މީސް މީޑިއާގައި އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރުމުގެ ތުހުމަތުގައި ފުލުހަށް ހާޒިރު ކުރި ނައިފަރަށް ނިސްބަތްވާ އަންހެނާއަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމުން އެނބުރި އައިސް ވީޑިއޯ މެދުވެރިކޮށް ދީނަށް ފުރައްސާރަ ކުރަން ފަށައިފިއެވެ.

ޔޫޓިއުބްގައި ޗެނަލެއް ހުޅުވައިގެން އެ އަންހެނާ ވީޑިއޯ ލާން ފަށާފައި ވަނީ މި މަހު 10 ދުވަހުން ފެށިގެންނެވެ. އެގޮތުން އެދުވަހުން ފަށައިގެން މިހާތަނަށް ޖުމްލަ ތިން ވީޑިއޯއެއް ޔޫޓިއުބުގައި އޭނާ ޕޯސްޓުކޮށްފައިވެއެވެ. ފުރަތަމަ ވީޑިއޯގައި އޭނާ ވާހަކަ ދައްކާފައިވަނީ ރާއްޖޭގައި އޮތް ޖިންސީ ތަފާތުކުރުންތަކާ ގުޅޭ ގޮތުންނެވެ. ވީޑިއޯތަކުގައި އޭނާ ބުނާ ގޮތުގައި އޭނާގެ ނަމަކީ އުފާ އެވެ.

އުފާ މުހުތާރު ފަހުމީ ފުލުހަށް ހާޒިރު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރުވެސް އޭނާ ދިޔައީ މީސްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އިސްލާމް ދީނާ ޚިލާފު ވާހަކަތައް ދައްކަމުންނެވެ. އަދި އޭނާ ހާޒިރު ކުރީވެސް އެފަދަ މައްސަލައެއްގައެވެ.

"ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ އިސްލާމް ދީން ގަބޫލު ނުކުރާ މީހުން. އެމީހުން އިސްލާމް ދީނުގެ ހަމަތަކެއް ގަބޫލެއް ނުކުރޭ. ރާއްޖޭގައި އެހެން ދީނަކަށް އުޅުމަކީ މަނާކަމެއް. އެހެން ކަމުން އެމީހުން ތިބެނީ އެކަން ސިއްރުކޮށްގެން. ނަމާދުވެސް ގިނަ ފަހަރު ނުކުރޭ. ހަމަ އެކަނި، މަދު ފަހަރެއްގައި ހުކުރު ނަމާދަށް ގޮސް އުޅޭ،" އޭނާ ޕޯސްޓުކޮށްފައިވާ ފުރަތަމަ ވީޑިއޯގައި ބުނެފައިވެއެވެ.

އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލާފައިވާ ކަމަށްބުނެ އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ފުލުހުން އެބުނާ ދީނީ އެއްބައިވަންތަކަމެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެއް ޖިންސުން ގުޅުން ހިންގާ މީހުން ދިފާއުކޮށް ވާހަކަ ދައްކަމުން އަންނާތީ މަރުގެ އިންޒާރުވެސް ލިބެމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދެވަނަ ވީޑިއޯގައި އޭނާ ވާހަކަ ދައްކަވަނީ ރާއްޖޭގެ ދީނާ ގުޅޭ ގޮތުންނެވެ. އޭނާ ބުނެފަައިވަނީ ރާއްޖޭގެ ރައްޔިތުންނަށް އިސްލާމް ދީން ނޫން އެހެން ދީނެއް ގަބޫލުކުރުމަކީ މަނާ ކަމެއް ކަމަށާއި އިސްލާމް ދީނަށް އުޅުމަކީ ދިވެހި ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ހައްދު ފަހަނައަޅާފައިވާ ފިކުރުގެ މީހުން އިންޒާރު ދޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި ދާދި ފަހުން ދީނާ ދެކޮޅު ވާހަކަ ދައްކައިގެން ހައްޔަރުކުރި ރުސްތުމްގެ މައްސަލަ އިން މިސާލު ނަގައިގެން އޭނާ ބުނީ ރުސްތުމްއާ މެދު ޖަލުގައި ކަންކަން ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.

އެގޮތުން ޖަލުގައި އޭނާ ބެހެއްޓީ އޭނާއަށް އިންޒާރު ދިން ހަރުކަށި ފިކުރުގެ މީހުން ތިބި ގޮޅީގައި ކަމަށާއި އެ ގޮޅީގައި އޮއްވައި އޭނާއަށް އަނިޔާކޮށް ހެދި ކަމަށެވެ. އަދި އެއަށްފަހު އޭނާގެ ދިފާއުގައި ކޯޓުގައި ވަކާލާތު ކުރާނެ ވަކީލަކުވެސް ހަމަޖެހިފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި ލޯޔަރުން ބޭނުން ވަނީ ޕަބްލިކް ސްޓަންޓު ޖައްސައިގެން މަޝްހޫރު ވާން ކަމަށްވެސް ބުނެފައިވެއެވެ.

ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނާ މެދު ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ރުސްތުމްގެ މައްސަލާގައިވެސް ފަހުން ފުލުހުން ވިދާޅުވީ އޭނާ އަކީ "ނަފުސާނީ މައްސަލަ" ހުންނަ މީހެއް ކަމަށާއި ޑޮކްޓަރަށް ދައްކަން މާލެ ގެނެސްފައިވާ ކަމަށެވެ. އެފަހުން އޭނާއާ މެދު އަމަލު ކުރި ގޮތެއް އެނގެން ނެތެވެ. މީޑިއާތަކުން އެމައްސަލައިގެ މައުލޫމާތު ހޯދަން ގުޅި ނަމަވެސް މައުލުމާތު ލިބިފައެއް ނުވެއެވެ.

"ރާއްޖޭގައި އެބަ ތިބި މީހުން މަރާ މީހުންވެސް. ރޭޕް ކުރާ މީހުންވެސް އެކަމަކު އިންޒާރުތައް ލިބެނީ ހަމައެކަނި އިސްލާމް ދީނާ ދެކޮޅަށް އަޑުއުފުލާ މީހުންނަށް. ދިވެހި ސަރުކާރުން އެބަ ޖެހޭ ރައްޔިތުންނަށް އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތައް ރައްޔިތުންނަށް ކިޔައިދޭ. ސްކޫލުތަކުގައިވެސް ކިޔަވައިދެނީ އިސްލާމް ދީނުގެ އަސްލު ހަމަތަކަށް ފުށޫ އަރާ ގޮތަށް. އަދި ވަކި އުމުރަކަށް ދިއުމުން އިންޓަނެޓު މެދުވެރިކޮށް ދީނާ ބެހޭ މައުލުމާތު ހޯދާއިރު ލިބެން ހުންނަށް މައުލުމާތާއި ކިޔަވައިދީފައި ހުރި މައުލޫމާތުތަކުގައި ފުށޫ އެރުންތަކެއް ހުންނާތީ ގިނަ ފަހަރު އިސްލާމް ދީން ދޫކުރަން އެ ކުދިން ބޭނުންވޭ،" އޭނާ ބުނެފައިވެއެވެ.

ބައެއް ކުދިން އިސްލާމް ދީން ދޫކޮށްލާއިރު ބައެއް ކުދިންނަށް އިންޓަނެޓު މެދުވެރިކޮށް ޖިހާދު ކުރުމަށް ހިތްވަރު ލިބޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި "ޖިހާދީ ޓެރަރިސްޓުން" ބޭތިއްބުމަށް އަގު ބޮޑު ޖަލެއް ސަރުކާރުން ހަދާފައިވާއިރު އިސްލާމް ދީނާ ދެކޮޅު މީހުންނަށް ވަކި ޚާއްސަ އުސޫލެއް ކަނޑައަޅާފައި ނޯންނަ ކަމަށްވެސް އެ އަންހެނާ ބުނެފައިވެއެވެ.

ތިން ވަނަ ވީޑިއޯގައި އޭނާ ވާހަކަ ދައްކާފައިވަނީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި އިސްލާމް ދީނާ ހުރި ގުޅުވައިގެންނެވެ. އެގޮތުން ސްކޫލުގައި އިސްލާން ދީން ކިޔަވައިދޭ އިރު ދަސްކޮށްދޭ ގޮތުގައި ބޮޑެތި ގުދުރަތީ ކާރިސާތައް ހިނގަނީ ފާފަތައް ގިނަވެގެން ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

"ދީނީ މީހުން ގަބޫލު ކުރަނީ ސުނާމީ ފަދަ ބޮޑެތި ކާރިސާތައް ހިނގަނީ އަންހެން ކުދިން ލާ އަންނައުނުގެ ސަބަބުންނާއި އެއްޖިންސުން ގުޅުން ހިންގާތީ ކަމަށް. ވާރޭ ނުވެހި ދުވަސް ވެއްޖެއްޔާ ސަރުކާރުން ދީނީ އިލްމުވެރިންނަށް އަންގަނީ ދުއާ ކުރަން. އެކަން އެހެން ކުރަނީ ފަގީރު މީހުންގެ ކޮންޓްރޯލް ހޯދުމަށް،" އޭނާ ބުނެފައިވެއެވެ.

ފުލުހުން އުފާ ހާޒިރު ކުރީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނަށެވެ. ނަމަވެސް އެފަހުން އޭނާ އާ މެދު ފިޔަވަޅު އެޅީ ކިހިނެއް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެކަށީގެންވާ ފިޔަވަޅު ނޭޅި ނަމަވެސް އެފަދަ މީހުންނަށް އިންޒާރު ދޭ ކަމަށް ބުނެ ބައެއް މީހުން ހައްޔަރުކޮށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

75 ކޮމެންޓް

  1. Anonymous

    ދީނަށް ފުރައްސާރަ ކުރާ ބައެއް މީހުން އެކަން ކުރަނީ ސަމާލުކަން ހޯދަން ،މި ވެރިކަމުގައި އެމީހުންނަށް ޕަބްލިސިޓީ ނުދިނުން އެއީ މަސްލަހަތު ހުރި ގޮތަކީ ،
    މި ކަހަލަ ގުއިރޯނު އަޅާނުލާ ދޫ ކޮއްލާ މިއީކީ ދައުލަތުން މުސާރަ ދޭ މީހެއް ވެސް ނޫން.

    173
    48
    • Anonymous

      އެޖެންޑާ 19 އެމްޑީޕީގެ ވެރިކަމުގައި އެހެން ދީންތަކަށް އުޅުމުގެ ފުރުސަތު ދޭނެ. އެމީހުންގެ ޙަޤީޤީ ކުލަ ތިޔަ ފެންނަނީ

      160
      23
      • Anonymous

        މުރުތައްދު ވެއްޖެ މީހަކަށް އިސްލާމް ދީނުގައި އޮންނަ ހައްދު ޤާއިމްކުރުމަށް ގޮވާލުމަކީ ހަރުކަށިވުން އަދި ހައްދުފަހަނަ އެޅުން. އެމްޑީޕީގެ އެޖެންޑާ 19 ގައި ދީނުން ބޭރުވުމަށް ކިޔަނީ މިނިވަން ފިކުރު

        63
        13
    • .....

      ނައިފަރު އެއްޗެއް މީ.

      21
      4
  2. ތިއްތި

    وَدُّوا لَوْ تَكْفُرُونَ كَمَا كَفَرُوا فَتَكُونُونَ سَوَاءً فَلَا تَتَّخِذُوا مِنْهُمْ أَوْلِيَاءَ حَتَّىٰ يُهَاجِرُوا فِي سَبِيلِ اللَّهِ فَإِن تَوَلَّوْا فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ وَلَا تَتَّخِذُوا مِنْهُمْ وَلِيًّا وَلَا نَصِيرًا (٤:٨٩)

    115
    16
  3. ރައްޔިތު

    ސެކުރިއްޔާ ދިވެހިފުލުހުން. އޭނަ ދެންގެންނަފަހަރަކުން އިލްމުވެރިޔެއް ލައްވާ ނސޭހަތދީ އޮޅުން ފިލުވާލަދީބަލަ.

    166
    21
  4. ިގދ

    ކަލެ ބިރެއް ނުގަނެތަ ތިކަހަލަ ވަހަކަ ދައްކަން
    މިނަ ހައްހަޔަރު ކުރެ އެމްޑިއެފް ފުލުހުން ދުކޮއްލި މަ ދެން ޖެހެނި ކޮންމެވެސް އެހެން ބަޔަކު މިނަ ހަޔަރު ކުރަން

    159
    14
  5. ޙަނާ

    ތި މީހާ ނެރެ ގަން ހިންގަބަލަ ވައްކަން ކުރީ މަ އެކަނި ވަގެކޭ ކިޔާފަ ކަރުގަ ލިޔުން އަޅުވައި ގެން ހިންގަން ކެރެނީ ދީނަށް ފުރައްސާރަ ކުރާ މީހެއްގެ ބޯޑެއް އަޅުވާފަ ނެރެ ގަން ހިންގަންވީ ކޮބާތަ ތިޔަ މީހާގެ މައިން ބަފައިން އެ މީހުނަށްވެސް ވަރިހަ މަދޯ ދަރި ކޮންެ ވައްތަރަކަށް ތެޅިބޭލިޔަސް

    193
    17
  6. ދޮން ހަސަނު

    ތިޔައީ އަންހެން ކަނބަލެއް އަނެއްކާ އެނަަ އެކުރީ އިސްލާމް ދީނަށް ފުރައްސާރަ އޭނައަށް މާބޮޑު ކަމެއް ނުވާނެ ކޮންމެވސް ވަރަކަށް އަޑު އަރުވާލާފަ ދެން ނޭނގޭނެ ވާގޮތެއްވެސް މި ވެރިކަމުގަ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުނަކަށް މާބޮޑުކަމެއް ނުކުރާނެ އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ އެޖެންޑާ19 ގެ ތެރޭގައި ހިމެނޭކަމެއް

    154
    17
  7. ނަޒީ

    اللهގެ ރަސޫލާ ދުނިޔޭގައިވިއިރުން ފެށިގެން އެކިއެކި މީހުން އަންނަނީ އިސްލާމްދީނަށް ފުރައްސާރަކުރަމުން، އެކަމަކު އޭގެ ސަބަބަކުން މިއަދާ ޖެހެންދެންވެސް ދީނުންކަމެއް އުނިވެފައި ނެތް، ޖާހިލުކަމުގައި ހައްދުފަހަނައަޅާ ދާމީހުންނަށް އެމީހުން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި ޙާލިޤްވެސް ނޭގި ހިލަ އަށާއި، ގެރި އަށާއި، އަލިފާނަށާއި، އަމިއްލަ ނަފްސަށްވެސް އަޅުވެތިވޭ، ފަޟީހަތާއި ނިކަމެތިކަން ދުނިޔެމަތިން ހޯދާގެން އާޙިރަތުގެ ވޭންދެނިވި އަޒާބަށް ހުށަހެޅިގަންނަ ބައެއް. ޏަޒިމ:
    ﴿178﴾ وَلَا يَحْسَبَنَّ الَّذِينَ كَفَرُوا أَنَّمَا نُمْلِي لَهُمْ خَيْرٌ لِّأَنفُسِهِمْ ۚ إِنَّمَا نُمْلِي لَهُمْ لِيَزْدَادُوا إِثْمًا ۚ وَلَهُمْ عَذَابٌ مُّهِينٌ

    ތިމަންރަސްކަލާނގެ އެއުރެންނަށް (ޖަޒާ ދެއްވުމުގައި) ލަސްކުރެއްވުން އެއީ، އެއުރެންގެ އަމިއްލަ نفس ތަކަށް ހެޔޮގޮތެއްކަމަށް كافر ވި މީހުން ހީނުކުރާހުށިކަމެވެ! ތިމަންރަސްކަލާނގެ އެއުރެންނަށް އެކަން ލަސްކުރައްވާކަން ކަށަވަރީ، އެއުރެންގެ ފާފަ އިތުރުވުމަށެވެ. އަދި، އެއުރެންނަށް އިހާނަތްތެރިކަން ދެނިވި عذاب ހުށްޓެވެ.

    146
    12
  8. ވިސްނާ

    މީ ހަމަސީދާ ހައްދު ފަހަނަ އަޅާފައި ހުރި އަންހެނެއް...މިހާރުން މިހާރަށް ހައްޔަރު ކުރޭ....މީ އަހަރުމެންތެރޭ ބޮޑު ބިރުވެރި ކަމެއް

    159
    13
    • Anonymous

      ހައްޔަރެއް ނުކުރެވޭނެ. އެއީ ހަރުކަށި ފިކުރުގެ މީހެއްނޫން. މަޑުކަށި ފިކުރުގެ އެޖެންޑާ 19.އެއް. ތަފާތުވާނެ.

      36
      15
  9. ާއުފ މަރލާ

    ދީނނ ބޭރވ މީހނގ އަދބކ މަރ.

    110
    16
  10. ހޮޅިބޭ

    އިސްލާމް ދީން ނަކީ މި ދުނިޔޭގައި އޮތް އެން މެ މާތްވެގެންވާ ދާން. މި ދިން ނުގެ ވެރިފަރާތް މި ދިން ހި މާޔަތް ކުރާނެ. އަދި މި ކަހަލަ ނުބައިވެގެން މީހުން ގެ ކިބައިން މި ދީން ސަލާމަތް ކުރާނެ.

    139
    13
  11. ޖައު

    ދީނަށް ފުރައްސާރަކުރާ އަންހެނުން އިތުރު މިވަނީ ކީއްވެ؟ ފަހުގެ ތާރީޚްގައި ފެނިގެން މިދަނީ އަންހެނުން މިކަމުގައި އުޅޭތަން. ވެލެޒިންކޯ ޝަހިންކޯ، އުފާކޯ

    69
    11
  12. ޟމސ

    މިކަން ކުރަނީ މިސަރުކާރުން ހިއްވަރު ދީގެން ނިކަން ކެރޭނަމަ ލަނދު ކުޑަ އަންހެނާ ހައްޔަރުކޮށް އޭނަގެ ވަނަ ވަރު މުޅި ޢާއިލާއާއި އެއްކޮށް އާންމުކޮށްލަ ބަ
    ވަގުތު ނޫހަށް ސާބަސް ކެރިގެން މިފަދަ ދައްޖާލުންގެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށް ގެން ނާތީ

    83
    13
    • އަހަރެން...

      އުފާ މުހުތާރު ފަހުމީ ،އެއީ ޅ. ނައިފަރަށް އުފަން ކުއްޖެއް.. ގޭތެރެއިން ތިކަން ތަކަށް ފިޔަ ވަޅު ނާޅަނީމި ކީއް ވެބާ...

      30
      9
      • މަތީން

        ތިހެން ނިކުންނަ ކާޅެއް ވާލެއް ގޮވާލާ އެއްޗަކުން އިސްލާމް ދީނަށް ކުޑަވެސް ބުރުލެއް ނާރާނެ. ގޮވަގޮވާ ތިބޭ. މަރުވީމަ ތީގެ ރާހަތު ފެންނާނީ. އަހަރުމެން ހާހެއްނުވޭ

        2
        2
  13. އިބޫއަށް

    އިބޫއެވެ. އިބޫއެވެ. އިބޫއެވެ
    ވަރަށް އާދޭހާ އެކު ބުނަމެވެ.
    ﷲ އަށް ބިރުވެތި ނުވެ އިސްލާމީ ޝަރީއަތް މިގައުމުގަ ތަންފީޒު ނުކޮށް މި މުރުތައްދުން އަށް މަރުގެ ޙައްޤު އަދަބު ނުދޭނަމަ ރައްޔިތުން ނިކުމެ މި ކަހަލަ މުޑުދާރުންނަށް މަގުމަތިން ޝަރީއަތް ކުރަން ފަށާފާނެވެ. .

    ވީމާ މިގައުމު ފިތުނަ ފަސާދަ ނުކޮށް އިސްލާމީ ޝަރީއަތް ކުރާށެވެެ.

    85
    13
    • ހަސްނަބޭ

      އިސްލާމް ދީނުގަ މީނާގެ މައްޗައް މަރުގެ އަދަބު ތަންފީޒް ވާންވީ ގޮތަކީ ކޮބާ؟ ކިތައްމީހުންނައް މީނާއައްނަސޭހައްތެރިވެވިއްޖެ؟ ތިކަހަލަމީހުނާ ހެދި އަހަރުމެންގެ ރިވެތި އިސްލާމްދީންނައް ހަޑި ނަންލިބެނީ، މިވެރިންނައް މިކަހަލަ ވީޑިއޯހަދަން ބާރުލިބެނީ. ހިއްތިރިކޮއް ނަސޭހަތްތެރިވެބަލަ.

  14. ޙބނ

    މިބައިގަނޑުގެކިބައިން މިގައުމާއި މިގައުމުގެ ރައްޔިތުން ސަލާމަތްކުރައްވާށި އާމީން.

    75
    11
  15. ދީން.

    އޮސްޓްރޭލިޔާ ގެ އަލިފާން ނުނިވި ގިނަދުވަސްވެ ބޮޑެތި ގެއްލުންތައް ވަމުންދާތީ އިސްލާމުން ދުޢާކުރިތާ 3 ގަޑީ އިރުތެރޭ ވާރޭވެހި އަލިފާން ނިވުނުކަން މީނާޔަށް މިހާރު އެގޭނެދޯ؟ ރާއްޖޭގައިވެސް ވާރެނުވެހިގެން ދުޢާކުރީމަ ވާރެވެހެން ފެށިދޯ. މީ ހުޅަގުގެ ދޮންމީހުން ސަމާލުކަންހޯދާ އެމީހުން އަތުން ފައިސާހޯދުމުގެ ބޭނުމުގަ އުޅޭ ބަޔެއް.

    75
    16
    • ވިސްނުން

      އެވަރުވީމަ އިސްލާމުން ދުއާކުރަން ނުކުންނަން ޖެހެނީ. އެކަމުންވެސް ބަޔަކު ވާވައްދަން ކަލޭމެން ތިޔަ އުޅެނީ. އެއީ ކަލޭމެންގެ ހީލަތްތެރިކަން ހުންނަވަރަކީ

      8
      7
  16. ޢާދަނު

    ދެން އެންމެންނަޑްވެސް އެނގޭ މީލާދީނީ ކަންކަަމަށް ހިއްވަރުދީ އެކަން ޕޮރޮމޯޓްކުރަން ނިކަންވަރުހުންނަ ސަރުކާރެތްކަން ހަރުކަށި މީހުންނޭކިޔާފަ ދީނަށްއުޅޭމީހަކުވިއްޔާ ހުރިތަނަކުން އުފުރާލެވޭ އެކަމަކު ދީނަށް ފުރަށްސާރަ ކުރާމީހަކު ވިއްޔާ ދައްކާނެ ވާހަކައެތްދައްކާފަ ހަމަ ހެވިލާފައުޅެންވީ ސަރުކާރުން އެމީހަކަށް ހިމާޔައްދޭނެ

    35
    12
  17. ާއަޗާތަޅާ މަޖިލިސް

    މަޖިލިސް ރައީސް އަށް ގޮވާލަން މިހާރުން މިހާރަށް އެ އަންހެނާޔާ އަދި އެފަދަ ހުރިހާ ފަރާތްތަކަށް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އަދަބު ތަންފީޒު ކުރުމަށް. (ބޮނޑިވަޒީރު) ނަސީދު ރޯކުރި ހުޅުގަނޑު ފިލާ އިނދެގެން ބޮޑުކުރަން ކުރުވާކަންކަން. ނަސީދަކީ ހަމަ ގައުމުގެ ހަލާކު. ގައުމުގެ މިނިވަންކަމާ އިގްތިސޯދާ އިޖްތިމާއީ ހަމަޖެހުން މުޅިން ވެއްޔާމޮޑެލަިފި. ގައުމު ފުނޑާލާއިރުވެސް އިބޫ ހަމަ ޓޮލެރޭޓް؟؟؟؟ ވީ އާ ރަނިންގް އައުޓް އޮފް ޓޮލެރެނސް.

    29
    13
  18. ޞަސަރާއިން

    މި ވެސް ހަރުކަށި ފިކުރު. ތެރަރިޒަމް ގާނޫނު

    39
    10
  19. މމމ

    އުފާ ބުނަޏަސް ބަފާ ބުންޏަސް ދިވެހިންގެތެރޭ ނަމާދުނުކުރާ މީހުންގިނަ

    57
    16
  20. ޢަބްދުއްލަޠީފު

    ކިހިނެއްތަ ފިޔަވަޅު އަޅާނީ؟ މިއީ މަޖިލިސްގަ އިއްނަވާ އިމްތިޔާޒު ފަހުމީގެ ކޮއްކޮ. މީދޮގެއްތޯ އަލްޙާން ފަހުމީ ކާރިން އަހާބަލަ. އިމްތިޔާޒް ފަހުމީ އަކީ މަޖިލީހުގަ އިންނަވައިގެން ތާއަބަދު ރައީސް ޔާމީނު ކަތިލައިގެން ނުކެވިގެން އުޅޭ އެމްޑީޕީ ގެ ވަރުގަދަ އެއް މެމްބަރު. ވީމާ ފިޔަވަޅެއް ނޭޅޭނެ ދުވަހަކުވެސް.

    40
    12
  21. އެންދެރި

    އިސްލާމް ދީނައް ފުރައްސާރަ ކުރާ އަދި އެހެން ދީންތަ ކުގެ މިނިވަން ކަމަށް ގޮވާ މީހަކު ރާއްޖޭ މީހުން އުޅޭ ރަށެއް ގަ ބެހެއްޓުމުގެ ބޭނުމެއް.ނެތެވެ . ފަޅު ރަށެއް ގަ ބަހައްޓަން ވީއެވެ. ދީނައް ފުރައްސާރަ ކުރުމުގެ ހުކުމް އިލްމް ވެރީން ކިޔާދީ ބަލާށެވެ.

    40
    13
  22. މުހައްމަދު

    ރާއްޖޭގައި އެބަ ތިބި މީހުން މަރާ މީހުންވެސް. ރޭޕް ކުރާ މީހުންވެސް އެކަމަކު އިންޒާރުތައް ލިބެނީ ހަމައެކަނި އިސްލާމް ދީނާ ދެކޮޅަށް އަޑުއުފުލާ މީހުންނަށް. ދިވެހި ސަރުކާރުން އެބަ ޖެހޭ ރައްޔިތުންނަށް އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތައް ރައްޔިތުންނަށް ކިޔައިދޭ. ސްކޫލުތަކުގައިވެސް ކިޔަވައިދެނީ އިސްލާމް ދީނުގެ އަސްލު ހަމަތަކަށް ފުށޫ އަރާ ގޮތަށް. އަދި ވަކި އުމުރަކަށް ދިއުމުން އިންޓަނެޓު މެދުވެރިކޮށް ދީނާ ބެހޭ މައުލުމާތު ހޯދާއިރު ލިބެން ހުންނަށް މައުލުމާތާއި ކިޔަވައިދީފައި ހުރި މައުލޫމާތުތަކުގައި ފުށޫ އެރުންތަކެއް ހުންނާތީ ގިނަ ފަހަރު އިސްލާމް ދީން ދޫކުރަން އެ ކުދިން ބޭނުންވޭ،" އޭނާ ބުނެފައިވެއެވެ. މީހަމަ އޭނަ ބުނި ކަމުގައި ވިޔަސް ތެދު ވާހަކަ ކޮޅެއް.

    37
    11
  23. ނަފްސް

    ތިމަންޖެ މާފަންނު މަދަރުސާގައި އުޅުނު އިރުވެސް ހަމަ އުޅެނީ ތިހެން، މާ ބޮޑަށް މިނިވަންކަން ލިބުނީމާ އުލޭގޮތެއް އެއީ މިފަދަ މީހުން ނަށް ހަރުކަށި އަދަބުދީ މިމީހުންގެ ކަންކަން ޒިންމާދާރު މުއައްސަސާތަކުން ބެލުމަށް ގޮވާލަން.

    37
    14
  24. ލައިޝަމް

    ހައްޔަރު ކުރޭ.... އަސްލު ހައްޔަރު ކޮށްފަ ރަގަޅަށް މިމީހާޔަށް ނަސޭހަތްދީ..... މީނަ ދަށްކާފަ ހުރި ވާހަކަތަކުން އިންގޭ މީނަޔަށް ނޭގޭކަން.... ލާދީނީ ބައިގަނޑު ހައްޔަރު ކުރޭ. މިހާރު މާކަންތަށް ބޮޑު ކޮށްލައިގެން ބޮޑެތި ތާކުން ތާކުނުޖެހޭ ދޮގު ހަދުމުގަ ލާދީނީ ބައިގަނޑު މިއުޅޭނީ.... ހައްޔަރުކުރޭ މި ބައިގަނޑު.... ކިހާ ދެރަކަމެއް މީ

    39
    14
  25. ނަޔާން

    ވަރަށް ގޯސް، ވިޔާނުދާ ދިރިއުޅުމެއް އުޅޭ މީހެއް... މައިން ބަފައިންނާ އާއިލާ އަށް ވެސް ހުތުރެެއް.... މައިން ބަފައިން ދޭ ނަސޭހަތް ގަބޫލް ނުކުރާ ޑްރަގީސް އިސްލާހު ވާނީ ހައްޔަރު ކޮށްގެން ނަސޭހަތް ދީ ރިހިބިލިޓޭޓް ކުރީމަ....

    36
    12
  26. ނުރަބޯ

    މުންކަރާތް ތައް ނަހީ ކުރުން އެއީ ކުރަންޖެހޭ ކަމެއް. އެހެންކަމުން އިސްލާމްދީނަށް ފުރައްސާރަ ކުރާމީހުންގެ މައްސަލަ ބަލައި، ގާނޫނު އަސާސީ ގައި ކަނޑައެޅިފައިވާ އަދަބު އެމީހަކަށް ނުވަތަ އެ ބަޔަކަށް ދޭން ޖެހެއެވެ. އެހެން ނޫނީ އެކަން ފުޅާވެ ހުއްޓުވަން އުނދަގޫ ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

    32
    11
  27. ކައިލް

    ވާރޭ ނުވެހުނީމަ ދުއާ ކުރުމަކީ އިސްލާމް ދީންގާ އަންގަވާފަ ވާ ކަމެއް... ދުއާ ކުރަނީ ރައްޔިތުން.... ސަރުކާރުން ރައްޔިތުން ކޮންޓްރޯލް ކުރަން ކުރާ ކަމެއް ނޫން އެއީ.... ވަރޭ ނުވެހި ގިނަދުވަސް ވުމުން ދުއާ ކުރާ އިރު މުއްސަދިން އަދި ފަގީރު މީހުން ދުއާ ކުރުމުގަ ބައިވެރިވޭ....

    37
    10
  28. ރީހާން

    ލާދީނީ ބައިގަނޑު އިސްލާހުކުރޭ.... މާމޮޅު ކަމެއް ކަމަށް ހިތަށް އަރައިގެން މި ލާދީނީ ބައިގަނޑު މިކުރާ ކަންތަކުން އިންގެނީ މިލާދީނީ ބައިގަނޑުގެ ވިސްނުމެއް ނެތް ކަމާ އިލްމެއް ނެތްކަން..... ލާދީނީ ބައިގަނޑު ހައްޔަރު ކުރޭ

    32
    9
  29. ޢލިދާ

    އުފާ ދައްކާފަ އެބަހުރު ރަނގަޅުވާހަކަތަކެއް ޗިއާސް

    33
    26
  30. ތާރާ

    ތި މީހާ ހީވަނީ ގަދަޔަށް ބޮއިގެން އިންހެން.... ޑްރަގް ބޭނުން ކޮށްގެން މަސްތުވެގެން އުޅޭ މީހުންގެ ވަބާ ރާއްޖެޔަށް ވަރަށް ބޮޑު.... މަސްތުވާ ތަކެތި ބޭނުން ކުރާ މީހުން ކޮންޓްރޯލް ކުރަން ޖެހޭ.. ލާދާނީ މީހުންތަށް ހައްޔަރު ކުރޭ....

    33
    9
  31. އިޔާން

    މީ ވަރަށް ދެރަކަމެއް... ސަރުކާރުން ލާދީނީ ބައިގަނޑު ކޮންޓްރޯލް ކުރަން ޖެހޭ.... މި ސަރުކާރަށް ވޯޓް ދިނީ އުންމީދާ އެކީ.... ލާދީނީ ބައިގަނޑު މީހުންގެ އުންދަގޫ ވަރަށް ބޮޑު މި ސަރުކާރު އާއި ފަހުން.... ހިތާމަ ކުރަން ޖެހޭ ކަމެއް... ސަރުކާރުން ލާދީނީ ބައިގަނޑު އިސްލާހު ކުރަން މަސެއްކަތް ކުރަން ޖެހޭ... ލާދީނީ ބައިގަނޑުގެ މި ކަހަލަ މީހުން ދައްކާ ވާހަކަ ތަކުން އިންގެނީ މި މީހުންގެ ކިބައިގަ އިލްމެއް ނެތްކަން....

    28
    9
  32. މީހާ

    ދެން ފުލުހުން އަޅަންވީ ކޮން ފިޔަވަޅެއް؟

    22
    8
  33. ހުތްބެ

    އެ މަންޖެއައްތެދުމަގު ދައްކަވާށި،

    35
    10
  34. މޫހާ އަލީޚާން

    އެއީ މަޑުކަށިފިކުރުގެ ކަނބަލެއް ، ބާރަށްއަތްޖަހާ ބާރަށްއަތްޖަހާ
    ބާރަށްއަތްޖަހާ ބާރަށްއަތްޖަހާ ބާރަށްއަތްޖަހާ ބާރަށްއަތްޖަހާ

    25
    10
  35. ޒައިދު

    "ސްކޫލުތަކުގައިވެސް ކިޔަވައިދެނީ އިސްލާމް ދީނުގެ އަސްލު ހަމަތަކަށް ފުށޫ އަރާ ގޮތަށް"
    ކިހާ މޮޅު މީނަ
    އެކަމު ބީތާއަށް ނޭނގުނު ރާއްޖެ މީހުން އިސްލާމް ދީނުގެ މައިގަނޑު އަސާސީ ރުކުން އެއްކަެުވަންތަ އިލާހަކަށް އީމާންވާންކަން.
    ކިތަންމެ ފާފަތައް ހުއްޓަސް ﷲ ހަޒްރަތުގަ ތަޥްޙީދުގެ އަހުލިވެރިޔާ ސަލާމަތް ވާނެ ގިޔާމަތް ދުވަހު، އެއީ އެ އިލާހުގެ އެންމެ ބޮޑު ޚާލިސު ހައްގު.

    28
    10
  36. އަޙްމަދް

    މީސް މީޑިއާގައި އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރުމުގެ ތުހުމަތުގައި ފުލުހަށް ހާޒިރު ކުރި ނައިފަރަށް ނިސްބަތްވާ އަންހެނާއަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމުން އެނބުރި އައިސް ވީޑިއޯ މެދުވެރިކޮށް ދީނަށް ފުރައްސާރަ ކުރަން ފަށައިފިއެވެ.
    ————————————————
    މި ޖާހިލު އަންހެން މީހާއާއި ދޭތެރޭ ފިޔަވަޅު ނޭޅުމުން ނޫސްވެރިން ކަންތަށް ބޮޑުވާފަދައިން ހަރުކަށި ފިކުރު ފާޅުގާއި ފަތުރާ ދީނީ ޖަމުއިއްޔާތަކާއި ޝޭޚުން ނާއި ދޭތެރޭ ފިޔަވަޅު ނޭޅުމުން ކަންތަށް ބޮޑުނުވަނީ ކީއްވެތޯއެވެ؟

    12
    29
  37. ޔޫޓިއުބު

    ވެލިޒިނީ ޕާރޓް 2 އަށް މަރުހަބާ!

    17
    11
  38. ހޯރަފުށިި

    ފުލުހުން ސްޓިކާ ޖަހާފަ 750 ރުފިޔާ ނަގާފަ ދޯކޮށްލީ ތޯއްޗެއް

    17
    10
  39. މުހައްމަދު އަހްމަދު

    މި ސަރުކާރަކީ އޭގެ ސަރުކާރެއް

    21
    8
  40. ދުފާ

    ހިމަބިހީގެ ވެކްސިން ނުދެންޏާ އެހެން ވާނީ

    18
    11
    • ފުތު

      ދުފާ އުފާއަށް ދޭންވީއެއްނު ވެކްސިން. ހާހ ހާ ހާ

      6
      14
  41. ......

    އުފާ ބުންޏަސް ގިނަ މީހުން ނަމާދެއް ނުކުރޭ އިސްލާމް ދީނުގެ އިލްމު އުގަންނަވާދޭގޮތް އުފާ ބުނާގޮތަށް ރަނގަޅެއްނޫން....މީ ދޮގެއް ނޫން....އިސްލާމް ދީނަށް ވެއްދުމަށް މަޖްބޫރުކުރުމަކީ ދނުގައި މަނާ ކަމެއް....ބަޤަރާ 256 ވަނަ އާޔަތް ބަލާ

    19
    9
  42. ާހިލްމީ

    ﺇِﻻَّ اﻟَّﺬِﻳﻦَ ﻳَﺼِﻠُﻮﻥَ ﺇِﻟَﻰٰ ﻗَﻮْﻡٍ ﺑَﻴْﻨَﻜُﻢْ ﻭَﺑَﻴْﻨَﻬُﻢْ ﻣِﻴﺜَﺎﻕٌ ﺃَﻭْ ﺟَﺎءُﻭﻛُﻢْ ﺣَﺼِﺮَﺕْ ﺻُﺪُﻭﺭُﻫُﻢْ ﺃَﻥْ ﻳُﻘَﺎﺗِﻠُﻮﻛُﻢْ ﺃَﻭْ ﻳُﻘَﺎﺗِﻠُﻮا ﻗَﻮْﻣَﻬُﻢْ ۚ ﻭَﻟَﻮْ ﺷَﺎءَ اﻟﻠَّﻪُ ﻟَﺴَﻠَّﻄَﻬُﻢْ ﻋَﻠَﻴْﻜُﻢْ ﻓَﻠَﻘَﺎﺗَﻠُﻮﻛُﻢْ ۚ ﻓَﺈِﻥِ اﻋْﺘَﺰَﻟُﻮﻛُﻢْ ﻓَﻠَﻢْ ﻳُﻘَﺎﺗِﻠُﻮﻛُﻢْ ﻭَﺃَﻟْﻘَﻮْا ﺇِﻟَﻴْﻜُﻢُ اﻟﺴَّﻠَﻢَ ﻓَﻤَﺎ ﺟَﻌَﻞَ اﻟﻠَّﻪُ ﻟَﻜُﻢْ ﻋَﻠَﻴْﻬِﻢْ ﺳَﺒِﻴﻼً

    2
    9
  43. ސުނުސް

    މިއީ ވިސްނާލަންޖެހޭ ކަމެއް.

    "ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ އިސްލާމް ދީން ގަބޫލު ނުކުރާ މީހުން. އެމީހުން އިސްލާމް ދީނުގެ ހަމަތަކެއް ގަބޫލެއް ނުކުރޭ. ރާއްޖޭގައި އެހެން ދީނަކަށް އުޅުމަކީ މަނާކަމެއް. އެހެން ކަމުން އެމީހުން ތިބެނީ އެކަން ސިއްރުކޮށްގެން. ނަމާދުވެސް ގިނަ ފަހަރު ނުކުރޭ. ހަމަ އެކަނި، މަދު ފަހަރެއްގައި ހުކުރު ނަމާދަށް ގޮސް އުޅޭ،"

    17
    4
  44. ށުމަން

    ޢުމަރުގެފާނު ގެ ހިލާފަތު ނަމަ މިހާރު މީނަ ގެ މައްޗައް ހައްދު ގާއިމު ކުރީސް..

    20
    10
  45. މިކަހަލަ މީހުންނަށް....

    މި ކާޅު މައިތިރި ކުރެވޭނެ މީހަކު މިރާއްޖޭގަ ހަމަ ނެތީހެއްޔެވެ؟ މި ފަސްގަނޑުގައި ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކުރުމަށް ޖާގަ ދެވިގެން ނުވާނެ އެވެ. މިއީ މިބިން ފަސާދަ ކުރުމަށް ފާވެފައި ހުރި ޝައިޠާނެކެވެ.

    19
    8
  46. އ. ޖ. އ

    ކޮންމެ ކަމެއް ވާއިރު އިދިކޮޅާއި ސަރުކާރު..

    14
    3
  47. ކައުޅު

    ކީކޭ އިންނަނީ ޖަހޭފޭ ޔޫޓިއުބުގޭ

    14
    4
  48. އެކޮއެ

    Koncheh jahaafa YouTube ga search kureema e video fennaanee

    15
  49. محمد المالديفي

    ދޭ ޔޫރަޕައް...އެތާންގަ ތިބުނާ އެއްކުޅި ކުޅުމަށް ހުއްދަ ދީފައޮވޭ. ބޭނުން ފަރަންޖީ ދީނަކަށް އުޅެވޭ... މި އިސްލާމީ ފަސްގަނޑަކު ތިޔަކަމެއް ނުވާނެ، ان شاء الله.

    20
    13
  50. މަހަށްދޭބަލަ

    ތަމެންގެ ވެރިކަމުގައި ތަމެން ކުރާ ކަމަކީ އަސްލު އިޝޫ އޮތްތާ ބާއްވާ ރައްޔިތުން ނުވެސް އެދޭ ކަމެއް ތަމެންގެ ވެރިކަމުގައި ހިލޭ ކޮށްދެނީއޭ ކިޔާ މުޅަ ވެފައި ހުންނަ ކާތަކެތި ސްކޫލް ތަކަށް ގެންގޮސްގެން ކާންދެނީ މީސް މީހުންގެ ޅަ ދަރިންނަށް ތިއަށް ވުރެން ތާހިރު ނޫންތޭ ހުޅުމާލެ ދޭކުން އިއްޒުއްދީން ސްކޫލްގެ ހުރިހާ ޓީޗަރުންނަށް ހިލޭ ބިން ދޫކުރިއްޔާ އެއިރުން އެމެން މަރުދޭނެ ވިއްޔާ ތަމެން ކަމަކީ އެއީ ފަސްޓް ޑެސްކް ކައިރީގައި ތިބެގެން ރަނޑު ފޮޓޯ ނެގުމޭ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

    4
    11
  51. ޙަސަން

    އޭ ނުބައި ނުލަފާ ޖާހިލް ކަނބުލޭގެއާއެވެ. ދެދުނިޔޭގެ ސަލާމަތް ނަގާލައި ކަލޭ ތިހެން އުޅުމުން ހުރިހާ ދެރައެއް ހަމަ އޮތީ ކަލެއަށެވެ. އަދިވެސް ތައުބާވުމުގެ ފުރުޞަތު އެބައޮތެވެ. ނިކަން ވިސްނާށެވެ.

    17
    9
    • ހަސަނާ

      ކަލެއަށް ކޮންކަމެއް. ދެދުނިޔޭގެ ހުރިހާ މޮޅެއް ކާލަކާލާ ކަލޭ މަޑުން ހުރީމަ ވީއެއް ނު؟

      5
      15
  52. އާދަނު

    އިސްލާމުދީނަށް ފުރައްސާރަ ކޮށްފިއްޔާ އެއީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއް. ދީނާއެއްގޮތަށް އުޅެކަމަށް ވާނަމަ ހަރުކަށި ފިކުރުގެ މީހެއް. މި ނުލަފާ ބައިގަނޑު ނެތިކުރައްވާނދޭވެ.

    15
    8
  53. ކަލޯ

    ތިޔަބުނާ ވީޑިއޯ ކޮބާތަ ކީކޭތަ ޖަހާފަ އިންނަނީ

    18
  54. ލޯބި ކުއްޖާ

    ކިކުރާނި މިއަދު މިޤައުމުގާ ގިނަވެއްޖެ ފަހު ޒަމާނުގެ ކަންތައް ބިރުވެތިވޭ އަވަހައް ތައުބާވޭ

    15
    10
  55. ދަބޯރަތޭ

    ކުޑަ ކުދިންނަށް އެމެން އުމުރުން ޅަފަތުގައި ކުއްޖާގެ މައިންބަފައިންނާއި އެކު މައިންބަފައިން ކެއްކުމުން ގޭގައި މައިންބަފައިންނާއި އާއިލާ އާއި އެކު ކާން ތިބުމުގެ އާދަ އަށަގެންނެވުން އެއީ ސޯޝަލް ސައެންސްގެ އަލީގައި ބަލާނަމަ ކޮންމެހެން ކުރަން ޖެހޭނެ ކަމެކޭ ކުއްޖާ އަށް ސްކޫލް ގައި ބޭރު ތަންތަނުން ގޮތް ނޭގޭ ކާތަކެތި ހަދައިގެން ގެނެސް އެކުއްޖާ ޅަ ފަތުގައި ކާން ދިނުން އެއީ ކުއްުޖާގެ ސިއްހަތަށް ފައިދާ އެއް ކުރުމުގެ ބަދަލުގައި ބޮޑު ގެއްލުމެއް ވާނެ ކަމެކޭ

    1
    4
  56. ލާދީ ކިނބުލު

    ތި އަންހެނާ ހުރީވެސް ބޮއެގެން. ރަނގަޅަށް ވާހަކަވެސް ނުދެއްކޭ. މިކަހަލަ ކަންތައްތަކަށް ހިތްވަރު ދޭ ގޮތަށް ކަންތައް ކުރާތީ ކިނބުލު އެހެރީ ހުވަޔާ ޚިލާފުވެފައި. ރައްޔިތުން މިހާރު ފިޔަވަޅު އަޅަންޖެހޭނީ.

    5
    6
  57. މަކިނބޫ އެޓް ދުބާއީ

    ކިތައް ފަހަރު ސައި ބޮއެގެން ތިއުޅެނީ؟ ކަޅު ސައިތަ؟ ކިރު ސައިތަ؟ ނޫނީ ހުސް ސައިތަ ހޫނު ފެން ތަ؟

    3
    6
  58. ޟަމާ

    ކިހިނެއް އެނގެނީ ފުލުހުންގެ އެއްބާރުލުމާ އެކީ ނޫން ކަމެއް މިކަން މި ކުރަނީ ؟؟

    7
    7
  59. ޅޮލް

    މަޖާ ކަމަކީ މި ހައްދުފަހަނަ އެޅުން ކަމައް ނުބަލާތީ !!

    7
    8
  60. ސަމްސިއްޔާ

    ރަނގަޅަށް ހަމައަށް އިގިރޭސިން ވާހަކަވެސް ދައްކަން އިނގެނީއެއްނޫން. ދިވެހިވެސް ރަނގަޅަށް ނޭންގެނީ ކަންނޭންގެ. އެވަރުންވެސް ވާނެ ވީޑިއޯ ހަދަން.

    8
    4
  61. ހެޔޮ ހިތުން

    ބަސް ނޭއްސެވި ކަންޢާން ވެސް އެއީ ނޫހުގެ ފާނުގެ ދަރި ކަލެއް...މަޝްޙޫރު ޢިކްރަމަތާއި އަބޫ ޖަހްލާ އެވެސް ދެބަފައި ކަލުން..މަރުވާ ވަޤުތު ވެސް ދޫނުކުރި މަރުފެން ނުދޭން އިންޒާރު ކުރި
    ހަރުކަށި ނުބައި ފިރުޢައުނަކީ އާސިޔަތުގެ ފާނުގެ ފިރިކަލުން..( މިއީ އުފާގެ ބައްޕަ މަރުޙޫމު މުޚްތާރު ފަހުމީ ގެ ޅެމެއް ގެ ބައިތެއް)

    6
    3
  62. ޟަމީރު

    ބަލަ ކުދީންނޭ މި ސަރުކާރު އައީ ހަމައެކަނި ލާދީނިއްޔަތު ފަތުރާށާއި ފޭރޭން. ޢެވާހަކަ ގަބޫލު ނުކޮށް ހަސަވެރިކަމާއި އަމިއްލަ ވަގުތީ ފައިދާއަށް މި ސަރުކާރު ހޮވީ. ޤާސިމާއި މައުމޫނާއި އިމްރާނާއި އަންނިއާއި އިބޫ އާއި މި އެންމެން ކުރާ ކަމެއް.

    4
    2
  63. އުފާ

    ސަމާލުކަން ބޭނުންވަނީތަ؟ ސަމާލުކަން؟

    2
    2
  64. ހައްދުފަހަނައެޅުން؟

    ހުރިހިތާމައެއްގެ ބޮޑުކަމާ! މާތް ﷲ ހިދާޔަތް ދައްކަވާށި.

    2
    2
  65. މުހައްމަދު

    ޤިޔާމަ ތް ދުވަހުން ހުރެވޭނެ ވީޑިއޯ ހަދަން ނަރަކައިގަ، އެވީޑިއޯ އިން ވަރަށް އަރާމުވާނެ އެދުވަހުން، އަދި އެދުވަހު އެކަކު އަނެކަކާ އަޅައެއް ނުލެވޭނެ. ބޭރަށްދާކަށް