ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އިދިކޮޅު ވިއްސަކަށް ބައިވެރިންނާއި އެކު މިރޭ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަމުން ގެންދަނިކޮށެވެ.

އެމްޑީޕީ ހަރުގެ ސަރަހައްދުގައި ތިބުމަށް ފަހު އިދިކޮޅު ފަރާތްތަކުން މުޒާހަރާ އަށް މަގުމައްޗަށް ނިކުތުމުން ފުލުހުން ވަނީ އެމީހުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުންގެ އަމުރަށް ކިޔަމަންނުވެ ކުރިއަށް ދިއުމުން ފަހުން ފުލުހުން ވަނީ ވެހިކަލެއްގައި މުޒާހަރާގެ ބައިވެރިންނާއި ހަމައަށް ގޮސްފައެވެ.

ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ފުލުހުންގެ ވެހިކަލް ކުރިމައްޗަށް އަރާ ފުލުހުންނަށް ހުރަސް އެޅި މަންޒަރު ވެސް ފެނުނެވެ.

އެހައި ހިސާބުން ފުލުހުން ވަނީ ޕެޕަ-ސްޕްރޭ ޖަހައިގެން މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފަށާފައެވެ.

މަހްލޫފް ހައްޔަރު ކުރުމާއި ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އާއާއާއާ

    ގާނޫނުއަަސާސީގެ ބާރު ކަނޑުވާނަމަ އެންމެ ބޮޑު އަދަބު ދެވޭގޮތް ހަދަން ޖެހޭ ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވާނަމަ އެއީ އުފާ ކުރަން ޖެހޭ ކަމެކޭ. ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެންގެ ހަރުގެ އަށް މަމެން ލާރޖް ކޮށް ޖައްސާނަމޭ ކުއްލި ނުރައްކަލުގެ ހާލަތުގެ ސްޓޭޖް ދޭއް ސްޓްރެޗް ކުރުމަށް ފަހުގައި އެއިރުން ތަމެން ބޮލުން ހުންނާނީ އަބަދު އަބަދު ދުން އަރާލަ އަރާލާ ނޫންތޭ. ތަމެން ދެން ތިޔ ފޫނެތް ފަޔަށް ފެން ފުރުން ހުއްޓާލާ މަމެން ޕިންކީން ނާއި ގުޅިގެން އެއިޓީން މޫން ސީންގް ރޭހުގައި ބައިވެރިވާން ވީއޭ. ޔޫނޯ ވީ ހޭވް އެވްރީތިންގް ޔޫ ވޯންޓެޑް. އާއާ އާއާ ވޮންޑަރިންގް އިފް ޔޫ ތިންކް އެބައުޓް އިޓް. ވީ ކޭން ޑޫ ތިންގްސް ސޯ ގުޑް ޓުގެދަރ އާއާ އައި އޭމް ވޮންޑަރިންގް ކޭންވީބީ ފްރެންޑްސް އާއާ ކޭންވީބީ ފްރެންޑްްސް އާއާ ކޭންވީ ބީ ފްރެންޑްްސް އާއާއާ އާއާއާއާ އާއާއާއާ ކޭންވީބީ ފްރެންޑްސް ކޭންވީ ބީ ފްރެންޑްސް އާއާ ކޭންވީ ބީ ފްރެންޑްސް އާއާ ކޭންވީ ބީ ފްރެންޑްސް އާއާ އާއާއާ އާއާއާއާ އާއާއާއާ...

  2. ޝުކޫރު

    ޝުކުރުވެރިވަން

  3. ގާފިލާ

    ޖަލަށްވެސް ލާ ބަންދުކުރޭ. ސައިޒް އޮޅިގެން އުޅޭ މޮޔަ ސޮރެއް ތިއީ.

  4. ކޮޅޭ

    ޙަހަހަ ސާބަހޭ ދެންދޫނުކުރާތި

  5. ދިވެހިމީހާ

    الحمد لله

  6. ރިފުއުޒްޑް

    ހަތަރު ފަހަރަށް މީހުން މަގުމައްޗަށް ނެރެން ސުޕްރީމް ކޯޓުން އުޅުނު ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވުމުން މިހާރު ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް އިނގެންވާނެ އެއް ނޫންތޭ މަމެން އެމެން ގެ ދެ ހުކުމޭ މެން ކުުރާ ދަ ނަހަލާލު އަމުރަށް ތަބާ ނުވާނެ ކަން. މިހާރު އޮންނާނެ ބޮޑު ދެހުކުމޭ މެންނަށް ރަނގަޅަށް މަގުމައްޗަށް މީހުން ނެރެވިފައި. އައި ރިފުއްޒްޑް ޓު ބިލީވް ދެމް އައި ރިފުއްޒްޑް ޓު އެކްސެޕްޓް ދެއަރ ވާރޑިކްޓް އައި ވޮނާ ޗެލެންޖް ދެމް. އައި ރިފުއުޒްޑް ޓު ބިލީވް ދެމް އައި ރިފުއްޒްޑް ޓު ބިލީވް ދެމް. އޯއް އޯއް އޯއް އައި ރިފުއްޒްޑް ޓު ބިލީވް ދެއަރ ވާރޑިކްޓް..

  7. ފާނާ

    ވިއްސަކައް މީހުންނޭ؟..ހެހެ.

  8. ރީތި މޫސަ

    ތީހަމަސީދާ ޑްރާމާ ކުޅޭމީހެއް މިފަހަރު ދޫނުކުރާތި ޤައުމުހަލާކުގެ ތެރެއަށްވައްޓާލުމަށް މަސައްކަތްކުރާ އެކަކުވެސް ދޫނުކުރާތީ ސާބަސް ފުލުހުން ޤައުމަށްޓަކާ ތިކުރާހިއްވަރަށް

  9. ސަރާ

    ހާދަބިރެއް ގަނެޔޭދޯ

  10. ހަމަދު

    ތިމީހުނަށް ގޮނޑިލިބުނީމަ އަނެއްކާ ފެށީ އެފާޑައްއުޅޭ އެންމެންގެ ގޮނޑި ގެއްލުވާލާ

  11. މަހަށްދޭބަލަ

    ކޯޓުން ހަތަރު އަމުރު ނެރެން އުޅެން ހަދައިގެން ނަމަވެސް އެމެންނަށް އެކަން ނުވެ އެންމެ ފަހުން އެމެން އަތަށް އެކަން ގޮވީއޭ މަމެން ބުނަން ނެތީމު ދޯ. އެމެން އެވަނީ އެންމެ މަތީ ދަރަޖައިން ގައުމަށް ގައްދާރުވެފައޭ މަމެން ބުނަން ނެތީމު ދޯ. ދެން ތަމެން ރަންރީނދޫ ބިއުޓީ ކްއީނޭ މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ.

  12. Anonymous

    ތިކަލޭގެ މާ އަންބޮނޑި ބޮޑީ. ދެން މިފަހަރު ދޫނުކުރާތި. ސާބަހޭ ފުލިހުންނައް. ދެން އެންމެ އުފާވާނީ ތިސޮރައް 5 ވަރަކައް އަހަރައް ހުކުން ކުރާދުވަހު. މަވަރެއް ނެރިގެން އުޅޭ ސޮރެއް

  13. ތާޖުދާރީން

    ތީމިހާރު ރައްޔިތުންގެ ހިތްތަކުގަ ނުތަނަވަސްކަން އުފައްދަން އުޅެ އެންމެއިސް އެކަކު. އަލޭ ކޯންޗެއްނުލިބިމަދުވެގެން ތަމިތެޅުވެނީ؟ ރައްޔިތުންނޭކިޔާގެން އަނގަތަޅާމީހުންވާވައްދައިގެން ނެރެ އަތުްނފައިން ގޯސްހައްދާއިރު ވިސްނަންވެއްޖެ .ވީޓީވީއަށް ގާއުކުވާފަ ހައްޔަރު ކުރީމަ އަޅައެްްނުލި. ބަންދުގާހުރިހާދުވަހަކު އަނބިދަރީން ނުކައިތިބެންޖެހުނު އިރުއެކަން އެނގުނުމީހަކުނެތް...

  14. ނިހާދު

    ރަގަޅު މާ ލަސްވެއްޖެ ތިމީހާ ހަޔަރުކުރަން އެވަރެއްނެތިގެން އާމުންނަށް ކޮންމެ ވެރިކަމެއްގަ އުނދަގޫ ޖައްސާ ރަގަޅު އެއްވެސް ވެރިކަމެއް މީނައަކަށްނެތް ހިތްފުރޭވަރަށް ބާރާއި ފައިސާ ނުދެންޏާ އެސަރުކާރެއް އެވީ ގޯސް

  15. Anonymous

    ރަގަޅު މާ ލަސްވެއްޖެ ތިމީހާ ހަޔަރުކުރަން އެވަރެއްނެތިގެން އާމުންނަށް ކޮންމެ ވެރިކަމެއްގަ އުނދަގޫ ޖައްސާ ރަގަޅު އެއްވެސް ވެރިކަމެއް މީނައަކަށްނެތް ހިތްފުރޭވަރަށް ބާރާއި ފައިސާ ނުދެންޏާ އެސަރުކާރެއް އެވީ ގޯސް

  16. މުޙަންމަދު

    الحمد لله. ބިރު ގަންނަނީއެއްނޫން . ތި ނުބައި ބައިގަނޑުން މި ޤައުމު ސަލާމަތްކުރަންޖެހޭ!