ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި އޮންނަވަނީ ސަރުކާރުގެ އަނިޔާވެރި ކަމުގައި ވަރަށް ދަތިހާލުގައި ކަމަށް ސަރުކާރު އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައީސް ޔާމީނަށް ބޭނުންވާ ބައެއް ސާމާނު ޖަލަށް ވެއްދުމުގެ ފުރުސަތެއް ނުދެއްވާ ކަމަށާއި އެކަމުގެ ސަބަބުން ރައީސް ޔާމީން އޮންނަވަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.

"ބައެއް ސާމާނު، އެއީ އަސާސީ ގޮތުންވެސް މީހަކަށް ބޭނުންވާނެ ބައެއް ސާމާނުވެސް ޖަލަށް ވައްދާކަށް ފުރުސަތެއް ނުދެއްވާ. މިކަހަލަ ވަރަށް ދަތި ހާލުގަ ރައީސް ޔާމީން އެ އޮންނެވީ. މި ސަރުކާރުގެ އަނިޔާވެރި ކަމުގަ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ނުހައްގުން ޖަލުގައި ހައްޔަރުކޮށްފައިވަނީ އިންތިހާބެއް ކުރިމަތީގައި އޮތުމުން އެ އިންތިހާބު ކާމިޔާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިފަދަ އަމަލަކީ އިދިކޮޅު ދެ ޕާޓީން ވެސް އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

"އިންތިހާބެއް ކުރިމަތީގަ އޮތީމަ އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ކުށެއް ނެތް މައުސޫމު މީހަކު މިހާ އަނިޔާވެރިކޮށް ޖަލުގައި ހައްޔަރު ކޮށްގެން ގެންގުޅުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫނޭ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެއްވެސް ގޮތަކަށް ބަލައި ނުގަންނާނެ ހުކުމެއް ކަމަށާއި މިއަދާއި ހަމައަށް އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފައިވިނަމަވެސް އޭގެ އަޑު އެހުމެއް ބާއްވާނެ ދުވަހެއް ނޭނގޭ ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މިދިޔަ ނޮވެމްބަރު މަހުގައި، ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗަކުން ވަނީ އެމަނިކުފާނު 5 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒައްގޫމް

    ޢަދުރޭމެން މިއަދު ތިވާހަކަ ދައްކަން އަޅެ ފަހެ ލަދެއް ނުގަނޭބާވައެވެ.ވެރިކަންލިބުމާ އެކު ތިމާއައް ތިމާފެނި ކިބުރުވެރިކަމުގެ އަލިފާ ތިހިތުތެރޭގަ އަންދަންފެށީ ޕާޓީއައް އިހުލާތެރި އެތައްބަޔަކު ޕާޓީ ދޫކޮއް ދިއުމުގެ އަސްލަކީ މެންބަރުންނާ ގުޅުމެއް ނެތްކަމެވެ.މިއަދުވެސް ޕާޓީގަ މެންބަރުން މަދީކީ ނޫނެވެ އަދުރޭމެން ނައް އިތުބާރު ނުކުރަނީއެވެ.

    8
    1
  2. ސޭހުބަކުރު

    މާރީޗެއްނޫން ތިވާހަކަދައްކާކަށް. ޥެރިކަންކުރިއިރު ކުށަކާނުލާ އެތައްބަޔަކު ޖަލަށްލައި ބައެއްމީހުންނަށް ހުކުމްނުކޮށް މުއްދަތުޖަހާލައިގެންވެސް ގެނަގުޅުނު. ޢަނިޔާވެރިކަންދެއްކީ. ކޮންވާހަކައެއް ތިދައްކަނީމިއަދު!

    2
    1
  3. ސޭހުބަކުރު

    ކަލޯ ބަކުރަސް ހަރުރަސް ވަގުން ނަކަށް ނުފެންނާނެ ވަގުންނެއް މާބޮޑަށް ބުރާންތި ވީމަވާނެ