް ޝަރިޔަތެއް ކޮށްބާތިލްހުކުމެއް އިއްވީމަދޯ ރައީސް ޔާމީން އަކީ އިންތި ފަދަ ނުބައި ނުލަފާ ޖައްބާރު ވަގުޖަނަވާރަ ކަށްނުވީމަދޯ ވަގުން ހިމާޔަތް ކުރަން މަސައްކަތް ކުރާނީ އަބަދުވެސް ތިކަހަލަ ވަގުން ދޯ ރައީސް ޔާމީން އަކީ ތިފަދަ ވަގެއް ނޫންކަން ޔަގީންކުރެވޭތީ ދޯ ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެނގުނު ދުވަހަކުން ދޯ

 10. ވާދޫ މީހާ

  ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް ގާސިމް އެއްބަސްވެވަޑައިގެން ގާސިމްގެ ފަރާތުން 70،000 ރުފިޔާ ކޯޓަށް ދެއްކުމުންނެވެ.

 11. ކެޔޮޅު

  ތިޔަ އިންތިޔާޒުގެ މަދުވާނީ ނަގުލަކާ ދަޅަކާ ސީދާ ދެފުއްކެހެރިއެއް!

  12
 12. ގުހުރު ސުލެއިމާނު

  ކަލޭ ހީކުރަނީތަ ކަލޭމެންގެ ބާރު 10 އަހަރައް އޮންނާނެ ކަމައް މިހާރުވެސް ރަތްޔަތުން ހަޅޭތްލަވަނީ އަނގަޔާ އަތާދިމާނުވޭ ވަތްކަން އިންތިހާޔައް ގިނަވެތްޖެ ހުސްތޮޅިޔައް ދޮޅުއަހަރު ދުއްވާލީ ހަޒާނާ ހުސްކުރަނީ ބޭރުކަރަތަކައް ދަތުރުކޮއް

 13. ކޮބާކަލޭ

  މީހަކައް އަނގަހައްދުގެ ހުކުމެއްއިއްވަންޖެހެންޏާ އިންތިޔައް އަނގަހައްދުގެ ހުކުމް އިއްވަންޖެހޭ!

  11
 14. Anonymous

  އަނިޔާވެރިކަން ހައްދުން ނެއްޓިއްޖެ. ﷲ ގެ ކޯފާއެއް އައުން ލަހެއްފަހެއްނުވާނެ. މިބައިމީހުން ހީކުރަނީ މިމީހުންގެ މިނުބައިކަން ދެމިއޮންނާނެކަމަށް. ﷲ ތަޢާލާ 7 އުޑުމަތިން ބާވާލެއްވި ޤުރުއާނުގައި އަދުލުވެރިކަން ނެތްނަމަ ވާނެ ދެރަގޮތްވަނީ އަންގަވާފައި. ދިވެހި ގައުމު ހަލާކުވެ ހިނގައިދާނެ މިނުބައި ސަރުކާރުގެ ސަބަބުން.

 15. Anonymous

  އިންތި ހީކުރަނީ ﷲ ވޮޑިގެން ނުވާކަމަށް. މީނަހިތުން މީނަ މަރެއްނުވާނެ. އަދި މިސަރުކާރަކީ ބަދަލުނުވާނެ އެއްޗެއް. ﷲ އިރާދަކުރެއްވިއްޔާ ދާދި އަވަހަށް މިސަރުކާރާ ތިމަޖްލިސް ނެތި ހިނގައިދާނެ.

 16. Anonymous

  މަލަކަލް މައުތުގެފާނު ކަލޭގެ ފުރާނަ ހިތްޕަވަންދެއް ތި ނުބައިކަން ދައްކަދައްކާ ހުރޭ. އިންޝާ ﷲ ކަލޭމެންގެ ކަންތައް ނިކަންހިތިގޮތަކަށް ނިމިގެންދާނެ.

 17. ކޮމެންޓްކުރާމީހާ

  ސިއެސްޓާގެ ޕްރެޒެންޓަރުގެ ކިބައިން ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރައްވާނދޭވެ! އާމީން ޔާ ރައްބަލްޢާލަމީން..

 18. ކަފާލާތު

  ކަލޭމެން ޤާނޫނު އަސާސީ ފައިދަށައްލާ މޮޑެފަ ބޭނުންހާގޮތެއް ހަދަހަދާ ކިހާދުވަހަކު ގަދަބަސްބުނެބުނެ ތިބެވޭނެބާ